ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަދަނޑަށް ފަސްއަޅައި ބިން އެއްވަރު ކުރުމުގެ މަސައްކަތް ކޮށްދެވިދާނޭ އަގު ހޯދުން

ގދ. ނަޑެއްލާގެ ފުޓްބޯޅަދަނޑަށް ފަސްއަޅައި ބިން އެއްވަރު ކުރުމުގެ މަސައްކަތް ކޮށްދެވިދާނޭ އަގު ހޯދުން

ގދ. ނަޑެއްލާގައި ބޭނުންކުރާ '310x430 ފުޓްބޯޅަދަނޑަށް ފަސްއަޅައި ބިން އެއްވަރު ކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތް ކޮށްދެވިދާނެ އަގުގެ ކޯޓޭޝަނެއް 30 މާރިޗު 2015 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މި އިދާރާއަށް ފޮނުއްވައިދެއްވުން އެދެމެވެ. މި އިދާރާގެ މެއިލް އެޑްރެހަކީ: [email protected] އެވެ. ފެކްސް ނަންބަރަކީ: 6840007 އެވެ.

ތިރީގައި މިވަނީ ފުޓްބޯޅަދަނޑަކަށް ފަސްއަޅައި ބިން އެއްވަރު ކުރުމުގެ މަސައްކަތް ކުރުމުގައި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ގެންގުޅޭ މިންގަނޑެވެ. ސުރުޚީގައި ދަންނަވާފައިވާ މަސައްކަތްކުރަންޖެހޭނީ މި މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ފުޓްބޯޅަދަނޑު ލެވެލް ކުރުމަށް ގެންގުޅޭ މިންގަނޑު

  • ތަން: ގދ. ނަޑެއްލާ ފުޓްބޯޅަދަނޑު. 
  • ލެވެލްކޮށް ފަސްގަނޑު ހަރުކުރަންޖެހޭ ސަރަޙައްދުގެ ބޮޑުމިން: '310x430 /ފ133,300.00 (އެއްލައްކަ ތިރީސް ތިންހާސް ތިންސަތޭކަ) އަކަފޫޓު. 
  • ފުޓްބޯޅަދަނޑުގެ ސަރަޙައްދުގައިވާ ފަސްގަނޑު 2 ފޫޓަށް ކޮނެ ފަސްފުރާނައި ލެވެލްކުރުން. 
  • ފުޓްބޯޅަދަނޑުގެ ސަރަޙައްދުގައިވާ ފަސްތައް ބޭނުން ކޮށްގެން ފަސްގަނޑު ލެވެލްކުރުން.
  • ފަސްގަނޑުން ނެގޭ ވިނަ ގަސް އަދި އެނޫންވެސް ޤުދުރަތީގޮތުން ހަލާކުވާފަދަ ތަކެތި ފުރޭނުމުގެ ތެރޭގައި ގަލާއި ވަކިކޮށް އަނބުރާ ފަސްގަނޑުގެ ތެރެއަށް އަޅައިގެން ނުވާނެއެވެ. އަދި މިފަދަ ތަކެތި ސައިޓުގައި ނުބަހައްޓައި އުކާލުމަކީ މަސައްކަތާ ހަވާލުވާ ފަރާތުގެ މަސްއޫލިއްޔަތެކެވެ.
  • ފަސްގަނޑު ލެވެލް ކުރާއިރު ސްލޯޕް ކުރެވިފައި ހުންނަންވާނީ މުޅި ސަރަޙައްދު މެދަށް އުސްކޮށް ހުންނަ ގޮތަށެވެ. އަދި ސްލޯޕް ކުރެވިފައި ހުންނައިރު ދެފަރާތުގެ ކައިރީގެ ލެވެލް ހުންނަންވާނީ މަގުމައްޗާ އެއް ލެވެލެއްގައެވެ. ދަނޑުގެ ސްލޯޕް ހުންނަންވާނީ ކޮންމެ 200 ފޫޓަކުން 1 ފޫޓު އުސްވަމުންދާ ގޮތަށެވެ.
  • ލެވެލް ކުރުމަށް އެންމެ މައްޗަށް އަޅާ ވެއްޔަކީ ބިންގަނޑު ހަރުކުރެވޭ ކަހަލަ ވެއްޔަކަށް ވާންވާނެއެވެ.
  • ލެވެލެ ކުރުމަށް ވެލި ބޭނުންވެއްޖެނަމަ ވެލި ނަގާނެތަނެއް މަސައްކަތުގެ ވެރި ފަރާތުން ދައްކަންވާނެއެވެ. މިގޮތުން ފަސް ނެގުމަށް ބިމުން ތަނެއް ކޮންނަން ޖެހިއްޖެނަމަ ފަސްނަގާ ކޮންމެ ތަނެއް ފިލްކުރަންވާނެއެވެ. ފިލްކުރަން އަޅާ އެއްޗަކީ ކުނި ފިޔަވައި ކޮންމެ ވައްތަރެއްގެ ވެލި ގައު ކުނޑި ނުވަތަ އަކިރިފަދަ އެއްޗަކަށް ވިޔަސް އެންމެ ރަނގަޅެވެ.
  • މަސައްކަތް ނިންމުމަށްފަހު ކޮންޓްރެކްޓަރުގެ އިހުމާލުން ހަޑިވެފައިވާ ތަންތަން ރަނގަޅަށް ސާފުކުރަންވާނެއެވެ.
    ބިންގަޑު ލެވެލް ކުރުމަށްފަހު ފެންޖަހާ ފަސްގަނޑު ބާރުކުރުމަށްފަހު ރޯލަރު ބޭނުންކޮށްގެން ފަސްގަނޑު ހަރުކުރަން ވާނެއެވެ. ބިންގަނޑު ހަރުކުރުމަށް ބޭނުންކުރާނީ 5 ކިލޯގެ ރޯލަރެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ޖުމާދަލްއޫލާ 1436

19 މާރިޗު 2015
ހޯދާ