މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކުޅިވަރު ސާމާނު ގަތުމަށް

ކުޅިވަރު ސާމާނު ގަތުމަށް ބޭނުންވެއްޖެ.

މިމިނިސްޓްރީގެ ނަންބަރު IUL)22-PU/1/2015/59) އިޢުލާނާ ގުޅިގެން ކުޅިވަރު ސާމާނަށް ބިޑް ހުށަހެޅި ފަރާތްތަކުން ލޮޓް 05 އަށް ބިޑް ހުށަހަޅާފައިވަނީ ދެފަރާތަކުން ކަމަށްވާތީ، ލޮޓް 05 އަށް އަލުން އިޢުލާން ކުރީމެވެ.

ވީމާ، މިތަކެތި ވިއްކެއުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

09 މާރިޗު 2015 (ހޯމަ) ދުވަހުގެ 11:00 އަށް

12 މާރިޗު 2015 (ބުރާސްފަތި) ދުވަހުގެ 11:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436 ނަންބަރު ފޯނާއެވެ.

12 ޖުމާދަލްއޫލާ 1436

03 މާރިޗު 2015
ހޯދާ