މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓް އަދި ކެންޓީނުތައް ހުޅުވާފައި ހުންނަންވީ ގަޑި

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ތަންފީޛުކުރަމުންދާ އިމްޕޯޓް މުދަލުގެ ވިޔަފާރިކުރުމުގެ ގަވާއިދު (1 ޖޫން 1995) ގެ 22 ވަނަ މާއްދާގެ (ހ) އާއި، ސައި ހޮޓަލާއި ރެސްޓޯރަންޓް ހިންގުމުގެ ގަވާއިދު (1 ޖޫން 1995) ގެ 14 ވަނަ މާއްދާ އަދި ކެންޓީނު ހިންގުމުގެ ގަވާއިދު (1 ޖޫން 1995) ގެ 13 ވަނަ މާއްދާގެ (ހ) އަށް، 26 މާރިޗު 2015 ވަނަ ދުވަހު ގެނެވުނު އިޞްލާޙާ ގުޅިގެން، މި މިނިސްޓްރީން އެހެން ގޮތަކަށް އަންގަންދެން، މިއަދުން ފެށިގެން ފިހާރަތައް ހުޅުވާފައި ހުންނަންވާނީ އެންމެ ލަސްވެގެން، ރޭގަނޑު 10:00 ގެ ނިޔަލަށެވެ. އަދި ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓް އަދި ކެންޓީނުތައް ހުޅުވާފާއި ހުންނަންވާނީ ރޭގަނޑު 12:00ގެ ނިޔަލަށެވެ.

އަދި ދަންނަވަމެވެ. މަތީގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ޢަމަލުކުރާ ވިޔަފާރިތަކާމެދު މި މިނިސްޓްރީން ފިޔަވަޅުއަޅާނެ ވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

06 ޖުމާދަލްއާޚިރާ 1436

26 މާރިޗު 2015
ހޯދާ