ފުވައްމުލަކު ފުނާޑު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު (ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރުން)

އިޢުލާން

ވަޒީފާގެ ފުރުޞަތު:    

މަޤާމް:

މަސައްކަތު ( ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރުން)

ސެކްޝަން:

މުނިސިޕަލް (ފުވައްމުލަކު ފުނާޑު ކައުންސިލްގެ އިދާރާ)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ފުވައްމުލަކު ފުނާޑު ކައުންސިލްގެ އިދާރާ

މުސާރަ:

-/3100 ރުފިޔާ

ސަރވިސް އެލަވަންސް:

-/1000 ރުފިޔާ

ބޭނުންވާ އަދަދު:

2 (ދޭއް)

މަޤާމުގެ ޝަރުޠުތައް:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ ހުނަރު/ ޤާބިލްކަން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- ފުނާޑު އަވަށުގައި އިޖުތިމާއީ ސަރަޙައްދުތަކާއި ގަބުރުސްތާން ފަދަ ތަންތަން ސާފުކޮށްބެލެހެއްޓުން.

2- ފުނާޑު އަވަށުގެ ތަރަށްޤީއަށް ކައުންސިލުން ކުރާ މަސައްކަތްތަކުގައި އެހީތެރިވުން.

3- މައްޔިތުން ވަޅުލުމުގައި އެހީތެރިވެދިނުން.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މުވައްޒަފަކު ހޮވުމަށް ބޭއްވޭ އިންޓަވިއުކުރުން، މި އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި، ފުވައްމުލަކު ފުނާޑު ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

އެޕްލިކޭޝަން ފޯމް ހުށަހަޅާނީ، 2015 މާރިޗު 3 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން ފުވައްމުލަކު ފުނާޑު ކައުންސިލްގެ އިދާރާއަށެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (ފުވައްމުލަކު ފުނާޑު ކައުންސިލް އިދާރާއިން، އެޕްލިކޭޝަން ފޯމް ލިބެންހުންނާނެއެވެ.)

2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3- މަޤާމަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ.

4- މަޤާމަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

5- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭ ރަސްމީ ލިޔުން.

މަޤާމަށް އެންމެ ޤާބިލް ފަރާތް ހޮވުމަށް ބެލޭނެ މިންގަނޑުތައް:

1- ތަޢުލީމާއި ތަމްރީން.

2- މަސައްކަތުގެ ތަޖުރިބާ.

3- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލް ސިފަތައް.

އިތުރު މަޢުލޫމާތު:

- މަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަނާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު، އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ. މި ލިޔުންތައް، އެޕްލިކޭޝަނާއެކު ހުށަހެޅި ތަކެތީގެ ޞައްޙަކަން ކަށަވަރުކުރުމަށްފަހު، އަނބުރާ ޙަވާލުކުރެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6860606 ނަންބަރު ފޯނާއެވެ.

4 ޖުމާދަލްއޫލާ 1436

23 ފެބުރުވަރީ 2015
ހޯދާ