މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
ދިވެހިރާއްޖެ
އެއަރޓްރާންސްޕޯޓް އޮފިސަރ

IUL)201-A/1/2015/1) ކުރެވުނު އިޢުލާނުގައި ބަޔާން ކުރެވިފައިވާ އެޕްލިކޭޝަން ބަލައިގަތުމުގެ މުއްދަތު އިތުރުކޮށް އަލުން ކުރެވިފައިވާ އިޢުލާނެކެވެ.

މަޤާމު:

އެއަރޓްރާންސްޕޯޓް އޮފިސަރ

ބޭނުންވާ އަދަދު:

01

ސެކްޝަން:

އެއަރޓްރާންސްޕޯޓް

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ (AT1.3 (B2

އަސާސީ މުސާރަ:

-/8،835 ރ

ސާރވިސް އެލަވަންސް:

-/4،000 ރ

ނޮންޕްރެކްޓިސިން އެލަވަންސް:

-/3،975.75 ރ

ޖޮބް ޝްޕެސިފިކް އެލަވަންސް:

-/3،500 ރ

ވަޒީފާ އަދާކުރަންޖެހޭތަން:

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ

ފެންވަރު ނުވަތަ ޝަރުޠު:

  • އިކޮނޮމިކްސްއިން ނުވަތަ ފައިނޭންސް އިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުގައި ދިވެހިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. ނުވަތަ
  • "ޓްރާންސްޕޯޓް އެކޮނޮމިކްސް" އިން ޑިޕްލޮމާ ހާސިލުކޮށްފައިވުމާއެކު އެސް.އެސް.ސީ އިމްތިޙާނުގައި ދިވެހިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން އަދި އޯލެވެލް އިމްތިޙާނުން އިނގިރޭސި އަދި ހިސާބުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން އަދި މެނޭޖްމަންޓް  ދާއިރާއަކުން މަދުވެގެން 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ރާއްޖޭގެ ވައިގެދަތުރުފަތުރުގެ އަގުތަކާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތަކާއި، އުސޫލުތައް އެކުލަވައިލުމުގައި އެހީތެރިވުން.
  • ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ އަގުތަކާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތަކާއި، އުސޫލުތައް ހިންގައި ތަންފީޛުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
  • ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ އިޤުތިޞާދީ ހާލަތު ދެނެގަތުމަށާއި، ދެވޭ ޚިދުމަތުގެ ފެންވަރު ދެނެގަތުމަށް ކުރަންޖެހޭ ސާރވޭތައް ކުރުމާއި، އެފަދަ މަސައްކަތާގުޅޭ ގޮތުން ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުން.
  • ރާއްޖޭގެ އެއާރޕޯޓުތަކާއި ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ދުއްވާ އެއަރލައިންތަކާއި، ރާއްޖެއަށް އޮޕަރޭޓް ކުރާ ބޭރުގެ އެއާރލައިންތަކުގެ ދަތުރުފަތުރުގެ ތަފާސްހިސާބުތައް ދިރާސާކޮށް ރިޕޯޓުކުރުން.
  • ބައިނަލްއަޤްވާމީ ވައިގެދަތުރުފަތުރުގެ އިޤުތިޞާދަށް އަންނަ ބަދަލުތައް ދިރާސާކޮށް، އެފަދަ މަޢުލޫމާތުތައް ކަމާބެހޭ ފަރާތްތަކާއެކު ހިއްސާކުރުން.

ވަޒީފާއަށް ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • މަޤާމުގެ މަސައްކަތާގުޅޭ ގޮތުން ހާސިލުކޮށްފައިވާ ޕްރޮފެޝަނަލް ޓްރެއިނންގއާއި ތަޖުރިބާ.
  • މައިކްރޮސްފްޓް އޮފީސް އެކްސެލް ފަދަ ސޮފްޓްވެއަރ އަށް އަހުލުވެރިވެފައިވުން.
  • ސިވިލް އޭވިއޭޝަނާގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން

19 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް

ހުށަހަޅަންޖެހޭ ލިޔުން

ވަޒީފާއަށް އެދޭ ފޯމު (އޮތޯރިޓީގެ ވެބްސައިޓުން (www.caa.gov.mv/forms.php) ލިބެން ހުންނާނެ)

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓްކުރެވިފައިވާ) ފޮޓޯކޮޕީ

އިންޓަރވިއު ކުރުން:

އިންޓަރވިއުއަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ކަމަށް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

 17 ޖުމާދަލްއޫލާ 1436

08 މާރިޗު 2015
ހޯދާ