ދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ހޮސްޕިޓަލުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

މަޤާމު

ކޮމިއުނިޓީ ހެލްތު އޮފިސަރ ނުވަތަ އެސިސްޓެންޓް ކޮމިއުނިޓީ ހެލްތު އޮފިސަރ

ބޭނުންވާ އަދަދު: 

1 (އެކެއް)

  • މަޤާމުގެ ނަން: ކޮމިއުނިޓީ ހެލްތް އޮފިސަރ

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: MS.1

މުސާރަ:

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2500 ރުފިޔާ

ރިސްކް އެލަވަންސް: ނުކުންނަ ދުވަހަކަށް -/100 ރުފިޔާ

ޑިވިޜަން/ ސެކްޝަން:

ޕަބްލިކް ހެލްތު ޔުނިޓް

ވަޒިފާ އަދާކުރަންޖެހޭ ތަން

ދ. އަތޮޅު ހޮސްޕިޓަލް / ދ. ކުޑަހުވަދޫ

ކުރަންޖެހޭ މައިގަނޑު މަސައްކަތް

1. ހެލްތް މާސްޓަރ ޕްލޭނާއި އެހެނިހެން ޤައުމީ ޕޮލިސީ ސްޓެރެޓެޖިކް ޕްލޭންތަކަށް ރިޢާޔަތްކޮށް އެއާ އެއްގޮތްވާ ގޮތުގެ މަތިން ކޮންމެ އަހަރަކުވެސް އެކްޝަން ޕްލޭނެއް ހަދައި އެ ޕްލޭނާ އެއްގޮތަށް ސްކޫލްތަކާއި ކައުންސިލް، އެކިއެކި ޖަމްޢިއްޔާތަކާ ގުޅިގެން ރަށު ފެންވަރުގައި ޢާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.

2. ޢާއްމު ޞިއްޙަތާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ރަށަށް ޒިޔާރަތްކުރާ ޓީމުތަކަށް ދޭންވާ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުން.

3. ރަށުގައި ރޯގާއެއް ފެތުރިއްޖެނަމަ، އެ ރޯގާ ކޮންޓްރޯލްކުރުމާ ބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، އެކަން ކޮންޓްރޯލްކުރުމަށް ކުރެވޭ މަސައްކަތްތައް ވިލަރެސްކުރުމާއި، އެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް އަންގައި، އެ ފަރާތްތަކުގެ މަޝްވަރާއާއި އިރުޝާދުގެދަށުން ފިޔަވަޅުއެޅުން.

4. ޕަބްލިކް ހެލްތުގެ މުވައްޒަފުންގެ މަސައްކަތް ސްޕަވައިޒްކޮށް، އެމީހުންގެ މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމުމަށް ބާރުއަޅައި އެހީތެރިކަން ފޯރުކޮށްދިނުން.

5. ދުވަހުން ދުވަހަށާއި، މަހުން މަހަށް ފޮނުވަންޖެހޭ ރިޕޯޓްތައް  ތައްޔާރުކޮށް، ރަށު ފެންވަރުގައި ދިރާސާކުރުމަށްފަހު،  ހެލްތު ޕްރޮޓެކްޝަން އޭޖެންސީއަށް ޤަވާޢިދުން ފޮނުވުމާއި، ޕަބްލިކް ހެލްތުގެ މަސައްކަތްތަކާ ގުޅިފައިވާ ޑޭޓާބޭސްތައް ޤަވާޢިދުން އަޕްޑޭޓްކުރަމުން ގެންދިއުން.

6. ރަށު ފެންވަރުގައި ދިމާވާ ކާރިސާތަކާއި، އެކިއެކި ހާދިސާތަކުގައި ޕަބްލިކް ހެލްތު ޔުނިޓުން ޢަމަލުކުރާނެގޮތުގެ ޕްލޭން އެކުލަވާލައި، އެއަށް ޢަމަލުކުރުން.

7. ޤައުމީ އިމިޔުނައިޒޭޝަން ޕްރޮގްރާމްގެ ދަށުން ރަށުފެންވަރުގައި ދޭންޖެހޭ ޚިދްމަތް ޤަވާއިދުން ފޯރުކޮށްދެވޭނެ އިންތިޒާމް ރާވައި ހަމަޖެއްސުން.

8. ނިއުޓްރިޝަނާބެހޭ ޤައުމީ ޕްރޮގްރާމުގެދަށުން ރަށުފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.

