މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަޖިސްޓަރީއަށް ބަދަލު ގެނައުން

ގ.ދުވެލި އެވެ ކިޔާ ގޯތީގެ ރަޖިސްޓަރީއަށް ބަދަލުގެނައުމާބެހޭ

ގ.ދުވެލި އެވެ ކިޔާ ގޯތީގެ ވެރިފަރާތްތަކުގެ ތެރެއިން އިބްރާހީމް ސަލީމުގެ ބިން ސަރުކާރަށް ދޫކޮށްލާފައިވާތީ ސިވިލް ކޯޓުގެ ނަންބަރު 104Cv-C/2014 ޤަޟިއްޔާއިން ޙުކުމް ކޮށްފައިވާގޮތަށް، އިމާރާތާއި ގޯތީގެ ރަޖިސްޓަރީއަށް ބަދަލުގެނައުމަށްޓަކައި، މި އިދާރާއަށް ވަނީ ހުށަހަޅާފައިވެއެވެ. މިކަމާ ގުޅިގެން މި އިދާރާއަށް ބޭނުންވާ، ގ.ދުވެލި އެވެ ކިޔާ ގޯތީގެ ނަންބަރު، ބ.14149 އިމާރާތާއި ގޯތީގެ ރަޖިސްޓަރީގެ ހުރިހާ އަސްލު މި އިދާރާއަށް ލިބިފައިނުވާތީ، މިކަމުގެ ސަބަބުން، ގ.ދުވެލި އެވެ ކިޔާ ގޯތީގެ އިމާރާތާއި ގޯތީގެ ރަޖިސްޓަރީއަށް ގެންނަންޖެހޭ ބަދަލު ގެނައުން ލަސްވަމުންދާތީ، މާލޭ މުނިސިޕަލްޓީގެ ނަންބަރު A)C-2009/156) އިޢުލާނުގައިވާ ގޮތުގެ މަތިން، ގ.ދުވެލި އެވެ ކިޔާ ގޯއްޗަށް ހަދައިދީފައިވާ ނަންބަރު ބ.14149 ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީގެ އަސްލުތައް ބާޠިލުކޮށް، ސިވިލް ކޯޓުގެ ނަންބަރު 104Cv-C/2014 ޤަޟިއްޔާއިން ޙުކުމް ކޮށްފައިވާގޮތަށް ގ.ދުވެލި އެވެ ކިޔާ ގޯތީގެ އިމާރާތާއި ގޯތީގެ ރަޖިސްޓަރީއަށް ބަދަލު ގެނެވޭނެކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

28 ޖުމާދަލްއޫލާ 1436

19 މާރިޗު 2015
ހޯދާ