ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު

މަސައްކަތު

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ރޭންކް

އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

މުސާރައާއި ޢިނާޔަތްތައް

  1. މުސާރަ: މަހަކު -/3100 ރުފިޔާ
  2. ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ
  3. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުޞޫލުގެ މަތީން ލިބޭނެއެވެ.

މަޤާމު އޮތް އޮފީސް

ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާ

މަސައްކަތް ހަމަޖެހިފައިވާ ތަން

ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާ/ މާލެ

ސެކްޝަން/ ޔުނިޓް

އެޑްމިނިސްޓްރޭޝަން އެންޑް މައިންޓަނަންސް

މަސައްކަތް ކުރަންޖެހޭ ގަޑި

މެންދުރުފަހު 3:00 ން ރޭގަނޑު 10:00 އަށް.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

1- ހުޅުވައި ލައްޕަންޖެހޭ ކްލާސްރޫމްތައް ގަޑިން ގަޑިއަށް ހުޅުވުމާއި، ގަޑި ނިމުމުން ލެއްޕުމާއި، އެއަރކޯނާއި، ފަންކާއާއި، ބޮކި ފަދަ ތަކެތި، ގަޑި ފެށުމުގެ ކުރިން ޖެއްސުމާއި، ގަޑި ނިމުމުން ނިއްވައިލުން.

2- ކުއްލިއްޔާގެ މުވައްޒަފުން ތިބޭ ބައިތައް ފޮޅައި ސާފުކުރުމާއި، މުވައްޒަފުން ބޭނުންކުރާ ފާޚާނާތަކާއި ސައިކޮޓަރި ސާފުކުރުން.

3- ކުއްލިއްޔާގައި އޮންނަ ބައްދަލުވުންތަކަށް ހޯލާއި އެހެނިހެން ތަންތަނުގައި ގޮނޑިޖަހައި ތައްޔާރުކުރުމާއި، ކުއްލިއްޔާގައި ބޭއްވޭ ބައްދަލުވުންތަކަށް ސައި ތައްޔާރުކުން.

4- ކުއްލިއްޔާ ތެރޭގައި އެއްތަނުން އަނެއްތަނަށް ގެންދަންޖެހޭ ތަކެތި ގެންދިޔުމާއި، ސްޓޮކަށް ބޭނުންވެގެން ގެނެވޭ ތަކެތި ސްޓޮކަށް ވައްދައި ހަރުގަނޑުތަކުގައި ބެހެއްޓުމާއި، ސެކްޝަންތަކަށް ސްޓޮކުން ދޫކުރެވޭ އުފުލައިގެން ގެންދެވޭ ތަކެތި ގެންގޮސްދިނުން.

5- ހަވާލުކުރޭ މަސައްކަތްތަކާ ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތު އަދާކުރުން.

6- ކުއްލިއްޔާގެ މަސައްކަތުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

ތަޢުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާ، އިންޓަވިއު، ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ހުށަހަޅަންޖެހޭ ތަކެތި

 

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ކުއްލިއްޔާގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  2. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ކޮޕީ) 
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭފަރާތުގެ ކާކުކަން އަނަގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) (ދޫކުރެވޭ ނަމޫނާއާ އެއްގޮތަށް)

ވަޒީފާއަށް އެދޭ ފޯމް ފޮނުވަންވީ  ތާރީޚު

2015 މާރިޗު 25 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ކުއްލިއްޔާގެ އިދާރާއަށް.

އިންޓަރވިއު އޮންނަ ތަން

ކުއްލިއްޔާގެ މީޓިންގ ރޫމް

އިންޓަވިއު ބޭއްވޭނެ މުއްދަތު

29 މާރިޗު 2015 ން 31 މާރިޗު 2015 އަށް

ޝޯޓްލިސްޓް ކުރުން

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ އިތުރުވާނަމަ، ތަޢުލީމާއި ތަމްރީނާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއުކުރެވޭނީ، ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ސާފުކުރުމަށް ކުއްލިއްޔާގެ 3321295 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

17 ޖުމާދަލްއޫލާ 1436    

08 މާރިޗު 2015
ހޯދާ