ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
Chinese Government Scholarship 2015/2016

Chinese Government Scholarship 2015/2016

ކޯހުގެ ދާއިރާ: މެޑިސިން (މިއިޢުލާނާއެކު އަޕްލޯޑްކުރެވިފައިވާ ދާއިރާތަކުގެ ތެރެއިން ޔުނިވަރސިޓީން އޮފަރ ކުރާ ކޯހެއް) އަދި

ޔުނިވަރސިޓީން އޮފަރކުރާ އެހެނިހެން ދާއިރާތަކުގެ ތެރެއިން ސްކިލްޝޯޓޭޖް ލިސްޓުގައި ހިމެނިފައިވާ ދާއިރާތައް

09 މާސްޓަރސް

ކޯހުގެ ލެވެލް އަދި އަދަދު:

 • މެޑިސިން ދާއިރާއަށް ކުރިމަތިލާ ފަރާތްތަކުން އެމް.ބީ.ބީ.އެސް ހާސިލުކޮށްފައިވުން. (ކޯހަށް އެދި ހުށަހަޅާ ޑިގްރީ ސެޓުފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޑް ކޮށްފައިވާ ސެޓުފިކެޓަކަށް ވާންޖެހޭނެއެވެ.) އަދި
 • އެހެނިހެން ދާއިރާތަކަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅާ ކޯހާ ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން. އަދި
 • މެޑިސިން ދާއިރާއަށް ކުރިމަތިލާ ފަރާތްތަކަކީ އެމް.ބީ.ބީ.އެސް ހެދުމަށްފަހު މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީވެފައިވާ ފަރާތެއް ކަމުގައިވުން. އަދި
 • ބެޗްލަރސްޑިގްރީ ފުރިހަމަ ކުރެއްވުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތް ކުރާތާ، 23 މާރިޗު 2015ގެ ނިޔަލަށް 2އަހަރު ފުރިހަމަވެފައިވުން. ނަމަވެސް އަމިއްލަގޮތުން ބެޗްލަރސް ޑިގްރީ ހަދާފައިވާ ފަރާތްތަކުން މިޝަރުޠު ފުރިހަމަވާކަން ނުޖެހޭނެއެވެ.  އަދި
 • 30 މާރިޗު 2015 އަށް އުމުރުން 35 އަހަރުވެފައިނުވުން. އަދި
 • މަތީގައިވާ ޝަރުޠުތަކުގެ އިތުރުން ޗައިނީޒް ގަވަރމަންޓް ސްކޮލަރޝިޕް ވެބްސައިޓްގައިވާ ކުރިމަތިލާ ކޯހާ ގުޅޭ ޝަރުޠު ފުރިހަމަވާން ޖެހޭނެއެވެ. މިމަޢުލޫމާތު މިޑިޕާޓްމަންޓްގެ ވެބްސައިޓުންނާއި ތިރީގައިވާ ޗައިނީޒް ގަވަރމަންޓް ސްކޮލަރޝިޕް ވެބްސައިޓުން ލިބެން ހުންނާނެއެވެ.

