މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

 ވަޒީފާގެ ފުރުޞަތު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކް:

ޖީ. އެސް. 4   

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

ޑިޕާޓްމަންޓް:

ކައުންސިލް ބިއުރޯ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާލޭ ސިޓީކައުންސިލްގެ އިދާރާ / ބިއްލޫރިޖެހިގެ، މާލެ

މުސާރަ:      

5020.00

ސަރވިސް އެލެވެންސް:

1500.00

ބޭނުންވާ އަދަދު:

4  (ހަތަރެއް) (މަޤާމުގެ ނަންބަރު: 226996،226997،227000،227001)

މަޤާމުގެ ޝަރުޠު:

1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 1. މާލޭ ސިޓީ ކައުންސިލުން ބާއްވާ ބައްދަލުވުންތައް އިންތިޒާމްކުރުމާއި، ބައްދަލުވުންތަކުގެ އިދާރީ މަސައްކަތްތައް ކުރުމާއި ބެލެހެއްޓުން.
 2. ކައުންސިލަރުން ބައިވެރިވާ ބައްދަލުވުންތަކާއި ކުރާ މަސައްކަތްތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުމުގައި ބައިވެރިވުން.

މި މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

 • އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއިން ކިޔަވާފައިވާ ފަރާތްތައް.
 • މަސައްކަތުގެ ދާއިރާގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތައް.

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކް:

ޖީ . އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ޑިޕާޓްމަންޓް:

އިސްލާމިކް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާލޭ ސިޓީކައުންސިލްގެ އިދާރާ / ހުރަވީ ބިލްޑިންގ

މުސާރަ:      

މަހަކު 4465.00  ރުފިޔާ

ސަރވިސް އެލެވެންސް:

މަހަކު 1500.00  ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)  (މަޤާމުގެ ނަންބަރު: 215915)

މަޤާމުގެ ޝަރުޠު:

1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފާވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 

 • މާލޭ ސިޓީގެ މިސްކިތްތަކަށް ދިމާވާ މައްސަލަތައް ނޯޓުކުރުމާއި، މިސްކިތްތަކުގެ މަރާމާތަށް ހޯދާ ތަކެއްޗާއި، އެތަކެތި ހޭދަކުރެވޭގޮތުގެ ތަފުޞީލުތައް ލިޔެ ބެލެހެއްޓުމާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް.
 • މިސްކިތްތަކުގައި މަސައްކަތްކުރާ އިމާމުންނާއި މުދިމުންގެ މަސައްކަތާ ގުޅިގެން ބަލަހައްޓަންޖެހޭ އިދާރީ މަސައްކަތްތައް.

މި މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

 • އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއިން ކިޔަވާފައިވާ ފަރާތްތައް.
 • މަސައްކަތުގެ ދާއިރާގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތައް.

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކް:

ޖީ . އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ޑިޕާޓްމަންޓް:

ޕްލޭނިންގ، މޮނޮޓަރިންގ އެންޑް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ބިއްލޫރިޖެހިގެ

މުސާރަ:                

މަހަކު 4465.00 ރުފިޔާ

ސަރވިސް އެލެވެންސް:

މަހަކު 1500.00 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)    (މަޤާމުގެ ނަންބަރު: 215778)

މަޤާމުގެ ޝަރުޠު:

1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފާވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 

 • ޔުނިޓަށް އަންނަ އަދި ފޮނުވާ ލިޔުންތައް ފޮނުވައި، ފައިލްކޮށް ބެލެހެއްޓުން.
 • ޔުނިޓަށް ބޭނުންވާ ތަކެތި ސްޓޮކުން ހޯދައި ބެލެހެއްޓުން.
 • ޔުނިޓުން ބާއްވާ މީޓިންގތަކުގެ ޔައުމިއްޔާ ތައްޔާރުކުރުން.

މި މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

 • އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއިން ކިޔަވާފައިވާ ފަރާތްތައް.
 • މަސައްކަތުގެ ދާއިރާގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތައް.

