ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
ސާކް ކަލްޗަރަލް ފެސްޓިވަލް އޮން ފޯކް ޑާންސް 2015 ގައި ބައިވެރިވުމުގެ ފުރުޞަތު

ސާރކް ކަލްޗަރަލް ފެސްޓިވަލް އޮން ފޯކް ޑާންސް 2015 ގައި ބައިވެރިވުމުގެ ފުރުޞަތު

ސާރކް ކަލްޗަރަލް ސެންޓަރުން އިސްނަގައިގެން މިއަހަރުގެ އެޕްރީލް 8 އިން 11 އަށް ބޫޓާންގައި ބޭއްވުމަށް ހަމަޖެހިފައިވާ "ސާރކް ކަލްޗަރަލް ފެސްޓިވަލް އޮން ފޯކް ޑާންސް 2015" ގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށް ވަނީ ލިބިފައެވެ.

މި ފެސްޓިވަލްގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންނަށް ސާރކް ކަލްޗަރަލް ސެންޓަރުގެ ފަރާތުން ހުރުމާއި ކެއުން އަދި އެތެރޭގެ ޚަރަދުތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް ޓިކެޓް ހަމަޖައްސަވަން ޖެހިވަޑައިގަންނަވާނީ ބައިވެރިވެލައްވާ ފަރާތްތަކުގެ އަމިއްލަ ޚަރަދުގައެވެ.

މި ފެސްޓިވަލްގައި ދައްކުވައިދޭންޖެހޭނީ އެގައުމެއްގެ ސަގާފީ މިއުޒިކާއި ނެށުމެވެ. އަދި 3 ދުވަހަށް މި ފެސްޓިވަލް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު މި ފެސްޓިވަލް ކުރިއަށްދާ ކޮންމެ ދުވަހެއްގައި 3 ޑާންސް އައިޓަމް ހުށަހަޅަންޖެހެއެވެ. މިއުޒީޝަނުންނާއެކު އެ ޤައުމެއްގެ ސަގާފީ މިއުޒިކް އިންސްޓްރުމަންޓް ހުށަހެޅުއްވުމަށް ސާރކް ކަލްޗަރަލް ސެންޓަރގެ ފަރާތުން އެދިލައްވައެވެ. ޕާރޓިސިޕަންޓްސްގެ ތެރެއިން ހޮވައިލެވޭ އެއް ބޭފުޅަކު އެޤައުމެއްގެ ސަގާފަތާބެހޭގޮތުން 10 މިނެޓް ވަންދެން އިނގިރޭސިން ޕްރެޒެންޓޭޝަނެއް ހުށަހަޅައިދޭން ޖެހެއެވެ.

ވީމާ، މި ފެސްޓިވަލުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން 29 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ 11:00 ގެ ކުރިން މި ސެންޓަރަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.

03 ޖުމާދަލްއާޚިރާ 1436

23 މާރިޗު 2015
ހޯދާ