9. ގައިންގަޔަށް އަރާ ބަލިތަކާއި، ސޫފާސޫފީގެ ޒަރީޢާއިން ޖެހޭ ބަލިތަކާއި، ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކުރުމުގެ ޤައުމީ ޕްރޮގްރާމުގެދަށުން ރަށުފެންވަރުގައި ހިންގަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.

10. އުފަންވެނި ޞިއްޙަތުގެ ޤައުމީ ޕްރޮގްރާމްގެ ދަށުން ރަށުފެންވަރުގައި ހިންގަންޖެހޭ ހަރަކާތްތަކާއި ދޭންޖެހޭ ޚިދުމަތް ދިނުމުގައި ލުއިފަސޭހަކަމާއެކު ޚިދުމަތް ލިބިގަނެވޭފަދަ ގޮތަކަށް ރާވައި ހިންގުން.

11. މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓާ ގުޅުންހުރި ޞިއްޙީ މައްސަލަތަކުން ރައްކާތެރިވެތިބުމަށް ކުރަންޖެހޭ މަސައްކަތްތައް ރަށުފެންވަރުގައި ރާވައި ހިންގުން.

12. އެރަށެއްގެ އަދި އެ އަތޮޅެއްގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ މެނޭޖްމަންޓާއި، ކްލިނިކަލް ދާއިރާއާ ގުޅިގެން ޕަބްލިކް ހެލްތުގެ މަސައްކަތްތައް ރާވައި ހިންގުން.

13. ޢާއްމު ޞިއްޙަތާ ގުޅުންހުރި ޤާނޫނުތައް ރަށުފެންވަރުގައި ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރަށު ކައުންސިލާއި ހެލްތް ޕްރޮޓެކްޝަން އޭޖެންސީއާއި އެހެނިހެން ތަންފީޒީ އިދާރާތަކާ ގުޅިގެން ކުރުން.

14. އެކިއެކި ޕަބްލިކް ހެލްތު ޕްރޮގްރާމްތަކުގެ ދަށުން ފޯރުކޮށްދޭންޖެހޭ ބޭހާއި މެޑިކަލް ކޮންސިއުމަބަލްސްގެ ސްޓޮކް ބެލެހެއްޓުމާއި،  ޢާއްމު ރައްޔިތުންނަށް ޤަވާއިދުން ފޯރުކޮށްދިނުން.

15. ޢާއްމު ޞިއްޙަތު ރައްކާތެރިކުރުމާބެހޭ މަޢުލޫމާތު ރައްޔިތުންނަށް ގާތުން ފޯރުކޮށް ދިނުމަށްޓަކައި ހޯމްވިޒިޓްތައް ރާވައި ހިންގުމާއި، ހޯމް ވިޒިޓްތަކުގެ ތަފްޞީލް ހަމަޖެހިފައިވާ އުޞޫލުތަކުގެމަތިން ޤަވާޢިދުން ރިޕޯޓްކުރުން.

16. ފާމަސީތަކާއި ކާބޯތަކެތީގެ މަސައްކަތްކުރާ ހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަނާއި، ޔޫރަޕިއަން ޔުނިއަން އެކްސްޕޯޓްކުރުމަށް މަސްބާނާ އޮޑިދޯނިފަހަރު، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޤަވާއިދުތަކާއި މިންގަނޑުތަކާ އެއްގޮތަށް އިންސްޕެކްޓްކޮށް، ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުން.

17. ރަށުގެ ހުރިހައި ގިންތިއެއްގެ ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ރަށު ކައުންސިލާއި، އަތޮޅު ކައުންސިލާއި، ސްކޫލާއި އެހެނިހެން މުއައްސަސާތަކާ ގުޅިގެން އެކި ޕްރޮގްރާމްތައް ރާވައި ހިންގުން.

18. މީގެ އިތުރުން، ހޮސްޕިޓަލުގެ ވެރިންނާއި އިސްމުވައްޒަފުން އަންގާ ރަސްމީ މަސައްކަތްތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ:

1. ޕްރައިމަރީ ހެލްތް ކެއަރ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 އަށް ފެތޭ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓްރީކޮށްފައިވުން.

