ވޭމަންޑޫ ސްކޫލް/ ތ.ވޭމަންޑޫ
ދިވެހިރާއްޖެ
ލެބޯޓްރީ އެސިސްޓެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ލެބޯޓްރީ އެސިސްޓެންޓް

ބޭނުންވާ އަދަދު: 1 (އެކެއް)              

މަޤާމުގެ ރޭންކް: ޖީ. އެސް 4

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރަ: މަހަކު -/5،020 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ

ވަޒީފާ އޮތް އޮފީސް: ވޭމަންޑޫ ސްކޫލް

ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އިދާރީ ސެކްޝަން/ ތ ވޭމަންޑޫ ސްކޫލް                   

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1- ކިޔެވުން އޮންނަ ކޮންމެ ދުވަހެއްގެ ހެނދުނު 7:00 ގެ ކުރިން ސައެންސް ލެބް ހުޅުވައި، ދުވަހުގެ މަސައްކަތަށް ތައްޔާރުކުރުން.

2- ކުލާސްތަކަށް ކިޔަވައިދެއްވާ މުދައްރިސުން އެދިލައްވާ ގޮތެއްގެމަތިން ލެބުގައި ޕްރެކްޓިކަލްސް ހެދޭނެ އިންތިޒާމު ހަމަޖައްސައިދިނުން.

3- ސައެންސް ލެބުގައި ހުންނަ އިކްއިޕްމަންޓްސްގެ ރަޖިސްޓަރީ ތައްޔާރުކޮށް ބަލަހައްޓަން ފަސޭހަވާނޭހެން ލޭބަލްކުރުން.

4- ސައެންސް ލެބްގެ ސްޓޮކް ދުވަހުން ދުވަހަށް ބަލަހައްޓައި، ޓީޗަރުންނަށް ދޫކުރާ ތަކެތީގެ ރަޖިސްޓަރީ ބެލެހެއްޓުން.

5-  ލެބުން މަދުވާ ކެމިކަލްސްއާއި، އިކްއިޕްމަންޓްސް ހޯދުމަށްޓަކައި، ޓީޗަރުންގެ މަޝަވަރާއާއެކު، ސެކްޝަނުގެ އިސްވެރިޔާ މެދުވެރިކޮށް ބަޖެޓް ސެކްޝަނާ ވާހަކަދައްކައިގެން ހޯދުމަށް މަސައްކަތްކުރުން.

6- ސައެންސް ލެބުގައި ހުންނަ ކެމިކަލްސްތަކާއި އިކްއިޕްމަންޓްސް ރައްކާތެރިގޮތުގައި ބެލެހެއްޓުން.

7- ސައެންސް ލެބުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް މަސައްކަތްކުރުމާއި، ތަކެތި ގެންގުޅުމުގައި ފަރުވާ ކުޑަކުރާ ފަރާތްތަކަށް ސްކޫލް އިދާރާ މެދުވެރިކޮށް ފިޔަވަޅުއެޅުމަށް މަޝްވަރާދިނުން.

8- ސައެންސް ލެބުގައި ޕްރެކްޓިކަލްސް ލެސަންތައް ކުރިޔަށްގެންދާއިރު މުދައްރިސުންނާއި ދަރިވަރުންނަށް އެހީތެރިވެދިނުމަށް ލެބުގައި ހަރަކާތްތެރިވުން.

9. ސިވިލް ސަރވިސަސްގެ ކޯޑް އޮފް ކޮންޑަކުޓަށް އިޙުތިރާމުކުރުމާއި، އޭގައި ބަޔާންކުރާގޮތަށް ޢަމަލުކުރުން.

މަޤާމުގެ ޝަރުޠު:                                               

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނެއްގައި 'ދިވެހި' މި ދާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ތަޢުލީމީގޮތުން އެންމެ މަތީ މާކްސް ލިބިފައިވާ ފަރާތަށާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ލިބިފައިވާ ފަރާތަށާއި، އިންޓަވިއުއިން އެންމެ މަތީ މާކްސް ލިބިފައިވާ ފަރާތަކަށެވެ.             

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކުގެ އިންޓަވިއު، 15 މާރިޗު 2015 އާއި 21 މާރިޗު 2015 އާ ދޭތެރޭގެ ދުވަހެއްގައި ބޭއްވޭނެއެވެ.

ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ފޯމު، ވޭމަންޑޫ ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި  www.csc.gov.mv ގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ވޭމަންޑޫ ސްކޫލުގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 މާރިޗު 10 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން، ވޭމަންޑޫ ސްކޫލުގެ އޮފީހަށެވެ.

ނޯޓް:  

- މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ވޭމަންޑޫ ސްކޫލުގެ 6780564 ނަންބަރުފޯނަށް ގުޅުން އެދެމެވެ. 

10 ޖުމާދަލްއޫލާ 1436

01 މާރިޗު 2015
ހޯދާ