ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާ
ދިވެހިރާއްޖެ
އެސިސްޓެންޓް ފޯމަން

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމު

 އެސިސްޓެންޓް ފޯމަން

ބޭނުންވާ އަދަދު

1 (އެކެއް)

ރޭންކް

އެސް. އެސް. 2

ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 2

މުސާރައާއި ޢިނާޔަތްތައް

  1. މުސާރަ: މަހަކު -/3470 ރުފިޔާ
  2. ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ
  3. އިތުރުގަޑީގެ ފައިސާ: ހަމަޖެހިފައިވާ އުޞޫލުގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީސް

ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާ

މަސައްކަތް ހަމަޖެހިފައިވާ ތަން

ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާ، މާލެ

ސެކްޝަން/ ޔުނިޓް

އެޑްމިނިސްޓްރޭޝަން އެންޑް މައިންޓަނަންސް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

1- ކުއްލިއްޔާގެ ތަޅުދަނޑި، ކަނޑައެޅިފައި އޮންނަ އުޞޫލެއްގެމަތިން އޮފީސް ހުޅުވަން ކަނޑައަޅާފައި އޮންނަ ތާވަލާ އެއްގޮތައް އޮފީހަށް ގެނެސް، އޮފީސް ބަންދުކުރަން ހަމަޖެހިފައި އޮންނަ ތާވަލާ އެއްގޮތަށް ބަންދުކުރުމަށްފަހު ތަޅުދަނޑި ގެންދިޔުން.

2- ކުއްލިއްޔާގެ ފަރާތުން ބޭންކުތަކަށާއި އެނޫން ތަންތަނަށް ގެންދަންޖެހޭ ޗެކްތައް ގެންގޮސް ހަވާލުކުރުމާއި، ފައިސާ ޖަމާކުރުން.

3- ކުއްލިއްޔާގެ އެންމެހައި ތަންތަނުގައި ކުރަންޖެހިފައި ހުންނަ މަރާމާތުގެ މަސައްކަތްތައް ބަލައި، ކުރެވޭވަރުގެ މަސައްކަތްތައް ކުރުމާއި، ނުކުރެވޭވަރުގެ މަސައްކަތްތައް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.

4- ކުއްލިއްޔާގެ ޢިމާރާތް ފޮޅައި ސާފުކުރާ ފަރާތުގެ މަސައްކަތް ސުޕަވައިޒްކޮށް ބެލެހެއްޓުމާއި، ބޭރުން މަސައްކަތްކުރަން އަންނަ ފަރާތްތަކަށް މަސަކަތްކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމާއި، އެމީހުންގެ މަސައްކަތް ސްޕަވައިޒްކުރުން.

5- ހަވާލުކުރޭ މަސައްކަތްތަކާ ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތު އަދާކުރުން.

6- ކުއްލިއްޔާގެ މަސައްކަތުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް

1- މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމަށް ބޭނުންވާ ތަމްރީން / ލައިސަންސް / ހުއްދަ / ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

ތަޢުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާ، އިންޓަވިއު، ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ހުށަހަޅަންޖެހޭ ތަކެތި

 

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަަށް އެދޭ ފޯމު، ކުއްލިއްޔާގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  2. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭފަރާތުގެ ކާކުކަން އަނަގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) (ދޫކުރެވޭ ނަމޫނާއާ އެއްގޮތަށް)

ވަޒީފާއަށް އެދޭ ފޯމް ފޮނުވަންވީ  ތާރީޚު

2015 މާރިޗު 25 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ކުއްލިއްޔާގެ އިދާރާއަށް.

އިންޓަވިއު އޮންނަ ތަން

ކުއްލިއްޔާގެ މީޓިންގ ރޫމް

އިންޓަރވިއު ބޭއްވޭނެ މުއްދަތު

29 މާރިޗު 2015 ން 31 މާރިޗު 2015 އަށް.

ޝޯޓްލިސްޓް ކުރުން

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ އިތުރުވާނަމަ، ތަޢުލީމާއި ތަމްރީނާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ސާފުކުރުމަށް ކުއްލިއްޔާގެ 3321295 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

17 ޖުމާދަލްއޫލާ 1436

08 މާރިޗު 2015
ހޯދާ