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކް:

ޖީ . އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ޑިޕާޓްމަންޓް:

ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ /  ބިލްޑިންގ، ޕްރޮޕަޓީ އެންޑް ލޭންޑް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާލޭ ސިޓީކައުންސިލްގެ އިދާރާ / ބިއްލޫރިޖެހިގެ

މުސާރަ:                

މަހަކު 4465.00 ރުފިޔާ

ސާރވިސްއެލެވެންސް:

މަހަކު 1500.00 ރުފިޔާ

ބޭނުންވާ އަދަދު:

2 (ދޭއް)   (މަޤާމް ނަންބަރު: 215975، 215981)

މަޤާމުގެ ޝަރުޠު:

1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 

1. މާލޭގެ އެޑްރެސް ފޮތް ބެލެހެއްޓުން.

2. ބިންބިމާއި ގޯތިގެދޮރުގެ ރަޖިސްޓަރީ ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.

3. ރަޖިސްޓަރީގެ މަޢުލޫމާތު ޗެކްކުރުން.

4. ގޯތިގެދޮރުގެ ނަން ފާސްކުރުމާބެހޭ މަސައްކަތްކުރުން.

5. ސިޓީއާއި ފޯމުގެ ޖަވާބު ތައްޔާރުކުރުން.

6. ރަޖިސްޓަރީގެ ޑޭޓާބޭސް އަޕްޑޭޓްކުރުން.

7. ރިޕޯޓް ލިއުން.

މި މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

 • އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއިން ކިޔަވާފައިވާ ފަރާތްތައް.
 • މަސައްކަތުގެ ދާއިރާގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތައް.

ސީނިއަރ އިންސްޕެކްޓަރ 

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ޑިޕާޓްމަންޓް:

ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ/ ބިލްޑިންގ، ޕްރޮޕަޓީ އެންޑް ލޭންޑް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާލޭ ސިޓީކައުންސިލްގެ އިދާރާ / ބިއްލޫރިޖެހިގެ، މާލެ

މުސާރަ:      

މަހަކު 4,465.00 ރުފިޔާ

ސަރވިސް އެލެވެންސް:

މަހަކު 1,500.00 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)    (މަޤާމުގެ ނަންބަރު: 215976)

މަޤާމުގެ ޝަރުޠު:

1-  އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ   ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފާވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 

 1. އިންފާރު ތެޅުމުގެ ހުއްދަ، ދޮރުކެނޑުމުގެ ހުއްދައަށް އެދުމުން، އެތަނަކަށް ގޮސް، އިންސްޕެކްޓްކޮށް، އެކަމާ ގުޅޭ ރިޕޯޓެއް ތައްޔާރުކޮށްފައި ހުށަހެޅުން.
 2. ގޯތި ގޯތި، ބައިކޮށް ހެދިފައިވާ ގޯޅިމަގުތަކާ ބެހޭގޮތުން ހުށަހެޅޭ ޝަކުވާތަކުގެ މައްސަލަތައް ހުށަހެޅުމުން، އެތަންތަނަށް ގޮސް، އެކަންކަން ބަލައި، ރިޕޯޓް ތައްޔާރުކުރުން.
 3. ޢިމާރާތާއި، ގޯތީގެ ރަޖިސްޓްރީ ހެދުމަށް ހުށަހެޅުމުން، އެތަންތަނަށް ގޮސް، ވަށާ އިންފާރު ނުވަތަ ކަންމުޑިބުރި ރާނައި ނަންބޯޑު ހަރުކުރިތޯ ބެލުމަށްފަހު، ރިޕޯޓް ތައްޔާރުކޮށް ހުށަހެޅުން.
 4. ގޭގޭގެ ދިޔަދޮވިން ފައިބާފެން، އިންވެގެން ހުންނަ ގޭގެ ފުރާޅުމައްޗަށް ނުވަތަ ގޭގެތެރެއަށް ފެންފައިބާ މައްސަލަތަކާ ގުޅިގެން ޝަކުވާ ހުށަހެޅުމުން، އެގޭގެއަށް ގޮސް، އެ މައްސަލަތައް ބަލައި، ރިޕޯޓެއް ތައްޔާރުކުރުން.
 5. ޚާއްސަ ޙާލަތްތަކާ ގުޅިގެން ދިމާވާ މައްސަލަތަކުގައި، ވެރިން އަންގަވާ ގޮތެއްގެ މަތިން މަސައްކަތް ކުރުން.

