ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު:

ޑިރެކްޓަރ، އެޗް. އާރް  

ކްލެސިފިކޭޝަން: އެގްޒެކެޓިވް
ރޭންކް  EX1
މުސާރަ: -/8،835 ރުފިޔާ

އެހެނިހެން އިނާޔަތްތައް

  • ސަރވިސް އެލަވަންސް: -/2،000 ރުފިޔާ
  • އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވެންސް: މުސާރައިގެ %35

ބޭނުންވާ އަދަދު

01

ބޭނުންވާ ސެކްޝަން

އެޗް.އާރް.އެމް

މަސައްކަތްކުރަންޖެހޭ ތަނާއި ރަށް:

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، މާލެ
 މަޤާމުގެ ޝަރުޠުތައް:
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާރކްސެއް ލިބެމުންދިޔުމާއެކު، އެމް.އެސް. 1 ރޭންކުގެ ޝަރުޠުު ފުރިހަމަވެ އެރޭންކުގައި މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އެމް.އެސް 2 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާއެއް ފެންވަރުގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.
މަޤާމުގެ މަސްއޫލިއްޔަތު:

މަޤާމު ހިއުމަން ރިސޯސް ސެކްޝަން

  • ސެކްޝަންގެ މަސައްކަތްތައް ޑިވިޜަން ހެޑްގެ ލަފަޔާއެކު ކުރިއަށް ގެންދިއުން.
  • ސެކްޝަންގެ މަސައްކަތްތައް ހިނގާނުހިގާގޮތް ބެލުމާއި މަސައްކަތްތައް ހަލުވިކުރުމަށް ބޭނުންވާ ކަންތައްތައް ރޭވުން.
  • ސެކްޝަންގެ މަސައްކަތްތައް ކުރިއަށް ގެންދާނެގޮތް ރޭވުމުގައި ސެކްޝަނުގެ ބައްދަލުވުންތައް ބޭއްވުން.
  • ސެކްޝަންގެ މަސައްކަތްތައް ކުރިއަށް ގެންދާނެގޮތުގެ ލަފާޔާއި، އިރުޝާދު މުވައްޒަފުންނަށް ދިނުން.
  • ސެކްޝަންގައި މަސައްކަތްކުރަމުން ގެންދާ ހުރިހާ މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމާއި، މުވައްޒަފުންނަށް ބޭނުންވާ އިރުޝާދާއި، ލަފާދިނުން.
  • ސެކްޝަންގެ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުން.
މަޤާމު:

