މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

  • މަޤާމުގެ ނަން: އެޑްމިނިސްޓްރޭޓިވް އޮފިސަރ
  • މަޤާމުގެ ރޭންކް: ޖީ. އެސް. 3
  • މަޤާމުގެ ކުލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
  • ބޭނުންވާ އަދަދު: 1 (އެކެއް)        
  • މުސާރަ: މަހަކު -/4465 ރުފިޔާ
  • ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ
  • އިތުރު ޢިނާޔަތްތައް: އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ކަނޑައެޅިފައިވާ ގޮތުގެމަތީން އިތުރުގަޑީގެ ފައިސާއާއި، ސިވިލް ސަރވިސްގެ ޤަވާޢިދުގައިވާ ގޮތުގެމަތީން އެހެނިހެން ޢިނާޔަތްތައް ލިބޭނެއެވެ.
  • މަޤާމް އޮތް އޮފީސް:ނ. ހެނބަދޫ ކައުންސިލްގެ އިދާރާ / ނ. ހެނބަދޫ (ކޯޕަރޭޓް އެފެއާޒް)

މަޤާމުގެމަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ކައުންސިލްގެ އިދާރާއާއި، ރައްވެހިގެއާއި، ރައްޔިތުންގެ އިމާރާތްތަކުގެ އިންވެންޓްރީ ބެލެހެއްޓުން.
  2. ކައުންސިލްގެ އިދާރާގެ ސްޓޮކް ބެލެހެއްޓުން.
  3. އުފަންވުން ރަޖިސްޓްރީކުރުމާއި، އުފަންދުވަހުގެ ސެޓްފިކެޓްހެދުމާއި، ވިހާ މަރުވާގެ ކަންތައްތައް ބެލެހެއްޓުން.
  4. އެކިއެކި ޖަލްސާތަކާއި ،ބައްދަލުވުންތައް އިންތިޒާމްކުރުން.
  5. ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީގެ ކަންތައް ބެލެހެއްޓުން.
  6. ބިމާއި ގޯތީގެ ރަޖިސްޓްރީ ހަދައިދިނުން.
  7. ރަހްނު ރަޖިސްޓްރީ ހަދައިދިނުން.
  8. ރަށްވެހިންގެ ރަޖިސްޓްރީގެ ކަންތައް ބެލެހެއްޓުން.
  9. ރަށުން ގޯއްޗާއި ބިން ދޫކުރުމުގެ ލިޔެކިޔުންތައް ބެލެހެއްޓުން.
  10. ކޯޓުން، ބިމާ ބެހޭގޮތުން ހުށަހެޅޭ މައްސަލަތަކުގެ އިދާރީ ކަންތައްތައް ބެލެހެއްޓުން.
  11. ކުޅިވަރާއި އިޖުތިމާޢީ ހަރަކާތްތަކާބެހޭ ކަންތައްތައް (އެކިއެކި މުނާސަބަތުތަކާ ގުޅިގެން ބާއްވަންޖެހޭ ކުޅިވަރު ޕްރޮގްރާމްތައް ރާވައި ހިންގުން)
  12. ސެކްޝަނުގެ ޔައުމިއްޔާނޯޓު ތައްޔާރުކޮށް ގަވާއިދުން ހަވާލުކުރުން.
  13. ސެކްޝަނުން ލިޔަންޖެހޭ ސިޓީ، މެސެޖުފަދަ ތަކެތި ލިޔުމާއި ފައިލްކުރުން.
  14. ވަޒީފާއާ ގުޅިގެން ކައުންސިލްގެ އިދާރާއިން އަންގަވާ ކަންތައްތައް ކުރުން.

މަޤާމުގެ އަސާސީ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި، 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދައްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއްދާއިން ދައްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

(1)    ލިބިފައިވާ ތަޢުލީމާއި ތަމްރީނު.

(2)    ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

(3)    މަސައްކަތުގެ ހުނަރާއި ޤާބިލްކަން.

އިންޓަވިއު ކުރުން:

ވަޒީފާއަށް ކުރި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 7 ދުވަހުގެ ތެރޭގައި ނ. ހެނބަދޫ ކައުންސިލްގެ އިދާރާގައި އިންޓަވިއު އޮންނާނެއެވެ. އިންޓަވިއުއަށް ހާޒިރުވުމަށް 24 ގަޑިއިރުގެ ކުރިން އެންގޭނެއެވެ.

ވަޒީފާއަށް އެދެންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދޭ ފަރާތްތަކުން، 2015 އެޕްރީލް 2 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2015 އޭޕްރީލް 15 ވާ ބުދަ ދުވަހުގެ 13.00 ގެ ކުރިން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ފުރުމަށްފަހު، ފޯމްގައިވާ ތަކެއްޗާއެކު، ނ. ހެނބަދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ  ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ)

3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭފަދަ ކޮފީއެއް)

5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

6. ކޯސް ފުރިހަމަކުރުމަށްފަހު، ކޯހުން ފާސްވެފައިވާކަމުގެ ލިޔުން ލިބިފައިވާ ފަރާތްތަކުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް އެކްރެޑިޓްކުރެވޭނެ ފެންވަރު ބަޔާންކޮށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާ ''ކޮލިފިކޭޝަން އެސެސްމަންޓް ރިޕޯޓް'' ހުށަހަޅަންވާނެއެވެ.

7. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް ހުށަހަޅަންވާނެއެވެ، ވަޒީފާއަށް އިޢުލާންކުރި އޮފީހުގެ މުވައްޒަފަކު ވަޒީފާއަށް އެދޭ ފޯމް ހުށަހަޅާއިރު، މި ލިޔުން ހުށަހަޅާކަށެއް ނުޖެހޭނެއެވެ.

ވަޒީފާއަށް އެދިފައިވާ ފަރާތްތައް ޝޯޓްލިސްޓްކުރުން:

ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަވާނަމަ، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން އެފަރާތްތައް ޝޯޓް ލިސްޓްކުރުމުގެ އިޚްތިޔާރު، ހިޔުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީއަށް ލިބިގެންވެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް މި އިދާރާގެ 6560018 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

9 ޖުމާދަލްއާޚިރާ 1436

29 މާރިޗު 2015
ހޯދާ