ދިއްފުށީ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

1 (އެކެއް)

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1   

ރޭންކް:

ޖީ. އެސް 3

މަޤާމުގެ ބާވަތް

ދާއިމީ

މަޤާމް ނަންބަރު:

188-OD/22/2015/14

އޮފީސް

ދިއްފުށީ ސްކޫލް 

ސެކްޝަން:

އެޑްމިން

ރަށް

ކ. ދިއްފުށި

މުސާރަ

މަހަކު -/4،465 ރުފިޔާ

ސަރވިސްއެލަވަންސް

މަހަކު -/1،500 ރުފިޔާ

އިތުރުގަޑި

އިތުރުގަޑީގެ މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން  އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު

1- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓިފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

- ސްކޫލުގެ އިދާރީ މަސައްކަތާއި، ފައިސާއާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން:

1- ޗުއްޓީ ރެކޯޑްތައް ބެލެހެއްޓުން (މުވައްޒަފުންގެ ފައިލްތަކާއި، ސަލާމާއި ރެކޯޑްތައް ބެލެހެއްޓުން)

2- ސްޓޮކް ބެލެހެއްޓުމާއި، އިންވެންޓްރީ ބެލެހެއްޓުން (ސްކޫލަށް ގެނެވޭ ރިކަރެންޓް ތަކެއްޗާއި ކެޕިޓަލް ތަކެތި ސްޓޮކާއި އިންވެންޓްރީގައި ލިޔެ ބެލެހެއްޓުން)

3- އޯލެވެލް އިމްތިޙާނުގެ އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްކުރުން.

4– ބަޖެޓާ ގުޅޭ އެންމެހައި މަސައްކަތްކުރުން (ފައިސާގެ އެންމެހައި ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތަށް ފޮނުވުން.

5- އަހަރީ ރިޕޯޓާއި ހާޒިރީ ރިޕޯޓާއި ސްޓެޓިސްޓިކް ރިޕޯޓް ހަދައި، ފޮނުވަން ޖެހޭފަރާތްތަކަށް ފޮނުވުން.

6- ސްކޫލަށް ބޭނުންވާ ތަކެތި ހޯދުމަށާއި، ތަންތަނަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ރަށުންބޭރަށް ދާންޖެހޭ ޙާލަތްތަކުގައި ދިއުން.

7- އިދާރީ ލިޔެކިޔުމާ ގުޅޭ އެއްމެހައި މަސައްކަތްކުރުން.

8- ދަރިވަރުންގެ ފަންޑާއި، ބެލެނިވެރިންގެ ފަންޑާ ގުޅޭ އެއްމެހައި މަސައްކަތްކުރުން.

9- ބޯފެނުގެ ނިޒާމާއި، މަރާމާތު މަސައްކަތްތައް އެސްޓިމޭޓް އުސޫލުން ކުރުވައި ބެލެހެއްޓުން.

10- ކިޔަވައިދިނުމަށާއި އެކި ބައްދަލުވުންތަކަށް ކުލާސްތައް ތައްޔާރުކުރުން.

11- މަސައްކަތު މީހުންގެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން.

12- މަތީގައިވާ މަސައްކަތްތަކުގެ އިތުރުން، ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުނާއި ޤަވައިދުތަކާ އެއްގޮތްވާގޮތުގެމަތިން މި އޮފީހުން އަންގާ މަސައްކަތް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

އިންޓަރވިއު ކުރުން

- މި މަޤާމަށް މީހަކުހޮވުމަށް އިންޓަވިއު ކުރުން އޮންނާނީ، 24 މާރިޗު 2015 އާއި 30 މާރިޗު 2015 އާ ދެމެދުގެ ތާރީޚެއްގައި، ދިއްފުށީ ސްކޫލުގައެވެ. (އިންޓަރވިއު އޮންނާނެ ދުވަހާއި ގަޑި، އިންޓަރވިއުއަށް ހޮވޭ ފަރާތްތަކަށް އެންގޭނެއެވެ.)

- ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމަށާއި ތަޖުރިބާއަށާއި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމެޓީން ކަނޑައަޅާ ކްރައިޓީރިއާއެއްގެ ދަށުން، ޝޯޓް ލިސްޓް ކުރެވޭނެއެވެ. އިންޓަރވިއު ކުރެވޭނީ، ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

 

1- ފުރިހަމަކޮށްފައިވާ، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމު، ދިއްފުށީ ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.)

2- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ، އެކްރެޑިޓްކޮށްފައިވާ ކޮޕީ  (އިންޓަރވިއުއަށް ހާޒިރުވާއިރު އަސްލުތައް ގެންނަންވާނެއެވެ.)

3- ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރަމުންދާ މުއައްޒަފެއް، މި ވަޒީފާއަށް ހޮވިއްޖެނަމަ، ބަދަލުވުމާމެދު ވަޒީފާ އަދާކުރާ ތަނުން އިޢުތިރާޒެއް ނުކުރާކަމުގެ ލިއުން.

4- ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާ ފަރާތެއްނަމަ، ވަޒީފާގައި އޮތް މަސްއޫލިއްޔަތު އެނގޭނޭ ލިއުމެއް.

5- ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުއައްޒަފުން، އެ މުއައްޒަފެއްގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އުޅުމާއި އަޚްލާޤް ހުރިގޮތް ބަޔާންކުރާ ފޯމް، ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންވާނެއެވެ.  ސިވިލް ސަރވިސްގައި ވަޒީފާއަދާކުރަމުންދާ މުއައްޒަފަކުވެސް މި ފޯމް ހުށަނާޅާނަމަ، ފޯމުގައިހުރި ބައިތަކަށް ބަލައިގެން ދޭންޖެހޭ އެއްވެސް ޕޮއިންޓެއް ނުދެވޭނެއެވެ.

6- ވަޒީފާއަށް ކުރިމަތިލާ  ފަރާތުގެ ވަނަވަރު / ސީވީ ( ގުޅޭނެ ފޯނު ނަންބަރާއެކު )

7- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީ (އިންޓަވިއުއަށް ހާޒިރުވާއިރު އަސްލުތައް ގެންނަންވާނެއެވެ.)

ތަކެތި ހުށަޖަޅަންޖެހޭ ގޮތާއި އޮފީސް

- މި ވަޒީފާއަށްކުރިމަތިލާ ފަރާތްތަކުން، 2015 މާރިޗު 23 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމް ފުރައި، ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތަކާއެކު، ދިއްފުށީ ސްކޫލަށް ހުށައެޅުން އެދެމެވެ.

- ފުރިހަމަނުކުރާ ފޯމާއި ލިޔުންތައް ބަލައެއް ނުގަނެވޭނެއެވެ.  

ނޯޓް

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތިން މާކްސް ލިބޭ، އަދި އެންމެ ޤާބިލްކަމަށް ފެންނަފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.  

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލާމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން،  މި ސްކޫލުގެ 6640522 ނަމްބަރު ފޯނާ، ރަސްމީ ގަޑީގައި ގުޅުން އެދެމެވެ.

25 ޖުމާދަލްއޫލާ 1436

16 މާރިޗު 2015
ހޯދާ