ދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ދ. މީދޫ ޞިއްޙީ މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި ޤާބިލް މީހެކެވެ.

މަޤާމު    

މަސައްކަތު

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ރޭންކް

SS.1

ބޭނުންވާ އަދަދު

1 (އެކެއް)

މުސާރަ

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ރިސްކް އެލަވަންސް

ނުކުންނަ ދުވަހަކަށް -/25 ރުފިޔާ

ވަޒިފާ އަދާކުރަންޖެހޭ ތަން

ދ. މީދޫ ޞިއްޙީ މަރުކަޒު / ދ. މީދޫ

ޑިވިޜަން/ ސެކްޝަން

އެޑްމިން

ކުރަންޖެހޭ މައިގަނޑު މަސައްކަތް

1. ސަރުކާރުގެ އެހެން އިދާރާތަކަށް މަރުކަޒުން ފޮނުވަންޖެހޭ ރަސްމީ ލިޔުންތައް ހަވާލުކުރުން.

2. މަރުކަޒުގެ އިމާރާތާއި ގޯތިތެރެ ފޮޅައި ސާފުކޮށް ބެލެހެއްޓުން.

3. މަރުކަޒުގެ ރަސްމީ ދިދަ (ޤައުމީ ދިދަ) ނަގައި ތިރިކުރުން.

4. މަރުކަޒުގެ ބަޖެޓުން ތަކެތި ހޯދަންޖެހޭ ޙާލަތްތަކުގައި ފިހާރަތަކަށް ގޮސް އަގުބެލުން.

5.  މާލެއާއި އަތޮޅު ތެރެއިން މަރުކަޒަށް ގެންނަ ތަކެތި އުފުލުމުގައި އެހީތެރިވުން.

6. މަރުކަޒުގެ ގޯތި ތެރޭގައި އިންދާފައިވާ ގަސްތަކަށް ފެންދީ، ވިނަނޮޅައި ސާފުކުރުން.

7. މީގެ އިތުރުން، މަރުކަޒުގެ ވެރިންނާއި އިސްމުވައްޒަފުން އަންގާ ރަސްމީ މަސައްކަތް ކުރުން.

ތަޢުލީމާއި ތަޖުރިބާ

 ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ޢިނާޔަތްތައް

 ސިވިލް ސަރިވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް

1. ސިވިލް ސަރވިސްގެ ވަޒިފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ދ. މީދޫ ޞިއްޙީ މަރުކަޒުން ލިބެން ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން  އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަނޑި

2015 މާރިޗު 24 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން ދ. މީދޫ ޞިއްޙީ މަރުކަޒަށް.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން

1 އެޕްރީލް 2015 އާއި 30 އެޕްރީލް 2015 އާ ދެމެދު، ދ. މީދޫ ޞިއްޙީ މަރުކަޒުގައި.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

- މަޢުލޫމާތު ސާފުކުރަން ގުޅާނީ 6760044 ނަންބަރު ފޯނަށް ނުވަތަ 6760087 ނަންބަރު ފޯނަށެވެ.

- ވަޒީފާއަށް އެދޭ ފޯމު، ދ. މީދޫ ޞިއްޙީ މަރުކަޒުން ލިބެން ހުންނާނެއެވެ.

 21 ޖުމާދަލްއޫލާ 1436

12 މާރިޗު 2015
ހޯދާ