ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
30 ވަނަ ޤައުމީ ޤުރުއާން މުބާރާތް

ޤައުމީ ޤުރްއާން މުބާރާތާބެހޭ

30 ވަނަ ޤައުމީ ޤުރްއާން މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު 06 ޖޫން 2015 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ބައިވެރިންގެ ތެރެއިން އަތޮޅުތެރޭގެ ބައިވެރިންގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ 07 ޖޫން 2015 ގައެވެ. މާލެއާއި މާލެއަށް ނިސްބަތްވާ އަވަށްތަކުގެ ބައިވެރިންގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ 10 ޖޫން 2015 ވާ ބުދަ ދުވަހުއެވެ. މިފަހަރުގެ މުބާރާތުގައި އަމިއްލަ ގޮތުން ބައިވެރިވެވޭ ޙާފިޡުންގެ ބައިގައި 3 ކެޓަގަރީއެއް ހިމެނިފައިވެއެވެ.

ޙާފިޡު ކަމުގެ ކެޓަގަރީތައް:

  • ތަޖުވީދު ހަމަތަކުގެ މަތިން ވިދިވިދިގެން 10 ފޮތް ހިތުން ކިޔުން.
  • ތަޖުވީދު ހަމަތަކުގެ މަތިން ވިދިވިދިގެން 20 ފޮތް ހިތުން ކިޔުން.
  • ތަޖުވީދު ހަމަތަކުގެ މަތިން ވިދިވިދިގެން 30 ފޮތް ހިތުން ކިޔުން.

ޤައުމީ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ޤުރުއާން މުބާރާތުގެ ގަވާއިދު 01 އެޕްރީލް 2015 ވާ ބުދަ ދުވަހުން ފެށިގެން ޤުރުއާނާބެހޭ މަރުކަޒުން ދޫކުރަމުން ގެންދާނެއެވެ. ވީމާ، މިކަން ޢާންމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

02 ޖުމާދަލްއާޚިރާ 1436

22 މާރިޗު 2015
ހޯދާ