މި މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

 • މަސައްކަތުގެ ދާއިރާގައިއުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތައް.
 • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި ފަރާތްތައް.

ޖަމާޢާތްތެރި

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ 

ޑިޕާޓްމަންޓް:

އިސްލާމިކް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާލޭ ސިޓީކައުންސިލްގެ އިދާރާ / ބިއްލޫރިޖެހިގެ، މާލެ

މުސާރަ:      

މަހަކު 4465.00  ރުފިޔާ

ސަރވިސް އެލެވެންސް:

މަހަކު 1500.00  ރުފިޔާ

ބޭނުންވާ އަދަދު:

3 (ތިނެއް) (މަޤާމުގެ ނަންބަރު: 252309،226591،226596)

މަޤާމުގެ ޝަރުޠު:

1- ޖަމާޢަތްތެރިކަމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛

2- ޖަމާޢަތްތެރިކަމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 

1. މައްޔިތާ ވަޅުލުމުގައި ކުރަންޖެހޭ މަސައްކަތްތައް، ދީނީގޮތުން އެކަން ކުރަން އޮންނަ އެންމެ ރަނގަޅަކަށް ކުރުން.

2. މާލޭ ސިޓީގައި އެވަގުތަކު މީހުން ވަޅުލަމުންދާ ސަހަރާގައި ގެންގުޅޭ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.

3. ނިޔާވެގެން ސަހަރާއަށް ގެންދާ މައްޔިތުން ވަޅުލުމުގައި މައްޔިތާގެ އާއިލާއިން އެދޭ ކަންތައްތަކުގައި ދެވެން އޮންނަ އެހީތެރިކަމެއް ދިނުން.

4. މައްޔިތާ ވަޅުލުމުގައި އެއްވެސްކަހަލަ މައްސަލައެއް ދިމާވެއްޖެނަމަ، ވީ އެންމެ އަވަހަކަށް މާލޭ ސިޓީކައުންސިލްގެ ކަމާބެހޭ ވެރިއަކަށް އެކަން އެންގުން.

މި މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

 

 • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތައް.
 • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ، ޞިއްޙަތު ރަނގަޅު ފަރާތްތައް.
 • ފިރިހެނުންނަށް.    

ސަރވެއަރ އެސިސްޓެންޓް

މަޤާމުގެ ރޭންކް:

އެސް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ޑިޕާޓްމަންޓް:

ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ/ ބިލްޑިންގ، ޕްރޮޕަޓީ އެންޑް ލޭންޑް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާލޭ ސިޓީކައުންސިލްގެ އިދާރާ / ބިއްލޫރިޖެހިގެ، މާލެ

މުސާރަ:      

މަހަކު 3,470.00 ރުފިޔާ

ސަރވިސް އެލެވެންސް:

މަހަކު 1,000.00  ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)   (މަޤާމުގެ ނަންބަރު: 215968)

މަޤާމުގެ ޝަރުޠު:

1- މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 

1- ވަކިކަމަކަށް ޢިމާރާތް ބޭނުންކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ތަންތަން ޗެކްކުރުން.

2- ޢިމާރާތްކުރުމާބެހޭ އެކިއެކި ހުއްދަ ދިނުމަށްޓަކައި ޗެކްކުރަންޖެހޭ ތަންތަން ޗެކްކުރުން.

3- ގުދަނުން ހޯދަންޖެހޭ ލިޔެކިއުންތައް ހޯދުން.

4- ގުދަނަށް ގެންދަންޖެހޭ ލިޔެކިއުންތައް ގެންދިއުން.

5- ރިޕޯޓް ލިއުން.

މި މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

 • މަސައްކަތުގެ ދާއިރާގައި ތަޖުރިބާ ލިބިފައިވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ، މީހުންނާ މުޢާމަލާތްކުރުމުގައި ބަސްމަގު ހަރުދަނާ މީހުން.

