ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ކުނިކަހައި ފޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް

ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު

މާލޭގައި ހުރި، އެފް.އެސް.އެމްގެ ފިއުލް ޝެޑްތައް 1 އަހަރު ދުވަހުގެ މުއްދަތަށް ކުނިކަހައި، ފޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 01 އެޕްރީލް 2015 ވާ ބުދަ ދުވަހުގެ 14:00 އަށް، އެސްޓީއޯ އައިފާނު ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 08 އެޕްރީލް 2015 ވާ ބުދަ ދުވަހުގެ 14:00 އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެކަމުގައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3331465 ނުވަތަ 3331402 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

26 މާރިޗު 2015
ހޯދާ