މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ފުދުންތެރިކަން ނެތް ދަރިވަރުންގެ ތެރެއިން ކިޔަވަމުންދާ ދަރިވަރުންނަށް ޒަކާތުފަންޑުން އެހީ ދިނުމާ ބެހޭ

ފުދުންތެރިކަން ނެތް ދަރިވަރުންގެ ތެރެއިން ކިޔަވަމުންދާ ދަރިވަރުންނަށް ޒަކާތުފަންޑުން އެހީ ދިނުމާބެހޭ

ފުދުންތެރިކަން ނެތް ދަރިވަރުންގެ ތެރެއިން ކިޔަވަމުންދާ ދަރިވަރުންނަށް ޒަކާތު ފަންޑުން މިއަހަރަށް ކަނޑައަޅާފައިވާ ބައިން އެހީއަށް އެދޭ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

މި އެހީ ކަނޑައަޅާފައިވަނީ ފުދުންތެރިކަން ނެތް ދަރިވަރުންނަށް ކަމުގައިވާތީ އެހީދޭ ދަރިވަރުން ކަނޑައަޅާނީ އާމްދަނީއާއި ދަރިވަރުގެ ޙާލަތުގެ މައްޗަށް ބަލައިގެން ކަމުގައި ދަންނަވަމެވެ.

ވީމާ، މިކަމަށް އެދޭ ދަރިވަރުން ކަނޑައަޅާފައިވާ ފޯމު ފުރިހަމަކޮށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ހުށަހެޅުއްވުން އެދެމެވެ. މި ފޯމު މި މިނިސްޓްރީގެ ވެބްސައިޓުން www.islamicaffairs.gov.mv ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރަމެވެ.

26 ޖުމާދަލްއޫލާ 1436

17 މާރިޗު 2015
ހޯދާ