ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
'މީޓިން މެނޭޖްމަންޓް ސޮފްޓްވެއަރ' ތައްޔާރުކޮށްދޭނޭ މީހަކު ބޭނުންވެއްޖެ

"މީޓިން މެނޭޖްމަންޓް ސޮފްޓްވެއަރ" ތައްޔާރުކޮށްދޭނޭ މީހަކު ބޭނުންވެއްޖެ:

ސިވިލް ސަރވިސް ކޮމިޝަނުގައި "މީޓިން މެނޭޖްމަންޓް ސިސްޓަމެއް" މި އިޢުލާނުގައިވާ ޓާރމް އޮފް ރެފަރެންސާ އެއްގޮތަށް ފަރުމާކޮށް ތައްޔާރުކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

  • ބޭނުންވާ އަދަދު: 01
  • އުޖޫރަ (މަހަކަށް) -/25000 (ފަންސަވީސްހާސް ރުފިޔާ)
  • މަސައްކަތުގެ ވަގުތު: ދުވާލަކު 7 ގަޑިއިރު
  • މުއްދަތު: 06 މަސްދުވަސް (ނުވަތަ މަސައްކަތް ނިމެންދެން)
  • ފެންވަރު ނުވަތަ ޝަރުޠު:  ސޮފްޓްވެއަރ އިންޖިނިއަރިންގގެ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ސޮފްޓްވެއަރ އިންޖިނިއަރިންގ ރޮނގުން މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މަސައްކަތާބެހޭ މަޢުލޫމާތު:

ޓާރމް އޮފް ރެފަރެންސްގައި ހިމެނިފައި. (ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް: www.csc.gov.mv ގައި ހިމަނާފައި)

މި މަސައްކަތްކުރާނޭ ފަރާތެއް ހޮވުން:

މަތީގައިވާ މަޢުލޫމާތުތަކުގެ މައްޗަށް ރިޢާޔަތްކޮށް، މި މަސައްކަތް ކުރުމަށް ހަވާލުކުރާ ފަރާތެއް ހޮވާނީ، ކަނޑައެޅިފައިވާ ގޮތްތަކުގެ މަތިން، މި މަސައްކަތްކޮށްދިނުމަށް ހުށަހަޅާ ފަރާތްތަކާއެކު ކުރެވޭ އިންޓަރވިއުތަކާއި ޤާބިލުކަން ވަޒަންކުރުމަށް ކުރެވޭ އެސެސްމަންޓްތަކުގެ ނަތީޖާއަށް ބަލައި، ކޮމިޝަނުގެ އިދާރާގެ ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމެޓީން ކަނޑައަޅާ ލަފާގެ މަތިންނެވެ. މިގޮތުން މީހަކު ހޮވުމުގައި ތިރީގައިވާ ކަންތައްތަކަށް ބެލޭނެއެވެ.

  1. ތަޢުލީމީ ފެންވަރު - % 15
  2. މަސައްކަތުގެ ތަޖުރިބާ - % 10
  3. ސޮފްޓްވެއަރ އިންޖިނިއަރިންގ ޕްރޮޖެކްޓްތަކުގައި މަސައްކަތްކޮށްފައިވާ މިންވަރާއި އެ މަސައްކަތްތަކުގެ ނަތީޖާ - %45
  4. ޓެކްނިކަލް ނޮލެޖް - % 15
  5. އުފެއްދުންތެރިކަން - %5
  6. ގާބިލްކަން ހުރި މިންވަރު - % 10

ވުމާއެކު، މި ކަމަށް އެދޭ މަތީގައި ދަންނަވާފައިވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 01 އެޕްރީލް 2015 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން ވަނަވަރާއި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއެކު އެޕްލިކޭޝަން ފޯމު މި ކޮމިޝަނަށް (ހ. ވެލާނާގެ، 12 ވަނަ ފަންގިފިލާ) ފޮނުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކޮމިޝަނުގެ ކައުންޓަރުންނާއި ކޮމިޝަނުގެ ވެބްސައިޓް (www.csc.gov.mv) އިން ލިބެން ހުންނާނެއެވެ.

23 ޖުމާދަލްއޫލާ 1436

15 މާރިޗު 2015
ހޯދާ