ކ. ގާފަރު ސްކޫލް، ކ. ގާފަރު
ދިވެހިރާއްޖެ
ސްޕޯޓްސް ސުޕަވައިޒަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމް

ސްޕޯޓްސް ސުޕަވައިޒަރ

މަޤާމުގެ ރޭންކް

ޖީ. އެސް. 4

މަޤާމުގެ ކުލެސިފިކޭޝަން

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ 2

މަޤާމުގެ ގިންތި

ދާއިމީ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ނަންބަރު

188OD/22/2015/14

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް

ގާފަރު ސްކޫލް / ކ. ގާފަރު

ސެކްޝަން

އެޑްމިން ސެކްޝަން

މުސާރަ

މަހަކު -/5،020 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1،500 ރުފިޔާ

އިތުރުގަޑީގެ ފައިސާ

އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

 

މަޤާމުގެ ޝަރުޠު

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

* ސްކޫލުގައި ހިންގޭ ކުޅިވަރުތަކާ ގުޅޭ ހުރިހާ ހަރަކާތެއް، އިސްވެރިންނާއި ޓީޗަރުންގެ އިރުޝާދުގެ ދަށުން ރާވައި ހިންގުން.

* ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުންނަށް ޕީ.އީ ގަޑިތައް ނަގައިދިނުން.

* ސްކޫލުގެ ސްޕޯޓްސް ސާމާނުގެ އިންވެންޓްރީ ބެލެހެއްޓުން.

* އިންޓަރ ކްލާހަށް އަމާޒުކޮށްގެން ރާވާ ހަރަކާތްތަކުގެ ފަރިތަކުރުމުގެ ތާވަލު ތައްޔާރުކުރުމާއި، މުބާރާތް ރާވައި ހިންގުން.

* ކުޅިވަރުތަކާބެހޭ އެންމެހައި ލިޔެކިޔުންތައް ރަނގަޅު އިންތިޒާމެއްގެދަށުން ފައިލްކޮށް ބެލެހެއްޓުން.

* ދަރިވަރުންގެ ކިބައިގައިވާ ކުޅިވަރާގުޅޭ ތަފާތު ހުނަރުތައް ދެނެގަނެ، އެ ހުނަރުތައް ތަރައްޤީކުރުމަށް ތަފާތު ޕުރޮގުރާމު ހިންގުން.

* ސްކޫލުގައި ހިންގޭ ކުޅިވަރު ޕޫލުތަކުގައި އުޅޭ ދަރިވަރުންގެ ފަރިތަކުރުންތަކުގެ ޝެޑިއުލް ތައްޔާރުކުރުމާއި، އެފަދަ ފަރާތްތަކަށް ތަމްރީން ދެއްވުމަށް ވަޑައިގަންނަވާ ބޭފުޅުންގެ ހާޒިރީ ބެލެހެއްޓުމާއި، ތަމްރީނުތައް ކުރިއަށްދާގޮތް ރަނގަޅުތޯ ކަށަވަރުކުރުން.

* ދިރާސީ އަހަރު ނިމޭއިރު ސްކޫލުގެ ސްޕޯޓްސް ޑިޕާޓްމަންޓުގެ ރިޕޯޓެއް ތައްޔާރުކޮށްފައި ޕްރިންސިޕަލަށް ހުށަހެޅުން.

* ހަވާލުކުރެވިފައިވާ މަސައްކަތްތަކުގެ އިތުރުން، ސްކޫލުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

ވަޒީފާއަށް ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭ ކަންތައްތައް

- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީން ލިބިފައިވާ މިންވަރު.

-  މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު.

-  މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި ސިފަތައް.

 

 

އިންޓަވިއުކުރުން

- މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ، އިންޓަވިއު ކުރުމަށް ފަހުގައެވެ. އިންޓަވިއު އޮންނާނީ، 29 މާރިޗު 2015 ގައެވެ.

- މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭނެއެވެ. 

- އިންޓަވިއު ކުރެވޭނީ ޝޯޓް ލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

- މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

 

 

 

ޝަރުޠު ހަމަވާ ފަރާތަކުން ހުށަހަޅަންޖެހޭ ތަކެތި

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު، ގާފަރު ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ.)

- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 

- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން، 2015 މާރިޗު 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން، ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، ގާފަރު ސްކޫލަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ގާފަރު ސްކޫލުގެ 6640577 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

24 ޖުމާދަލްއޫލާ 1436

15 މާރިޗު 2015
ހޯދާ