| މަޤާމު: | އިމާމު/ މުދިމު (ކޮންޓްރެކްޓް) | 
| އަތޮޅާއި ރަށް: | މާލެއަތޮޅު ހުރާ | 
| މަޤާމުގެ އަދަދު: | 1 (އެކެއް) | 
| މަސައްކަތްކުރާ ތަން: | ހުރާގެ މިސްކިތްތައް | 
| މުސާރަ: | އިމާމު 4465.00 ރުފިޔާ، މުދިމު 3565.00 ރުފިޔާ | 
| ސަރވިސް އެލަވަންސް: | 1500.00 ރުފިޔާ | 
| އިމާމުގެ ކްލެސިފިކޭޝަން: | އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 | 
| މުދިމުގެ ކްލެސިފިކޭޝަން: | އެސިސްޓެންޓް އޮފިސަރ ގްރޭޑް 1 | 
| މަޤާމުގެ ރޭންކް: | އިމާމު ޖީ.އެސް 3، މުދިމު ޖީ.އެސް 1  | 
| ސެކްޝަން: | ހުރާ ކައުންސިލްގެ އިދާރާ / އިކޮނޮމިކް، ޝޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓް | 
| އެހެނިހެން އެލަވަންސް: | ރަމަޟާންމަހުގެ މުނާސަބަތުގައިދޭ އެލަވަންސް، އިތުރުގަޑީގެ މަސައްކަތަށްދޭ ފައިސާ، ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާތީ މުސާރައިގެ އިތުރުންދޭ އެލަވަންސް، ހަމަޖެހިފައިވާ ޤަވާޢިދުގެމަތިން ދެވޭނެއެވެ. | 
| މަޤާމުގެ މަސްއޫލިއްޔަތު: | 
 ފަރުޟު ފަސްނަމާދުންކުރެ ކޮންމެ ނަމާދުވަގުތެއްގެ ގަޑިޖެހުމުގެ 15 މިނިޓް ކުރިން މިސްކިތަށް (ރަށު ކައުންސިލްގެ އިދާރާއިން ހަވާލުކުރާ މިސްކިތަކަށް) ގޮސް، މިސްކިތުގެ ކަންތައްތައް ބަލައި، ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުމާއި، ފަރުޟު ފަސްނަމާދަށް ވަގުތަށް ބަންގި ގޮވުމާއި، އިމާމުވެ ނަމާދުކުރުން.މިސްކިތަށް ލިބެމުންދާ ގެއްލުންތަކާއި ދަތިވާ ކޮންމެކަމެއް ކައުންސިލްގެ އިދާރާއަށް އަންގައި، އެކަން ރަނގަޅުކުރެވޭތޯ  ބެލުން.މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި، ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ  ކައުންސިލްގެ އިދާރާއަށް އެކަން އަންގައިގެން، އެކަން ޙައްލުކުރުމަށް މަސައްކަތް ކުރުން.ރަށު ކައުންސިލުން އަންގައިފި ހިނދެއްގައި،  ކޭތަ ނަމާދާއި، ޢީދު ނަމާދާއި، ހުކުރު ނަމާދު އިމާމުވެ ކުރުން.މިސްކިތުގައި، ތަރާވީޙު ނަމާދާއި ކަށުނަމަދު އިމާމުވެ ކުރުން.މިސްކިތުގެ މަސައްކަތުމީހުން މަސައްކަތްކުރާ ނުކުރާގޮތް ބަލައި، ކައުންސިލުން އަންގާގޮތެއްގެމަތިން އެމީހުންލައްވައި މަސައްކަތް ކުރުވުން.މިސްކިތު މަސައްކަތުމީހާ ހާޒިރުނުވާ ވަގުތެއްގައިނަމަ، މިސްކިތުގެ އިމާމު، މިސްކިތްތެރެ ސާފުކުރުމާއި، ނަމާދުކޮށް ނިމިގެންދަމުން، ބޮކި ހޮޅިބުރި، ފަންކާ ފަދަ ތަކެތި ނިއްވުމާއި، މިސްކިތުގެ ދޮރުތައް ލެއްޕުން.މިސްކިތުގައި ދީނީ ދަރުސްތައް ދިނުންފަދަ ޕްރޮގްރާމްތައް ހިނގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، އެކަމެއް ނިމެންދެން މިސްކިތުގައި މަޑުކުރުން.މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދައި، ގަސްތަކަށް ފެންދީ ބެލެހެއްޓުމުގެ ކަންތައްތައް ކުރުން.މިސްކިތާ ބެހޭގޮތުން ރައްޔިތުން ކުރާ ޝަކުވާގެ އަޑުއަހައި، އެ ޝަކުވާތައް ކައުންސިލަށް ހުށަހަޅައިގެން އެކަން ޙައްލުކުރުމަށް މަސައްކަތް ކުރުން.ރަސްމީ މަސައްކަތާ ގުޅޭގޮތުން މިސްކިތުގައި ކުރުމަށް ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން. | 
| އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު: | 2015 މާރިޗު 12 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:30 ގެ ކުރިން، މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ (ކ. ހުރާ) އަށެވެ. | 
| އިންޓަވިއު: | އިންޓަރވިއުއާއި ޕްރެޒެންޓޭޝަނާއި ޕްރެކްޓިކަލްސް އިމްތިޙާނުކުރުން ބޭއްވޭނީ، 2015 މާރިޗު 15  ވަނަ ދުވަހު، މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާގައެވެ. | 
|   އިމާމުކަމުގެ ފެންވަރު ނުވަތަ ޝަރުޠު:   | މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، 
މުދިމުކަމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛ހުކުރުކުރުމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން. | 
|   މުދިމުކަމުގެ ފެންވަރު ނުވަތަ ޝަރުޠު: | މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، 
އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި، އިމާމުވެ ނަމާދުކުރެވޭވަރަށް ތަޖްވީދުމަގުން ކީރިތި ޤުރްއާން ކިޔަވަން އެނގޭތޯ ބެލުމަށްޓަކައި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދެއްޥާ ފެންވަރު ބެލުމުގެ އިމްތިޙާނުން ފާސްވެފައިވުން. ނުވަތަ؛ހުކުރުކުރުމުގެ ހުއްދަ ލިބިފައިވުން. | 
| މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނެ ކަންކަން: | - މުދިމުކަމުގެ މަޤާމަށް މީހަކު ހޮވުމުގައި ލިބިފައިވާ ތަޖުރިބާއާއި އިންޓަވިއުއަށް ބެލޭނެއެވެ. އިމާމުކަމުގެ މަޤާމަށް ޝަރުޠު ހަމަވާ މީހަކު ނުލިބިއްޖެނަމަ، މުދިމުކަމުގެ މަޤާމަށް މީހަކު ހޮވާނީ، މުދިމުކަމުގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއިން ފާސްވާ ފަރާތްތަކުގެ ތެރެއިން އެންމެގިނަ ޕޮއިންޓުލިބޭ ފަރާތަކަށެވެ. - މި ވަޒީފާއަކީ 1 އަހރު ދުވަހުގެ އެއްބަސްވުމެއްގެދަށުން ދެވޭ ވަޒީފާއަކަށްވާތީ، 55 އަހަރުންމަތީގެ ފަރާތްތަކަށްވެސް މި ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވައިލެވިފައެވެ. | 
| ހުށަހަޅަންޖެހޭ ތަކެތި:   | 
ވަޒިފާއަށް އެދި ހުށަހަޅާ ސިޓީ / ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (އެޕްލިކޭޝަން ފޯމު، މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.)އައިޑީ ކާޑު (ކިޔަން އެނގޭ) ކޮޕީލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، އަސްލާއެކު.ސްކޫލެއްގައި އުޅެފައިވާނަމަ ލީވިންގ ސެޓްފިކެޓުގެ ކޮޕީ.ވަޒިފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފަކު، މި ވަޒީފާއަށް ހޮވިއްޖެނަމަ، ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން. | 
| އިތުރު މަޢުލޫމާތު: | މި އިޢްލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6640074 ނަންބަރު ފޯނަށް ނުވަތަ 7752778 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ 6640074 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. | 
| 7 ޖުމާދަލްއޫލާ 1436 |