މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
އެސިސްޓަންޓް މެއިންޓަނަންސް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމު:

އެސިސްޓަންޓް މެއިންޓަނަންސް އޮފިސަރ (ޖީ.އެސް 3) (1 އަހަރުގެ ކޮންޓްރެކްޓް)

ބޭނުންވާ އަދަދު:

1

މުސާރަ:

ގަޑިއިރަކަށް -/40 ރުފިޔާ

ސާރވިސް އެލަވަންސް:

              -

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

އޮފީސް / ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

ކ. މާލެ

ސެކްޝަން:

ސްޓޭޓް ޕްރޮޕަޓީ މެނޭޖްމަންޓް ޑިވިޜަން

މަޤާމުގެ ޝަރުޠު:

 • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
 • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

 • ޓީ.ބިލްޑިންގ ފޮޅާސާފުކުރުމުގެ މަސައްކަތްތައް ދުވަހުން ދުވަހަށް ކޮށްފައިވޭތޯ ބަލައި ޗެކްކުރުން. އަދި މި މަސައްކަތްތަކާ ބެހޭ މަޢުލޫމާތު، ރިޕޯޓު ހަފުތާއަކު އެއްފަހަރު ހަދާ، ސެކްޝަންގެ އިސްވެރިއަކަށް ހަވާލުކުރުން.
 • މެއިންޓެނަންސް އާ ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ސެކްޝަން ވެރިއެއްގެ އިރުޝާދުގެ ދަށުން ކުރުން އަދި ނިމިފައި ހުންނަ ލިޔެކިޔުންތައް ސެކްޝަންގެ ވެރިއެއްގެ އިރުޝާދުގެ ދަށުން، ފައިލުކޮށް ބެލެހެއްޓުން.
 • މެއިންޓަނަންސްއާ ބެހޭ މަސައްކަތްތައް ހަމަޖެހިފައި އޮންނަ އުސޫލާއި ގަވާއިދާ އެއްގޮތަށް ސެކްޝަންގެ ވެރިއެއްގެ އިރުޝާދުގެ ދަށުން ކުރުވުން އަދި ކުރުން.
 • ސެކްޝަނުގެ ބަޖެޓް ތައްޔާރު ކުރުމަށް މެއިންޓަންންސް ގެ މަސައްކަތްތަކާ ގުޅޭ ގޮތުން ބޭނުންވާ އެންމެހާ މަޢުލޫމާތު ހޯދައި، ސެކްޝަންގެ މުވައްޒަފުންނަށް އެހީތެރިވުން.
 • މި މިނިސްޓްރީއާ ހަވާލުކުރެވިފައިވާ އިމާރާތްތަކުގެ މަރާމާތާ ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްތައް ސެކްޝަންގެ ވެރިއެއްގެ އިރުޝާދުގެ ދަށުން ކުރުމާއި ކުރުވުން.
 • އޮފީހުން ބާވެގެން ގެނެވޭ ތަކެއްޗާއި ފާރނީޗަރ އަދި އެހެނިހެން ތަކެތި ސެކްޝަންގެ ވެރިއެއްގެ އިރުޝާދުގެ ދަށުން އަމަލުކުރަމުން ގެންދިޔުން.
 • ވަގުތީގޮތުން މި މިނިސްޓްރީއާ ހަވާލުކުރެވިފައިވާ ތަންތަނުގެ މެއިންޓަނަންސްގެ މަސައްކަތްތައް ސެކްޝަންގެ ވެރިއެއްގެ އިރުޝާދުގެ ދަށުން ކުރުވުން.

އުޖޫރައާއި އިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރު ގަޑީގެ ފައިސާ

ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ދެވޭނެއެވެ.

އާސަންދަ (ހެލްތް އިންޝުއަރެންސް)

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

 • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ
 • މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު
 • އިނގިރޭސި އަދި ދިވެހި ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު
 • މުޢާމަލާތް ކުރާ ގޮތް
 • ސާފުތާހިރުކަން     

ހުށަހަޅަންޖެހޭ ލިޔުންތައް:

 • ފުރިހަމަކުރެވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).
 • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސާރޓިފިކެޓް) އަދި ޓްރާންސްކްރިޕްޓް. ސެޓުފިކެޓް ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު.  
 • ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓްފިކެޓް
 • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
 • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އަދި ކުރަމުންގެންދާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މި ލިޔުމުގައި މުވައްޒަފު އަދާކޮށްފައިވާ މަޤާމުތަކުގައި ހޭދަވި މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އެނގޭގޮތަށް ހުށަހެޅުން). 

ސުންގަޑި:

03 މާރިޗު 2015 (އަންގާރަ) ދުވަހުގެ 14:30 ގެ ނިޔަލަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349171/3349335 ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުންގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާނުގެ މުއްދަތު ހަމަވާތާ 3 ހަފުތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އަދި ޕްރެކްޓިކަލް އާއި އިމްތިޙާނު ކުރުން މިމިނިސްޓްރީގައި ބޭއްވޭނެއެވެ.

 

19 ފެބުރުވަރީ 2015
ހޯދާ