ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ޤުރުއާން މުދައްރިސުން

އިޢުލާން

ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ގދ.ތިނަދޫ، ހދ.މަކުނުދޫ، ތ.ގުރައިދޫ، ހއ.ހޯރަފުށި، ދ.ކުޑަހުވަދޫ ގައި ހިންގުމަށް ހަމަޖެހިފައިވާ ޤާރީކޯސް ތަކުގައި ކިޔަވައިދިނުމަށް ރިސޯސް ޤުރުއާން މުދައްރިސުން ބޭނުންވެއެވެ.

ބޭނުންވާ އަދަދު: 05

މުސާރަ: ނަގައިދޭ ކޮންމެ ގަޑިއަކަށް -/100 ރުފިޔާ

ޝަރުޠު: ޤުރްއާން މުދައްރިސް ޑިޕްލޮމާ ހަދާފައިވުން.

މުއްދަތު: 2 އަހަރު

ވީމާ، ޝަރުޠު ހަމަވާ ފަރާތްތަކުން 26 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެކުރިން ސިޓީއަކާއެކު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ކޮޕީއާއި އައިޑީކާޑުގެ ކޮޕީ ޤުރުއާނާބެހޭ މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. މުދައްރިސުން ހޮވުމުގައި ކޯސް ހިންގުމަށް ހަމަޖެހިފައިވާ ރަށުގައި ދިރިއުޅުއްވާ ކިޔަވައިދިނުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

24 ޖުމާދަލްއޫލާ 1436

15 މާރިޗު 2015
ހޯދާ