http://www.csc.edu.cn/laihua/scholarshipdetailen.aspx?cid=97&id=2070

http://www.csc.edu.cn/Laihua/newsdetailen.aspx?cid=66&id=3074

ކޯހުގެ ޝަރުޠު: 
 • މެޑިސިން ކޯސްތަކަށް ހުށަހަޅާ ފަރާތްތައް ނޮމިނޭޓްކުރުމަށް ހަމަޖެހިފައިވަނީ މެރިޓަށް ޕޮއިންޓް ދީގެން އަދި ހުށަހަޅާ ކޯހަށް ދޭންކަނޑައަޅާފައިވާ ޕޮއިންޓް ދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކެވެ. (ކޯހަށް ދޭން ކަނޑައަޅާފައިވާ ޕޮއިންޓް އެނގޭނެ ލިސްޓެއް މިޑިޕާޓްމަންޓްގެ ވެބްސައިޓުގައި އިޢުލާނާއެކު އަޕްލޯޑްކުރެވިފައިވާނެއެވެ. )
 • މެޑިސިންއަށް ހުށަހަޅާފައިވާ ކެންޑިޑޭޓުންނަށް ފުރުޞަތު ދިނުމަށްފަހު އެހެނިހެންކޯސްތަކަށް ކެންޑިޑޭޓުން ނޮމިނޭޓް ކުރާނީ މެރިޓަށް ޕޮއިންޓްދީގެންނެވެ. މެރިޓަށް ޕޮއިންޓް ދޭ ގޮތުގެ ތަފުސީލު www.dhe.gov.mv އިން ލިބެން ހުންނާނެއެވެ.
 • ކޯހާބެހޭ އިތުރު މަޢުލޫމާތާއި ސްކިލްޝޯޓޭޖް ލިސްޓް އަދި އެޕްލިކޭޝަން ފޯމު މިޑިޕާޓްމަންޓްގެ ވެބްސައިޓްwww.dhe.gov.mv އިން ލިބެން ހުންނާނެއެވެ.
 • މި ސްކޮލަރޝިޕްގެ ދަށުން (ޓިއުޝަން ފީ، އެކޮމޮޑޭޝަން އަދި ސްޓައިޕެންޑް) ކޯސް އިންތިޒާމު ކުރައްވާ ފަރާތުން ހަމަޖައްސައިދޭނެއެވެ. (ލިބޭ ފައިސާއާއި އެކޮމޮޑޭޝަންގެ ތަފުސީލު ވެބްސައިޓްގައި އަޕްލޯޑުކުރެވިފައިވާ ކޯހާބެހޭ އިތުރު މަޢުލޫމާތު ޝީޓްގައި ހިމެނިފައިވާނެއެވެ.) ރިޓާން އެއަރ ޓިކެޓް ދިނުމަށް ހަމަޖެހިފައިވަނީ މިޑިޕާޓްމަންޓްގެ ފަރާތުންނެވެ.
 • ކޯހަށް އެދި ހުށަހަޅާ ތަޢުލީމީ (ޑިޕްލޮމާއިން ފެށިގެން މަތީ) ސެޓުފިކެޓުތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވާ ސެޓުފިކެޓުތަކަކަށް ވާންޖެހޭނެއެވެ. އަދި ޑިގްރީ ސެޓުފިކެޓު ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާނަމަ އެކެންޑިޑޭޓަކު ފުރިހަމަކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ އަދި އެއޮތޯރިޓީން ޤަބޫލުކުރާ ފެންވަރުގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅުއްވަންވާނެއެވެ. އަދި އެސެޓުފިކެޓާއިއެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.
 • އެކެންޑިޑޭޓަކު ބެޗްލަރސް ޑިގްރީ ހާސިލުކުރި ޔުނިވަރސިޓީއެއްގެ ގްރޭޑިންގ އާންމުކޮށް މިޑިޕާޓްމަންޓުން ބަލައި ގްރޭޑިންގ ސްކީމާ ތަފާތުނަމަ ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅަންވާނެއެވެ. ގްރޭޑިން ކްރައިޓީރިއާ ހުށަހަޅާފައިނުވާނަމަ، ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދިނުމުގައި ބެލެވޭނީ މިޑިޕާޓްމަންޓުން ބަލަމުންގެންދާ އުސޫލުގެ މަތިންނެވެ. މިޑިޕާޓްމަންޓުން ޕޮއިންޓް ދޭ ގޮތުގެ ތަފުސީލު މިޑިޕާޓްމަންޓްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
 • ޑިޕްލޮމާއިން ފެށިގެން މަތީގެ ކޯސްތައް ފުރިހަމަ ކޮށްފައިވަނީ އެހެން ކޯހަކުން ކްރެޑިޓް ލިބިގެން ކަމުގައި ވަނީނަމަ، އެޕްލިކޭޝަން ހުށަހަޅާއިރު ކުރިން ހަދާފައިވާ ކޯސްތަކުގެ ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ. މިގޮތަށް ހުށަނާޅާ ފަރާތްތަކުގެ ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދެވެން ނޯންނާތީ އެފަރާތްތަކުގެ އެޕްލިކޭޝަން ބާޠިލު ކުރެވޭނެވެ.
