MBA
ދިވެހިރާއްޖެ
17 ވަނަ އިންޓަރ ސްކޫލް ބާސްކެޓްބޯޅަ މުބާރާތް 2015

މިއެސޯސިއޭޝަނުން އިންތިޒާމުކޮށްގެން 12 އެޕްރީލް 2015 ގައި ފެށުމަށް ހަމަޖެހިފައިވާ 17 ވަނަ އިންޓަރ ސްކޫލް ބާސްކެޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް އެދޭ ސްކޫލްތަކުން 29 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ބައިވެރިވާ އުމުރުފުރާ އެނގޭނޭގޮތަށް ލިއުމަކުން މިއެސޯސިއޭޝަނަށް އެންގެވުން އެދެމެވެ. އަދި ޓީމުލިސްޓު 2 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއެސޯސިއޭޝަނަށް ހުށަހެޅުއްވުންއެދެމެވެ.

މިމުބާރާތުގެ ގަވާއިދާއި ޓީމުލިސްޓު ހުށަހަޅާ ފޯމުގެ އިތުރުން މުބާރާތާބެހޭ މަޢުލާމާތު މިއެސޯސިއޭޝަންގެ ވެބްސައިޓް (www.mba.org.mv) އިން އަދި ފޭސްބުކް ގުރޫޕު (Maldives Basketball Association-MBA) އިން ލިބިވަޑައިގަންނަވާނެވާހަކަ ދެންނެވީމެވެ.

މިމުބާރާތް ހުޅުވާލެވިފައިވަނީ ތިރީގައި މިދަންނަވާ އުމުރު ފުރާތަކަށެވެ.

12 އަހަރުން ދަށް ( އަންހެން / ފިރިހެން )

14 އަހަރުން ދަށް ( އަންހެން / ފިރިހެން )

16 އަހަރުން ދަށް ( އަންހެން / ފިރިހެން )

12 މާރިޗު 2015
ހޯދާ