ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓްގެ ޕެސެންޖަރ ޓާމިނަލް ޑިޕާޗަރ ހޯލްގެ ސީލިންގ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓްގެ ޕެސެންޖަރ ޓާމިނަލް ޑިޕާޗަރ ހޯލުގެ ސީލިންގ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއޮފީހުގެ ނަންބަރު IUL)448/1/2015/6)ފ(17 ފެބުރުވަރީ 2015) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންނެވި ފަރާތްތައް މަދުކަމަށް ފެންނާތީ މި އިޢުލާން ބާޠިލުކޮށްފީމެވެ.

ވީމާ، އަމިއްލަ ތަކެތީގައި ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓްގެ ޕެސެންޖަރ ޓާމިނަލް ޑިޕާޗަރ ހޯލުގެ ސީލިންގ ބޯރަލް ބޯޑް ސީލިންގ ސިސްޓަމަކަށް ބަދަލުކޮށް، ލައިޓާއި، އެއަރކޮންޑިޝަން ހަރުކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން 15 މާރިޗު 2015 (އާދީއްތަ) ދުވަހުގެ 11:30 އަށް ރީޖަނަލް އެއަރޕޯޓްސް (11 ވަނަ ފަންގިފިލާ/ ވެލާނާގެ) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 19 މާރިޗު 2015 (ބުރާސްފަތި) ދުވަހުގެ 11:30 އަށް މިއޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެކަމުގައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3323776 ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.  

14 ޖުމާދަލްއޫލާ 1436

05 މާރިޗު 2015
ހޯދާ