  • މަޤާމުގެ ނަން: އެސިސްޓެންޓް ކޮމިއުނިޓީ ހެލްތު އޮފިސަރ

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް:GS.4

މުސާރަ:

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2500 ރުފިޔާ

ރިސްކް އެލަވަންސް: ނުކުންނަ ދުވަހަކަށް -/100 ރުފިޔާ

ޑިވިޜަން/ ސެކްޝަން

ޕަބްލިކް ހެލްތް ޔުނިޓް

ވަޒިފާ އަދާކުރަންޖެހޭ ތަން

ދ. އަތޮޅު ހޮސްޕިޓަލް / ދ. ކުޑަހުވަދޫ

ކުރަންޖެހޭ މައިގަނޑު މަސައްކަތް

1. ރަށު ފެންވަރުގައި ހެދޭ އެކްޝަން ޕްލޭންތައް ހެދުމުގައި ބައިވެރިވުމާއި، އެ ޕްލޭންތަކާ އެއްގޮތަށް ސްކޫލްތަކާއި، ކައުންސިލްތަކާއި، ޖަމްޢިއްޔާތަކާ ގުޅިގެން ރަށުފެންވަރުގައި އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުން.

2. އާންމު ޞިއްޙަތާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ރަށަށް ޒިޔާރަތްކުރާ ޓީމުތަކަށް ދޭންވާ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުން.

3. ރަށުގައި ރޯގާއެއް ފެތުރިއްޖެނަމަ، އެ ރޯގާ ކޮންޓްރޯލްކުރުމާ ބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، އެކަން ކޮންޓްރޯލްކުރުމަށް ކުރެވޭ މަސައްކަތްތައް ވިލަރެސްކުރުމާއި، އެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް އަންގައި، އެ ފަރާތްތަކުގެ މަޝްވަރާއާއި އިރުޝާދުގެދަށުން ފިޔަވަޅުއެޅުން.

4. ޕަބްލިކް ހެލްތުގެ މުވައްޒަފުންގެ މަސައްކަތް ސްޕަވައިޒްކޮށް، ދުވަހުން ދުވަހަށް އެމީހުންގެ މަސައްކަތްތައް ނިންމުމަށް ބާރުއަޅައި އެހީތެރިކަން ފޯރުކޮށްދިނުން.

5. ދުވަހުން ދުވަހަށް އަދި މަހުން މަހަށް ފޮނުވަންޖެހޭ ރިޕޯޓްތައް  ތައްޔާރުކޮށް، ރަށު ފެންވަރުގައި ދިރާސާކުރުމަށްފަހު،  ހެލްތު ޕްރޮޓެކްޝަން އޭޖެންސީއަށް ޤަވާޢިދުން ފޮނުވުމާއި، ޕަބްލިކް ހެލްތުގެ މަސައްކަތްތަކާ ގުޅިފައިވާ ޑޭޓާބޭސްތައް ޤަވާޢިދުން އަޕްޑޭޓްކުރަމުން ގެންދިއުން.

6. ރަށު ފެންވަރުގައި ދިމާވާ ކާރިސާތަކާއި، އެކިއެކި ހާދިސާތަކުގައި ޕަބްލިކް ހެލްތު ޔުނިޓުން ޢަމަލުކުރާނެގޮތުގެ ޕްލޭން އެކުލަވާލައި، އެއަށް ޢަމަލުކުރުން.

7. ޤައުމީ އިމިޔުނައިޒޭޝަން ޕްރޮގްރާމުގެ ދަށުން ރަށު ފެންވަރުގައި ދޭންޖެހޭ ޚިދުމަތް ޤަވާއިދުން ފޯރުކޮށްދެވޭނެ އިންތިޒާމް ރާވައި ހަމަޖެއްސުން.

8. ނިއުޓްރިޝަނާބެހޭ ޤައުމީ ޕްރޮގްރާމުގެދަށުން ރަށުފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.

9. ގައިންގަޔަށް އަރާ ބަލިތަކާއި، ސޫފާސޫފީގެ ޒަރިޢްޔާއިން ޖެހޭ ބަލިތަކާއި ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކުރުމުގެ ޤައުމީ ޕްރޮގްރާމުގެދަށުން ރަށުފެންވަރުގައި ހިންގަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.

10. އުފަންވެނި ޞިއްޙަތުގެ ޤައުމީ ޕްރޮގްރާމުގެދަށުން ރަށުފެންވަރުގައި ހިންގަންޖެހޭ ހަރަކާތްތަކާއި ދޭންޖެހޭ ޚިދުމަތް ދިނުމުގައި ލުއިފަސޭހަކަމާއެކު ޚިދުމަތް ލިބިގަނެވޭފަދަ ގޮތަކަށް ރާވައި ހިންގުން.

11. މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެއްޓާ ގުޅުންހުރި ޞިއްޙީ މައްސަލަތަކުން ރައްކާތެރިވެތިބުމަށް ކުރަންޖެހޭ މަސައްކަތްތައް ރަށުފެންވަރުގައި ރާވައި ހިންގުން.