ސްޓެޓިސްޓީޝަން    

ކްލެސިފިކޭޝަން: ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް
ރޭންކް: EX 3
މުސާރަ: -/11065 ރުފިޔާ
އެހެނިހެން އިނާޔަތްތައް:
  • ސަރވިސް އެލަވަންސް: -/2000 ރ
  • ފިނޭންސް އެލަވަންސް: މުސާރައިގެ %35
ބޭނުންވާ އަދަދު:  01
ބޭނުންވާ ސެކްޝަން:  ނޭޝަނަލް އެކައުންޓްސް އެންޑް އިކޮނޮމިކްސް ސްޓެޓިސްޓިކްސް
މަސައްކަތްކުރަންޖެހޭ ތަނާއި ރަށް:  ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، މާލެ
މަޤާމުގެ ޝަރުޠުތައް:
  •  ސްޓެޓިސްޓިކްސް އާއިގުޅޭ ދާއިރާ ނުވަތަ އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ އެކައުންޓިންގ ނުވަތަ ޑިމޮގްރަފީފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • ސްޓެޓިސްޓިކްސް އާއިގުޅޭ ދާއިރާ ނުވަތަ އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ އެކައުންޓިންގ ނުވަތަ ޑިމޮގްރަފީފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާލިބިފައިވުން
  • ސްޓެޓިސްޓިކްސްއާގުޅޭ ދާއިރާ ނުވަތަ އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ އެކައުންޓިންގ ނުވަތަ ޑިމޮގްރަފީފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މެނޭޖުމަންޓް ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
މަޤާމުގެ މަސްއޫލިއްޔަތު:
  •  ނެޝަނަލް އެކައުންޓްސް އެންޑް އިކޮނޮމިކް ސްޓެޓިސްޓިކްސް ސެކްޝަންގެ މަސައްކަތްތައް  ބިއުރޯގެހެޑްގެ ލަފަޔާއެކު ކުރިއަށް ގެންދިއުން.
  • ނެޝަނަލް އެކައުންޓްސް އެންޑް އިކޮނޮމިކް ސްޓެޓިސްޓިކްސް ސެކްޝަންގެ މަސައްކަތްތައް ހިނގާނުހިގާގޮތް ބެލުމާއި މަސައްކަތްތައް ހަލުވިކުރުމަށް ބޭނުންވާ ކަންތައްތައް ރޭވުން.
  • ނެޝަނަލް އެކައުންޓްސް އެންޑް އިކޮނޮމިކް ސްޓެޓިސްޓިކްސް ސެކްޝަންގެ މަސައްކަތްތައް ކުރިއަށް ގެންދާނެގޮތް ރޭވުމުގައި ސެކްޝަނުގެ ބައްދަލުވުންތައް ބޭއްވުން.
  • ނެޝަނަލް އެކައުންޓްސް އެންޑް އިކޮނޮމިކް ސްޓެޓިސްޓިކްސް ސެކްޝަންގެ މަސައްކަތްތައް ކުރިއަށް ގެންދާނެގޮތުގެ ލަފާޔާއި، އިރުޝާދު މުވައްޒަފުންނަށް ދިނުން.
  • ނެޝަނަލް އެކައުންޓްސް އެންޑް އިކޮނޮމިކް ސްޓެޓިސްޓިކްސް ސެކްޝަންގައި މަސައްކަތްކުރަމުން ގެންދާ ހުރިހާ މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމާއި، މުވައްޒަފުންނަށް ބޭނުންވާ އިރުޝާދާއި، ލަފާދިނުން.
  • ނެޝަނަލް އެކައުންޓްސް އެންޑް އިކޮނޮމިކް ސްޓެޓިސްޓިކްސް ސެކްޝަންގެ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުން.
  • ރާއްޖެއާއި ރާއްޖޭން ބޭރުގައި ބޭއްވޭ މުހިންމު ބައްދަލުވުންތަކުގައި އޮފީހުގެ ފަރާތުން ބައިވެރިވުން
  • ސެކްޝަންގެ އަހަރީ ބަޖެޓް ތައްޔާރުކުރުން. އަދި އަހަރު ރިޕޯޓަށް ބޭނުންވާ މައުލޫމާތު ކަމާބެހޭ ސެކްޝަނަށް ފޯރުކޮށްދިނުން.
  • ސީނިއަރ ލެވެލްގައި ބިއުރޯގައާއި، އަދި އެހެންސަރުކާރުއޮފީސްތަކުގައި ބާއްވާ ބައްދަލުވުންތަކުގައި ބިއުރޯ ތަމްސީލުކުރުން.
  • ސިވިލް ސަރވިސްގެ ޤާނޫނާއި، ގަވާއިދާއި، ކޯޑު އޮފް ކޮންޑަކްޓާއި އެއްގޮތްވާ ގޮތުގެ މަތިން ވަޒީފާ އަދާކުރުން، އަދި ސްޕަވައިޒްކުރާ މުވައްޒަފުން މިޤާނޫނާއި، ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން މަސައްކަތްކުރޭތޯ ބެލުން.
  • ވަޒީފާއާ ގުޅިގެން އޮފީހުން ކުރަންޖެހިއްޖެ ކޮންމެ ކަމެއްގައި ހަރަކާތްތެރިވުން.
އިތުރު އިނާޔަތްތައް: މިމަޤާމުތަކަށް ހޮވޭ ފަރާތްތަކަށް މުސާރައިގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާ ދެވޭނެއެވެ.
އިންޓަރވިއުކުރުމާއި، އަދި އިމްތިޙާނު ކުރުން: މި މަޤާމުތަކަށް ކުރިމަތިލައްވާ، މަޤާމުގެ ޝަރުތުހަމަވާ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރވިއުއާއި އިމްތިޙާނުކުރުން، އިޢުލާނަށް މުއްދަތު ހަމަވާތާ ތިން ހަފުތާގެ ތެރޭގައި މާލޭގައި އޮންނާނެއެވެ.
މީހުން ހޮވުމުގައި ބަލާނެ ކަންތައް:
  • ވަޒީފާގެ ދާއިރާގެ މަސައްކަތުގެ މަޢުލޫމާތު ލިބިފައިވާ މިންވަރު
  • މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު
  • ޖިސްމާނީ، ނަފްސާނީ އަދި ފަންނީ ޤާބިލުކަން ހުރި މިންވަރު
ހުށަހަޅަންޖެހޭ ލިޔުންތައް:
  •  ވަޒީފާއަށް އެދޭ ފޯމު.
  • ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (ސެޓްފިކެޓެއްނަމަ އެކްރެޑިޓްކޮށްފައިވުން) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށްއެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާދުގެ ދެފުއް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ސީވީ).
ސުންގަޑި:  26 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު:
  • ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.
  •  މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349388 ނުވަތަ 3349395 ނަންބަރު ފޯނާއެވެ.

          

12 މާރިޗު 2015
ހޯދާ