ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ޑިރެކްޓަރ

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: ޑިރެކްޓަރ

މުސާރަ: -/8835 ރުފިޔާ

ސާރވިސް އެލަވަންސް: 2000.00 ރުފިޔާ

ރޭންކް: އީއެކްސް 1

ކްލެސިފިކޭޝަން: އޮފިޝަލްސް އެންޑް އެޑްމިނިސްޓްރޭޓާސް

ބޭނުންވާ އަދަދު: 1

ސެކްޝަން: ޑިޖިޓައިޒޭޝަން އެންޑް ޓްރެއިނިންގ ސެކްޝަން    

މަސައްކަތް ކުރަންޖެހޭ ތަން: ޤައުމީކުތުބުޚާނާ، ކ.މާލެ.

ޝަރުޠު:

 • ލައިބްރަރީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ލައިބްރަރީގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
 • ލައިބްރަރީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ލައިބްރަރީގެ ދާއިރާގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
 • ލައިބްރަރީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ލައިބްރަރީގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
 •  ލައިބްރަރީގެ ދާއިރާއަކުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
 • ލައިބްރަރީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން، ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. 

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

 • ލައިބްރަރީގެ ޑިޖިޓައިޒޭޝަން ޔުނިޓް، ޓްރޭނިންގ ޔުނިޓް އަދި ޕަބްލިކް ޕްރޮގްރާމްސް ޔުނިޓްް ހިންގައި ބެލެހެއްޓުން.
 • ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ލައިބްރަރީގެ ޑިޖިޓައިޒޭޝަން އަދި ޓްރޭނިންގ އަދި ޕަބްލިކް ޕްރޮގްރާމްސްގެ މަސައްކަތްތަކުގެ ބައިތައް ތައްޔާރުކޮށް ނިންމާ ގަވާއިދުން އަޕްޑޭޓްކުރުން.
 • ލައިބްރަރީ އޮޓޮމޭޝަން ކޮމިޓީ ހިންގާ ބެލެހެއްޓުން.
 • ކިޔުންތެރިކަން ކުރިއެރުވުމަށް ހިންގަން ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށް ސްޓޭކްހޯލްޑަރްސްއާ ގުޅިގެން މަސައްކަތް ކުރުން.
 • ލައިބްރަރީއާ ގުޅުންހުރި އެސޯސިއޭޝަންތަކާ ގުޅިގެން ލައިބްރަރީ ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރުން.
 • ލައިބްރަރީ ދާއިރާއަށް ބޭނުންވާ ޚާއްޞަ ޓްރެއިނިންގތައް ފާހަގަކޮށް އެ ޓްރެއިނިންގތައް ހިންގުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބަލާނެ ކަންތައްތައް:

 • ލައިބްރަރީ ދާއިރާއަށާއި މަޤާމުގައި ކުރަންޖެހޭ މަސައްކަތަށް އަހުލުވެރިވެފައިވާ މިންވަރު.
 • ސިވިލް ސާރވިސް ކޮމިޝަނުން ނެރެ ޝާއިޢުކޮށްފައިވާ، ސިވިލް ސާރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަން ކުރުމުގެ މިންގަނޑުތަކާ އުސޫލުތައް – 1 އޭޕްރީލް 2013 ގައިވާ، "މިޑިލް މެނޭޖްމަންޓް ސާރވިސްގެ މަޤާމުތަކަށް މުވައްޒަފުން އައްޔަން ކުރުމުގެ ކުރައިޓީރިއާ (އެމް.އެސް 3 އިން އީ.އެކްސް 2 އަށް) ގައިވާ ގޮތުގެ މަތިން،
 • ތަޢުލީމާއި ތަމްރީން %50
 • މަސައްކަތުގެ ތަޖުރިބާ
 • މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި ސިފަތައް %38

އިންޓަރވިއު:

މި މަޤާމްތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ފުރިހަމަނުވާ ފަރާތްތަކަށް، އިޢުލާނުގެ މުއްދަތު ހަމަވާތާ، މަސައްކަތު 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. އަދި މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު، ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 20 ދުވަހުގެ ތެރޭގައި ޤައުމީކުތުބުޚާނާގައި އޮންނާނެއެވެ. މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާ ދުވަސް، މި މުއްދަތުގެ ތެރޭގައި، 3 ދުވަސް ކުރިން އެންގޭނެއެވެ.

އުޖޫރައާއި އިނާޔަތްތައް:

 • އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
 • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
 • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ އެކްރެޑިޓް ކުރެވިފައިވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
 • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
 • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

ފޯމު ފޮނުއްވަންވީ ތާރީޚު: 08 މާރިޗު 2015 ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން ޤައުމީކުތުބުޚާނާ އަށް. (މެދުޒިޔާރަތްމަގަށް ހުންނަ ދާރުލްއާޘާރުގެ އިމާރާތް)

ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު (ޤައުމީ ކުތުބުޚާނާގެ ކައުންޓަރުން، ވެބްސައިޓް www.nlm.gov.mv އިން އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ފޯމު ލިބެން ހުންނާނެއެވެ. )

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ، ރަސްމީ ގަޑީގައި، 3323943 ނަންބަރު ފޯނާއެވެ. 

03 ޖުމާދަލްއޫލާ 1436

22 ފެބުރުވަރީ 2015
ހޯދާ