މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
އެއްގަމު އުޅަނދު ވަނުމާއި ދުއްވުން މަނާކުރުމާބެހޭ

ލޮނުޒިޔާރަތްކޮޅު ޕާކު ހިމެނޭ ސަރަހައްދަކީ ހަފްތާބަންދާއި ސަރުކާރު ބަންދު ދުވަސްދުވަހު ވަކި ވަގުތެއްގައި ކަސްރަތުކުރުމާއި، ޢާއިލާއާއެކު ކުޑަކުދީން ވަރަށް ގިނައިން ގޮސްއުޅޭ ސަރަހައްދެއްކަމަށްވާތީ، އެކަމަށް މަގުފަހިކޮށް ރައްކާތެރިކަމާއެކު މިދެންނެވި ގަޑިތަކުގައި މީހުންނަށް ހިނގާބިނގާވެ އުޅުމުގެ ފުރުޞަތު ހަމަޖެއްސުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ވަނީ ފާހަގަކުރެވިފައެވެ.

ވީމާ، މިދަންނަވާ ސަރަހައްދުގައި ދުއްވާ އެއްޗެހި ވަކިވަގުތެއްގައި ދުއްވުމާއި އެސަރަހައްދަށް ދުއްވާ އެއްޗެހި ވެއްދުމަކީ މަނާކަމެއްކަމުގައި އެއްގަމު ދަތުރުފަތުރުގެ ޤާނޫނޫގެ 5 ވަނަ މާއްދާގެ (ރ) އިން ލިބިދޭ ބާރުގެ ދަށުން ކަނޑައަޅައިފީމެވެ.

އެއްގަމު އުޅަނދު ވަނުން މަނާކުރާ ދުވަސްތަކާއި ވަގުތު

  • ކޮންމެ ހުކުރު ހޮނިހިރު ދުވަހެއްގެ ފަތިހު
  • ވަގުތު:  ފަތިހު 05:30 ން ހެނދުނު 09:00 އަށް

          ހަވީރު 16:30 ން 18:30 އަށް

  • ސަރުކާރުބަންދު ދުވަސްތައް
  • ވަގުތު:  ފަތިހު 05:30 ން ހެނދުނު 09:00 އަށް

          ހަވީރު 16:30 ން 18:30 އަށް

އެއްގަމު އުޅަނދު ވަނުމާއި ދުއްވުން މަނާކުރާ ސަރަހައްދު

  • އަމީނީމަގު މޫންލައިޓް ހިނގުން ގުޅޭ ކަންމަތިން ފެށިގެން އިރަށް ބޮޑުތަކުރުފާނު މަގާ ހަމަޔަށް
  • ބޮޑުތަކުރުފާނުމަގު ރަތްވިލާހިނގުން ގުޅޭ ކަންމަތިން ފެށިގެން އިރަށްގޮސް ބޮޑުތަކުރުފާނު މަގާ ހަމަޔަށް

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ. މި އިޢުލާނުގައި ދަންނަވާފައިވާ ގޮތުގެ މަތީން ދުއްވާ އެއްޗެހި ދުއްވުން މަނާ ކޮށްފައިވާ ދުވަސްތަކާއި ވަގުތުތަކުގައި މިކަމާ ޚިލާފުވާ ފަރާތްތަކާ ދޭތެރޭ އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ޓްރެފިކް ފުލުހުން ފިޔަވަޅު އަޅަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.

04 ޖުމާދަލްއާޚިރާ 1436

24 މާރިޗު 2015
ހޯދާ