12. އެރަށެއްގެ އަދި އެ އަތޮޅެއްގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ މެނޭޖްމަންޓާއި ކްލިނިކަލް ދާއިރާއާ ގުޅިގެން ޕަބްލިކް ހެލްތުގެ މަސައްކަތްތައް ރާވައި ހިންގުން.

13. ޢާއްމު ޞިއްޙަތާ ގުޅުންހުރި ޤާނޫނުތައް ރަށުފެންވަރުގައި ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރަށު ކައުންސިލާއި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީތަކާއި، އެހެނިހެން ތަންފީޒީ އިދާރާތަކާ ގުޅިގެން ކުރުން.

14. އެކިއެކި ޕަބްލިކް ހެލްތު ޕްރޮގްރާމްތަކުގެ ދަށުން ފޯރުކޮށްދޭންޖެހޭ ބޭހާއި މެޑިކަލް ކޮންސިއުމަބަލްސްގެ ސްޓޮކް ބެލެހެއްޓުމާއި،  ޢާއްމު ރައްޔިތުންނަށް ޤަވާއިދުން ފޯރުކޮށްދިނުން.

15. ޢާއްމު ޞިއްހަތު ރައްކާތެރިކުރުމާބެހޭ މަޢުލޫމާތު ރައްޔިތުންނަށް ގާތުން ފޯރުކޮށްދިނުމަށްޓަކައި ހޯމްވިޒިޓްތައް ރާވައި ހިންގުމާއި، ހޯމް ވިޒިޓްތަކުގެ ތަފްޞީލް ހަމަޖެހިފައިވާ އުޞޫލުތަކުގެމަތިން ޤަވާޢިދުން ރިޕޯޓްކުރުން.

16. ފާމަސީތަކާއި، ކާބޯތަކެތީގެ މަސައްކަތްކުރާ ހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަނާއި، ޔޫރަޕިއަން ޔުނިއަން އެކްސްޕޯޓްކުރުމަށް މަސްބާނާ އޮޑިދޯނިފަހަރު، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޤަވާއިދުތަކާއި މިންގަނޑުތަކާ އެއްގޮތަށް އިންސްޕެކްޓްކޮށް، ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކުރުން.

17. ރަށުގެ ހުރިހައި ގިންތިއެއްގެ ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ރަށު ކައުންސިލާއި، އަތޮޅު ކައުންސިލާއި، ސްކޫލާއި، އެހެނިހެން މުއައްސަސާތަކާ ގުޅިގެން އެކި ޕްރޮގްރާމްތައް ރާވައި ހިންގުން.

18. މީގެ އިތުރުން، ހޮސްޕިޓަލުގެ ވެރިންނާއި އިސްމުވައްޒަފުން އަންގާ ރަސްމީ މަސައްކަތް ކުރުން. 

ތަޢުލީމާއި ތަޖުރިބާ:

1. ޕްރައިމަރީ ހެލްތު ކެއަރގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 އަށް ފެތޭ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓްރީކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ނޯޓް: މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރޭގައި ކޮމިއުނިޓީ ހެލްތް އޮފިސަރާއި، އެސިސްޓެންޓް ކޮމިއުނިޓީ ހެލްތް އޮފިސަރުގެ މަޤާމަށް ޝަރުޠު ހަމަވާ މީހުން ތިބިނަމަ އިސްކަންދޭނީ، ކޮމިއުނިޓީ ހެލްތު އޮފިސަރުގެ މަޤާމަށެވެ.

ޢިނާޔަތްތައް

 ސިވިލް ސަރިވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ސިވިލް ސަރވިސްގެ ވަޒިފާއަށް އެދޭ ފޯމް (ވަޒިފާއަށް އެދޭ ފޯމު، ދ. އަތޮޅު ހޮސްޕިޓަލުގެ އޮފީހުން ލިބެން ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން  އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ).

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަނޑި

2015 މާރިޗު 24 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން، ދ. އަތޮޅު ހޮސްޕިޓަލަށް.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

1 އެޕްރީލް 2015 އާއި 30 އެޕްރީލް 2015 އާ ދެމެދު ދ. އަތޮޅު ހޮސްޕިޓަލުގައި.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

- މަޢުލޫމާތު ސާފުކުރަން ގުޅާނީ 6760087 ނަންބަރު ފޯނަށެވެ.

- ވަޒީފާއަށް އެދޭ ފޯމު، ދ. އަތޮޅު ހޮސްޕިޓަލުން ލިބެންހުންނާނެއެވެ.

21 ޖުމާދަލްއޫލާ 1436  

12 މާރިޗު 2015
ހޯދާ