މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:

ޖީ. އެސް. 3

މަޤާމުގެ ރޭންކް:

އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ

އޮފީސް / އިދާރާ:

ކޯފަރޭޓިވް އެފެއާޒް

ސެކްޝަން:

މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

4465.00 ރުފިޔާ

މުސާރަ:

1500.00 ރުފިޔާ

ސަރވިސް އެލަވަންސް:

2 (ދޭއް)

ބޭނުންވާ އަދަދު:

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ''ޑީ'' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ''ދިވެހި'' މި މާއްދާއިން ދަށްވެގެން ''ސީ'' ގްރޭޑް ލިބިފައިވުން.

މަޤާމުގެ ޝަރުޠުތައް:

1. ކައުންސިލް އިދާރާގެ ދުވަހު ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

2. ކައުންސިލަށް ލިބޭ ފައިސާ ބަލައިގަތުމާއި، އެކަމާ ގުޅޭ ލިޔެކިއުންތައް ލިޔެ ބެލެހެއްޓުން.

3. އެންޓްރީ ބެލެހެއްޓުން.

4. ކައުންސލް އިދާރާއާއި، ކައުންސިލު އިދާރާގެ ދަށުން ބަލަހައްޓަންޖެހޭ އިމާރާތްތަކުގެ އިންވެންޓްރީ ބެލެހެއްޓުން.

5. ރަށުގެ ލައިބުރަރީ ހިންގުމާއި، އަރުޝީފްކުރުމާއި، ރަށުގެ ތާރީޚީ ލިޔެކިޔުންތަކާއި، ޤަދީމީ ލިޔެކިޔުންތައް ރައްކާތެރިކުރުމާއެކު، ލައިބްރަރީގައި ބެލެހެއްޓުމާއި، ޒަމާނީ އެކިއެކި ވަސީލަތްތަކުގެ އެހީގައި ލައިބްރަރީން އެކިއެކި މަޢުލޫމާތު ލިބޭނޭ އިންތިޒާމް ޤާއިމުކުރުމުގައި އެހީތެރިވުން.

6. ފިހާރަތަކާއި، ހޮޓާތަކާއި، ރެސްޓޯރެންޓްތަކާއި، ކެފޭތަކާއި ގެސްޓްހައުސްތަކާއި، އާންމު މާރުކޭޓްތަކުގެ ކަންތައްތައް ބަލައި، އިޞްލާޙި ފިޔަވަޅުއެޅުމުގައި އެހީތެރިވުން.

7. މަގުމަތީގައި، މީހުން ހިނގައިބިނގައި އުޅުމާއި، އިންޖީނުލީ އެއްޗެއްސާއި، އިންޖީނުނުލާ އެއްޗެތި ދުއްވުމުގެ ކަންކަން އިންތިޒާމުކޮށް ބެލެހެއްޓުމާއި، އާންމުންގެ އަތުން ފީނަގައިގެން އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުން ދޭ ޚިދުމަތްތައް، ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާގޮތުގެމަތިން އިންތިޒާމުކޮށް ބެލެހެއްޓުން.

8. ރަށަށް ބާނާ މަހާއި، ހިފާ މަހުގެ ރެކޯޑް ބެލެހެއްޓުން.

9. ރުއްގަހުގެ ބަދަލު ދިނުމާއި، ކަނޑަންޖެހޭ ރުއްގަސްކެނޑުމާއި، ބެހޭކަންތައްތައް.

10. ގޯތިގޯތީގެ އިންވަކިކޮށްދިނުމުގައި އެހީތެރިވުން.

11. ގަބުރުސްތާނު ބެލެހެއްޓުމާއި، ކަށުކަމާކެމީގެ ކަންތައްތައް ކުރެވޭނެ ނިޒާމެއް ޤާއިމުކުރުމާއި، ކަށުކަމާކެމީގެ ކަންތައްތައް ހަމަޖެއްސުން.

