މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމަންޓް ސެކްޝަނުގެ އެކްސްކަވޭޓަރ މަރާމާތުކުރުމަށް

ވޭސްޓް މެނޭޖްމަންޓް ސެކްޝަނުގެ (KOBELCO SK 330) ގެ އެސްކަވޭޓަރ މަރާމާތުކުރުން

މި އިދާރާގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނުގެ ފަރާތުން ތިލަފުށީގައި ހިނގަމުންދާ ކުނިނައްތާލުމުގެ މަސައްކަތުގައި ބޭނުންކުރަމުންގެންދާ (KOBELCO SK 330) އެސްކަވޭޓަރ މަރާމާތު ކުރުމަށް ބޭނުންވެގެން 19 ފެބުރުވަރީ 2015 ގައި ކުރި މިއިދާރާގެ ނަންބަރު IUL)425-CB/1/2015/19) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެންމެ ދެ ފަރާތުން ހާޒިރުވެފައިވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، އެސްކަވޭޓަރ މަރާމާތު ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށްފަހު މިއިދާރާއަށް އަގު ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރެއްވުމަށް

09 މާރިޗު 2015

ހޯމަ

14:00

އަގު ހުށަހެޅުއްވުމަށް

15 މާރިޗު 2015

އާދީއްތަ

11:30

އަގު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި މި އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައެއްނުގަނެވޭނެއެވެ.

12 ޖުމާދަލްއޫލާ 1436

03 މާރިޗު 2015
ހޯދާ