ހުޅުދުއްފާރު ޞިއްޙީ މަރުކަޒު، ރ. ހުޅުދުއްފާރު
ދިވެހިރާއްޖެ
ރިސެޕްޝަނިސްޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝަޢުޤުވެރިކަންހުރި ޤާބިލް މީހެކެވެ. މިއީ 18 ނޮވެންބަރު 2014 ގައި މި މަރުކަޒުން ކޮށްފައިވާ E18-SM/2014/10 ނަންބަރުގެ އިޢުލާން ބާޠިލުކުރުމަށްފަހު އަލުން ކޮށްފައިވާ އިޢުލާނެކެވެ.

ރިސެޕްޝަނިސްޓް

މަޤާމް

1 (އެކެއް)   

ބޭނުންވާ އަދަދު

އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން

ޖީ. އެސް. 3

މަޤާމުގެ ރޭންކް

4465.00 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

މުސާރަ

1500.00 (ފަނަރަ ސަތޭކަ ރުފިޔާ )

ސަރވިސް އެލެވަންސް

ރ. ހުޅުދުއްފާރު ޞިއްޙީ މަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން

- ޞިއްޙީ މަރުކަޒަށް ޑޮކްޓަރަށް ދައްކަން އަންނަ ބަލިމީހުން ރަޖިސްޓްރީކުރުން.

- އާސަންދައިގެ ދަށުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.

- ފައިސާ ބަލައިގަތުން.

- ޕޭޝަންޓާ ގުޅޭގޮތުން ހަދަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުމާއި، މަސް ނިމުމުން، ތައްޔާރުކުރުމަށް ޞިއްޙީ މަރުކަޒުގެ އޮފީހުން އަންގާ ރިޕޯޓްތައް ތައްޔާރުކުރުން.

- މަރުކަޒުން އަންގާ އުސޫލެއްގެމަތިން މަޤާމުގެ މަސްއޫލިއްޔަތު އަދާކޮށް، ހަވާލުކުރެވޭ މަސައްކަތްތައް ޓާގެޓާ އެއްގޮތަށް ނިންމުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

މަޤާމުގެ މަސައްކަތުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

2. ސާނަވީ އިމްތިޙާނުތަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ތަޢުލިމާއި ތަޖުރިބާ

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރިނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ސިވިލް ސަރވިސްގެ ޤަވާޢިދުގައިވާ  ޢުޞޫލުގެމަތިން އިތުރުގަޑީގެ ފައިސާއާއި، ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

އިނާޔައްތައް

1. ސިވިލް ސަރވިސް ވަޒިފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން (www.health.gov.mvން) ޑައުންލޯޑް ކުރެވޭނެއެވެ.)  

2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.

6. ވަޒިފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ހުށައަޅަންޖެހޭ ލިޔުންތައް

2015 އެޕްރީލް 2 ވާ ބުރާސްފަތި ދުވަހުގެ 14.30 ގެ ކުރިން،  ރ. ހުޅުދުއްފާރު ޞިއްޙީ މަރުކަޒަށް.

ސުންގަޑި

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން ކުރިމަތިލީ ފަރާތްތަކަށް މަރުކަޒުގެ ފަރާތުން އަންގާނެއެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި  ތަން

މަޢުލޫމާތު ސާފުކުރުމަށް ގުޅާނެ ނަންބަރަކީ 6580155 އެވެ. ވަޒިފާއަށް އެދޭ ފޯމް މި މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން (www.health.gov.mv ން) ވެސް ޑައުންލޯޑް ކުރެވޭނެއެވެ.    

އިތުރު މަޢުލޫމާތު

 3 ޖުމާދަލްއާޚިރާ 1436

23 މާރިޗު 2015
ހޯދާ