މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
ސަރކިއުލަރ

އެއްވުމާ ގުޅޭ ގޮތުން ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓްކުރުން

ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން، ކޮމިޝަނުން އެކުލަވާލާފައިވާ އެއްވުމާ ގުޅޭގޮތުން ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓްކުރުމުގެ ގަވާއިދާ (ގަވާއިދު ނަންބަރު: 2013/R-27) އެއްގޮވާގޮތުގެ މަތީން އެއްވެ އުޅުންތައް ކަވަރުކުރުމުގައި ބޭނުންކުރުމަށް ކަނޑައަޅާފައިވާ ކާޑުގެ ބޭނުން ކުރުމަށް އިލްތިމާސްކުރަމެވެ.

ކާޑު ހެއްދެވުމަށް ހުށަހަޅާ އެޕްލިކޭޝަން ފޯމާއި، އެއްވުމާ ގުޅޭގޮތުން ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓްކުރުމުގެ ގަވާއިދު މި ކޮމިޝަންގެ ވެބްސައިޓް www.broadcom.org.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

04 ޖުމާދަލްއޫލާ 1436

23 ފެބުރުވަރީ 2015
ހޯދާ