ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ބޭސް ހޯދުމަށް

މި އެޖެންސީއަށް ބޭސް ހޯދުމަށް ބޭނުންވާތީ

މި އެޖެންސީ މެދުވެރިވެގެން ބޭސް ފަރުވާގެ ކަންތައް ހަމަޖައްސައިދޭ ބައެއް މީހުންނަށް ބޭނުންވާ ބޭސް ރާއްޖެއިން ލިބެންނެތުމުގެ ސަބަބުން ބަލިމީހުންނަށް އެމީހުންގެ ފަރުވާ ކުރިއަށްގެންދިއުމަށް ބައެއްކަހަލަ ދަތިތައް ދިމާވަމުންދާތީ، މިފަދަ މީހުންނަށް ބޭނުންވާ ބޭސް 1 އަހަރުގެ މުއްދަތަށް ރާއްޖެއިން ބޭރުން މި އެޖެންސީއަށް ގެނެސްދޭނެ ފަރާތެއް ހޯދަން ކުރެވުނު IUL)199-CS/199/2015/05) ނަންބަރު (05 މާރިޗު 2015) އިޢުލާނަށް މައުލޫމާތު ސާފުކުރެއްވުމަށް އެކަށީގެންވާ އަދަދަށް މީހުން ހާޒިރުވެފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 26 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 10:00އަށް މިއެޖެންސީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 30 މާރިޗު 2015 ވާ ހޯމަ ދުވަހުގެ 10:00އަށް އަންދާސީހިސާބު މި އެޖެންސީއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި އަންދާސީހިސާބު ހުށަހެޅުމަށް ދީފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހަމަޖައްސައިނުދެވޭނެ ވާހަކަ ދެންނެވީމެވެ.

28 ޖުމާދަލްއޫލާ 1437

19 މާރިޗު 2015
ހޯދާ