 • މި ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކުން ހުށަހެޅޭނީ އެއް އެޕްލިކޭޝަން ފޯމެވެ. އެއް ކޯހަށްވުރެ ގިނަ ކޯހަށް އެޕްލިކޭޝަން ހުށަހަޅައިފިނަމަ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
 • މިއިޢުލާންގައި ބަޔާން ކުރެވިފައިވާ ޝަރުޠެއް ހަމަނުވުމުގެ ސަބަބުން ނުވަތަ ހުށަހަޅަންޖެހޭ ތަކެތި ހުށަނޭޅުމުގެ ސަބަބުން ޑިސްކޮލިފައި ކުރެވޭ ކެންޑިޑޭޓުން، މިޑިޕާޓްމަންޓްގެ ވެބްސައިޓްގައި އަޕްލޯޑް ކުރެވިފައިވާ "މަތީތަޢުލީމާއި ތަމްރީނަށް ބައިލެޓްރަލް އެހީގެ ދަށުން ސަރުކާރަށް ލިބޭ ސްކޮލަރޝިޕްތައް ލިބޭއިރު ސުންގަޑި ހަމަވުމުގެ ކުރިން ފުރަތަމަ ފަހަރު އިޢުލާން ކުރުމަށްފަހު ޝަރުޠުހަމަވާ ކެންޑިޑޭޓުން ނުލިބުމުގެ ސަބަބުން އިތުރަށް އިޢުލާން ކުރާނެ ވަގުތު ނެތް ޙާލަތުގައި ނުވަތަ ތަކުރާރުކޮށް އިޢުލާންކޮށްގެން ކެންޑިޑޭޓުން ނުލިބިއްޖެ ޙާލަތުގައި ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންއިން ޢަމަލު ކުރާނެ އުސޫލު" ގެ ދަށުން ކޮލިފައި ކުރެވިދާނެއެވެ.
 • މިކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ، އިޢުލާން ކުރެވިފައިވާ ކޯހާއި އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެއެވެ. އަދި އެއާއި އެއްފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިވެސް ވެގެން ނުވާނެއެވެ.
 • މިސްކޮލަރޝިޕްގެ ދަށުން މަތީތަޢުލީމު ހާސިލު ކުރުމަށް ފުރުޞަތު ލިބޭ ދަރިވަރުން ކިޔަވާ ނިންމުމަށްފަހު، ސަރުކާރުން ކަނޑައަޅާ އޮފީހެއްގައި ނުވަތަ މުއައްސަސާއެއްގައި ޚިދުމަތްކުރުމަށް ބޮންޑްކުރެވޭނެއެވެ.
 • އެހީގެދަށުން ރާއްޖެއަށް ލިބެމުންދާ ސޮކޮލަރޝިޕްތަކަށް މިޑިޕާޓްމަންޓުން ކެނޑިޑޭޓުން ނޮމިނޭޓް ކުރެވުނު ނަމަވެސް ސޮކޮލަރޝިޕް ދެއްވާ ފަރާރުން ދިމާވާ އެއްވެސް މައްސައެއްގައި ސްކޮލަރޝިޕް ކެންސަލްކޮށްފިނަމަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން އެފުރުޞަތު ނުވަތަ އޭގެ ބަދަލުގައި އިތުރު އެހެން ފުރުޞަތުތަކެއް އެދަރިވަރަކަށް ހޯދައިދޭ އުސޫލެއް ނޯންނާނެކަމުގައި ދަންނަވަމެވެ.  
 • ކުރިމަތިލާ ކޯހަކީ އަދި އެކޯސް ހިންގާ އިންސްޓިޓިއުޓަކީ އެމް.ކިޔު.އޭ އަދި މޯލްޑިވްސް މެޑިކަލް ކައުންސިލްއިން ޤަބޫލުކުރާ ކޯހެއްތޯ ނުވަތަ އިންސްޓިޓިއުޓެއްތޯ ކޯހަށް ކުރިމަތިލުމުގެ ކުރިން ސާފުކުރަންވާނެއެވެ.
 • މިފުރުޞަތުތަކަކީ މައިގަނޑުގޮތެއްގައި މެޑިސިންގެ ދާއިރާއަށް ޚާއްޞަކުރެވިފައިވާ މާސްޓަރސް ފުރުޞަތުތަކަކަށްވާތީ މެޑިސިން ދާއިރާއިން މާސްޓަރސް ހަދަން ޝަރުޠު ފުރިހަމަވާ ކެނޑިޑޭޓުން ހުށަހަޅައިފިނަމަ ނޮމިނޭޓްކުރުމުގައި އިސްކަސްދޭނީ އެފަރާތްތަކަށެވެ.
 • މިސްކޮލަރޝިޕްގެ ދަށުން ކޯސްތައް ހަދަން ބޭނުންވާ ކެންޑިޑޭޓުންނަށް 1 އަހަރު ދުވަހުގެ ޗައިނީސް ލެންގްއޭޓް ފުރިހަމަ ކުރަން ޖެހޭކަން ނުވަތަ ނޫންކަން އެނގޭނީ އެދަރިވަރަކު ކިޔަވަން ބޭނުންވާ އިންސްޓިޓިއުޓެއްގެ ގޮތުންނެވެ. މިގޮތުން ޗައިނާގެ އިންސްޓިޓިއުޓްތަކުން ހެދެން ހުރި އެކި ޕްރޮގްރާމްތަކާއި ޕްރޮގްރާމް ހިންގާނީ ކޮންބަހަކުންކަން އެނގޭފަދަ މުހިންމު މަޢުލޫމާތު ތިރީގައިވާ ލިންކް އިން ލިބިވަޑައިގަންނަވާނެއެވެ.

