ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ބޭސް ހޯދުމަށް

މި އެޖެންސީއަށް ބޭސް ހޯދުމަށް ބޭނުންވާތީ              

މި އެޖެންސީ މެދުވެރިވެގެން ބޭސް ފަރުވާގެ ކަންތައް ހަމަޖައްސައިދޭ ބައެއް މީހުންނަށް ބޭނުންވާ ބޭސް ރާއްޖެއިން ލިބެންނެތުމުގެ ސަބަބުން ބަލިމީހުންނަށް އެމީހުންގެ ފަރުވާ ކުރިއަށް ގެންދިއުމަށް ބައެއްކަހަލަ ދަތިތައް ދިމާވަމުންދާތީ، މިފަދަ މީހުންނަށް ބޭނުންވާ ބޭސް 1 އަހަރުގެ މުއްދަތަށް ރާއްޖެއިން ބޭރުން މި އެޖެންސީއަށް ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 11 މާރިޗު 2015 ވާ ބުދަ ދުވަހުގެ 11:00އަށް މިއެޖެންސީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 17 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 11:00އަށް އަންދާސީހިސާބު މި އެޖެންސީއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި އަންދާސީހިސާބު ހުށަހެޅުމަށް ދީފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހަމަޖައްސައިނުދެވޭނެ ވާހަކަ ދެންނެވީމެވެ.

14 ޖުމާދަލްއޫލާ 1436

05 މާރިޗު 2015
ހޯދާ