12. އިޖުތިމާޢީ ސަރަޙައްދު ކުނިކަހާ ފަރާތްތަކުގެ މަސައްކަތް މޮނިޓަރކޮށް ބެލެހެއްޓުމާއި، ރޭގަނޑު މަގުމަތި ދިއްލައި ބެލެހެއްޓުން.

13. އާސާރީ ތަންތަން ބެލެހެއްޓުމާއި، ސަގާފީކަންކަން ދިރުވައި ބެލެހެއްޓުން.

15. ރަށުގެ ތަރައްޤީއަށް ކުރެވޭ ކަންކަމުގައި ބައިވެރިވުން.

16. ޔުނިޓުގައި މަސައްކަތްކުރާ މުވައްޒަފަކު ހާޒިރުނުވާ ދުވަހެއްގައި، އެ މުވައްޒަފުގެ މަސައްކަތް، އިދާރާއަށް ދަތިނުވާގޮތަށް ނިންމުން.

17. އިދާރާގެ އެހެން މުވައްޒަފަކު އިދާރާގެ މަސައްކަތްތަކާ ގުޅޭގޮތުން އެހީތެރިކަމަކަށް އެދިއްޖެނަމަ، އެ އެހީތެރިކަން ފޯރުކޮށްދިނުން.

18. ޔުނިޓަށް ހުށަހެޅޭ މައްސަލަތަކުގެ ރެކޯޑް ބެލެހެއްޓުމާއި، ނުނިމިހުރި މައްސަލަތައް ރިޕޯޓްކުރުން.

19. ހަވާލުކުރެވިފައިވާ މަސައްކަތްތަކާ ގުޅިގެން ހަދަންޖެހޭ ރިޕޯޓުތައް ހަދައި، ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވުން.

20. ހަވާލުކުރެވިފައިވާ މަސައްކަތްތަކާ ގުޅިގެން ޖަވާބުދޭންޖެހޭ ސިޓީ، މެސެޖަށް ޖަވާބުދިނުން.

21. ހަވާލުކުރެވިފައިވާ މަސައްކަތްތަކާބެހޭ ލިޔެކިޔުންތައް ބެލެހެއްޓުމާއި، ފިޔަވަޅުއަޅާ ނިމޭ މައްސަލަތައް ފައިލްކުރުން.

22. ރަށުގައި ހިންގާ އާދަޔާ ޚިލާފް ހާދިސާތަކުގެ މައްސަލަތައް ޙައްލުކުރުމުގައި އެހީތެރިވުން.

23. ކައުންސިލް އިދާރާއިން ބަލަހައްޓަންޖެހޭ ބިނާތައް ބެލެހެއްޓުން.

24. ކައުންސިލް އިދާރާގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައްކުރުން. 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

1- ލިބިފައިވާ ތަޢުލީމާއި ތަމްރީން.

2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

3- މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނަ ތަނާއި، އިންޓަވިއު އޮންނަ ދުވަހާއި ގަޑި، މަސައްކަތު 5 ދުވަހުގެ ކުރިން، ހުށަހަޅާފައިވާ ފަރާތްތަކަށް މި އިދާރާގެ ކޯޕަރޭޓިވް އެފެއާޒުން އަންގާނެއެވެ.

އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮއްނާނެ ތަނާއި، މުއްދަތު:

2015 މާރިޗު 19 ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާ  ދެވޭނެއެވެ.

އުޖޫރައާއި އިނާޔަތްތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމު، ރަށު ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  2.  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ)
  4.  މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

ހުށަހަޅަންޖެހޭ ލިޔުންތައް:

- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6580028 ނަންބަރު ފޯނާއެވެ.

- ފެކްސް ނަންބަރަކީ 6580028 އެވެ.

- އީމެއިލް ކުރާނީ  [email protected] އަށެވެ.

އިތުރު މަޢުލޫމާތު:

18 ޖުމާދަލްއޫލާ 1436

09 މާރިޗު 2015
ހޯދާ