http://www.csc.edu.cn/Laihua/programsearchen.aspx

އިތުރު މަޢުލޫމާތު:

 • ކޯހަށް އެދި ފުރިހަމަކޮށްފައިވާ ފޯމާއި އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި
 • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރު އޮފީހަކުން، ލޯފާރމަކުން ނުވަތަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ތައްގަނޑުޖެހި އަސްލު. (އެޓެސްޓެޑް އޮރިޖިނަލް) އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުން ނަގާފައިވާ ކޮޕީ އަދި އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ސްކޭންކޮޕީ ޤަބޫލެއް ނުކުރެވޭނެއެވެ.
 • އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ އޮފީހެއްގެ ތައްގަނޑާއި، ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމު، ސޮއި އަދި ތާރީޚު އޮންނަންވާނެއެވެ. އެޓެސްޓޭޝަން ފުރިހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލުކުރުމުގެ އިޚުތިޔާރު މިޑިޕާޓްމަންޓަށް ލިބިގެންވެއެވެ.
 • ކޯހަށް އެދި ހުށަހަޅުއްވާ ސެޓުފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވާ ސެޓުފިކެޓަކަށްވާން ޖެހޭނެއެވެ. އަދި ޑިގްރީ ސެޓުފިކެޓު ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓުފިކެޓު ހުށަހަޅާނަމަ އެކެންޑިޑޭޓަކު ފުރިހަމަކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ އަދި އެއޮތޯރިޓީން ޤަބޫލުކުރާ ފެންވަރުގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅުއްވަންވާނެއެވެ. އަދި އެސެޓުފިކެޓާއިއެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.
 • މެޑިސިން އަށް ހުށަހަޅާފަރާތްތަކުން އެމް.ބީ.ބީ.އެސް ހެދުމަށްފަހު މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓަރީވެފައިވާ ކަން އަންގައިދޭ ލިޔުން.
 • އައިޑީ ކާޑު ގެ ކޮޕީ (އެޓެސްޓެޑް އޮރިޖިނަލް)
 • ރެފެރަންސް ލެޓަރ (އެކަޑަމިކް) (އަސްލު ނުވަތަ އެޓެސްޓެޑް އޮރިޖިނަލް)
 • ސްޓަޑީ/ ރިސާރޗް ޕްލޭން ( ވޯޑް ލިމިޓް: 800 )
 • ބެޗްލަރސް ޑިގްރީ ނިންމައި ދިވެހިރާއްޖެއަށް ޚިދުމަތްކުރާތާ 23 މާރިޗު 2015 ގެ ނިޔަލަށް 2 އަހަރުވެފައިވާ ކަން އަންގައި ދިނުމުގެ ގޮތުން އެމީހަކު ވަޒީފާ އަދާކުރަމުންދާ ނުވަތަ ވަޒީފާ އަދާކޮށްފައިވާ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. މިގޮތުން ގެނެވޭ ލިޔުންތަކުގައި ވަޒީފާ އަދާކުރަންފެށި ތާރީޚާއި ނިމުނު ތާރީޚު ބަޔާންކޮށްފައި އޮންނަންވާނެއެވެ. (އަމިއްލަގޮތުން ބެޗްލަރސް ޑިގްރީ ހަދާފައިވާ ފަރާތްތައް މިލިޔުން ހުށަހަޅާކަށް ނުޖެހޭނެއެވެ.)
 • ސަރުކާރުގެ ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތްކުރުމުގެ ބޮންޑެއް އޮތް މީހަކުނަމަ، އެތަނުން އެމީހަކު މިކޯހަށް ދޫކުރާނެކަމުގެ ލިޔުން.
 • ހުށަހަޅަންޖެހޭ ހުރިހާ ޑޮކިއުމަންޓެއް ހަމައަށް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

ސުންގަޑި: 23 މާރިޗު 2015 (ހޯމަ) ދުވަހުގެ 14:30 ގެ ކުރިން މިޑިޕާޓްމަންޓްގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ) އަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

ކޯހަށްއެދޭ ފޯމް ހެނދުނު 8:30 އިން މެންދުރުފަހުގެ 15:00 އަށް ވެލާނާގޭގެ 2ވަނަ ފަންގިފިލާގައި ހުންނަ މިޑިޕާޓްމަންޓްގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ ވެބްސައިޓުން (www.dhe.gov.mv) ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3341380 އިން ލިބިވަޑައިގަންނަވާނެއެވެ.

16 މާރިޗު 2015
ހޯދާ