ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
އެއަރކޮންޑިޝަންތައް ސާރވިސްކޮށް މެއިންޓެނަންސް ކޮށްދޭނޭ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

ވެލާނާގެ ޓެރަސްމަތީގައި ހުރި އެއަރކޮންޑިޝަންތަކުގެ ތެރެއިން ރީޖަނަލް އެއަރޕޯޓްސްއަށް ބޭނުންކުރަމުންގެންދާ އެއަރކޮންޑިޝަންތައް ކޮންޓްރެކްޓް އުސޫލުން ސާރވިސްކޮށް މެއިންޓެނަންސް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް އެދި ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ރީޖަނަލް އެއަރޕޯޓްސް، ވެލާނާގޭގެ 11 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 19 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ރީޖަނަލް އެއަރޕޯޓްސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

12 ޖުމާދަލްއޫލާ 1436

03 މާރިޗު 2015
ހޯދާ