އެސިސްޓެންޓް ފޯމަން

މަޤާމުގެ ރޭންކް:

އެސް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ޑިޕާޓްމަންޓް:

ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ/ ބިލްޑިންގ، ޕްރޮޕަޓީ އެންޑް ލޭންޑް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ބިއްލޫރިޖެހިގެ، މާލެ

މުސާރަ:      

މަހަކު 3,470.00 ރުފިޔާ

ސާރވިސްއެލެވެންސް:

މަހަކު 1,000.00  ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)   (މަޤާމުގެ ނަންބަރު: 215508)

މަޤާމުގެ ޝަރުޠު:

1- މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ؛

2- މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 

 • ވަކިކަމަކަށް ޢިމާރާތް ބޭނުންކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ތަންތަން ޗެކްކުރުން.
 • ޢިމާރާތްކުރުމާބެހޭ އެކިއެކި ހުއްދަ ދިނުމަށްޓަކައި ޗެކްކުރަންޖެހޭ ތަންތަން ޗެކްކުރުން.
 • ގުދަނުން ހޯދަންޖެހޭ ލިޔެކިއުންތައް ހޯދުން.
 • ގުދަނަށް ގެންދަންޖެހޭ ލިޔެކިއުންތައް ގެންދިއުން.
 • ރިޕޯޓް ލިއުން.

މި މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

 • މަސައްކަތުގެ ދާއިރާގައި ތަޖުރިބާ ލިބިފައިވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ، މީހުންނާ މުޢާމަލާތްކުރުމުގައި ބަސްމަގު ހަރުދަނާ މީހުން.

އުޖޫރައާއި އިނާޔަތްތައް:

 • ސިވިލް ސަރަވިސްގެ ޤަވާއިދުގައި ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާއާއި، ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން އެލެވަންސް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކުރަންޖެހޭ ލެވެލްގެ ސެޓްފިކެޓްތައް ހުށަހަޅާނީ އެކްރެޑިޓް ކުރުމަށްފަހު)
 • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
 • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ވަޒީފާއަށް އެދި ހުށައަޅާ ފޯމާއެކު އެޓެޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ އެ ނަމޫނާގައިވާ އެންމެހައި މަޢުލޫމާތު ހިމެނޭގޮތަށް ތައްޔާރުކުރެވިފައި ހުންނަ ސީ ވީއެއް)
 • ސިވލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
 • އަދާކޮށްފައިވާ ވަޒީފާތައް އެނގޭނޭ ތަފްސީލީ ލިއުމެއް (ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)

ވަޒީފާއަށް އެދޭ ފޯމު ހުށައެޅުން:

   މިމަޤާމްތަކަށް އެދޭ ފަރާތްތަކުން  12 މާރިޗް 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:30 ގެ ކުރިން މަޖީދީމަގުގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށްއެދޭ ފޯމް ސިވިލް ސަރވިސްކޮމިޝަނުގެ www.csc.gov.mv  ވެބްސައިޓުންނާއި، މިއިދާރާގެކައުންޓަރުން ލިބެން ހުންނާނެއެވެ.

އިންޓަވިއު އޮންނަ ދުވަހާއި ތަން:

 

މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކާ އިންޓަވިއުކުރުމަށް 2015 މާރިޗު 22 ވަނަ ދުވަހުން ފެށިގެން މި އިދާރާއިން ގުޅަމުން ގެންދާނެއެވެ. އިންޓަވިއު ކުރިޔަށްދާނީ، މަޖީދީ މަގުގައި ހުންނަ މާލޭ ސިޓީ ހޯލުގެ 3 ވަނަ ފަންގިފިލާގައެވެ.

އިތުރު މަޢުލޫމާތު:

 • މި މަޤާމްތަކަށް އިންޓަރވިއު ކުރުމަށް ގުޅާނީ، މެރިޓް އުޞޫލުން ބަލައި ޝޯޓްލިސްޓް ކުރުމަށްފަހު، 15 ފަރާތަކަށެެވެ.
 • މި ވަޒީފާތަކާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި އިދާރާގެ 7989840 ނަންބަރު ފޯނަށް ނުވަތަ 3323902 ނަންބަރު ފޯނަށެވެ.

10 ޖުމާދަލްއޫލާ 1436

01 މާރިޗު 2015
ހޯދާ