MBA
ދިވެހިރާއްޖެ
އޮފީސް/ކުންފުނިތަކުގެ 18 ވަނަ ބާސްކެޓްބޯޅަ މުބާރާތް 2015

އޮފީސް / ކުންފުނިތަކުގެ 18 ވަނަ ބާސްކެޓްބޯޅަ މުބާރާތް 2015

މިއެސޯސިއޭޝަނުން އިންތިޒާމުކޮށްގެން 25 މާރިޗު 2015 ގައި ފެށުމަށް ހަމަޖެހިފައިވާ ސަރުކާރު އޮފީސް/ކުންފުނިތަކުގެ 18 ވަނަ ބާސްކެޓްބޯޅަ މުބާރާތް މިހާރު ވަނީ ގިނަ އޮފީސްތަކެއްގެ އެދުމުގެ މަތީން 1 ން 17 ޖޫން 2015 އަށް ފަސްކުރެވިފައެވެ. އަދި މިމުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އަލުން މިވަނީ ހުޅުވާލެވިފައެވެ.

ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ސަރުކާރު އޮފީސް / ކުންފުނިތަކުން 11 މޭ 2015 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއެސޯސިއޭޝަނަށް ލިޔުމަކުން އެންގެވުން އެދެމެވެ. އަދި ޓީމުލިސްޓު 18 މޭ 2015 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.

މިމުބާރާތް ހުޅުވާލެވިފައިވަނީ ފިރިހެން ޑިވިޝަނާއި އަންހެން ޑިވިޝަނަށެވެ. މިމުބާރާތުގެ ގަވާއިދާއި އިތުރު މަޢުލޫމާތު މިއެސޯސިއޭޝަންގެ ވެބްސައިޓް (www.mba.org.mv) އަދި ފޭސްބުކް ގްރޫޕް (Maldives Basketball Association-MBA) އިން ލިބިވަޑައިގަންނަވާނެވާހަކަ ދެންނެވީމެވެ.

18 ޖުމާދަލްއޫލާ 1436

09 މާރިޗު 2015
ހޯދާ