ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މެސެންޖަރ

ވަޒީފާގެ ފުރުޞަތު

މަޤާމު:                 މެސެންޖަރ 

ބޭނުންވާ އަދަދު:            01 (އެކެއް)

މުސާރަ:                -/5،570 ރުފިޔާ

ލިވިންގ އެލަވަންސް:         -/3,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:     ހައްދުންމަތީ ގޮފި/ ލ.ގަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:  އޮފީހުން ބަހަންޖެހޭ ލިޔެކިއުންތައް ބެހުމާއި، ހައްދުންމަތީ ގޮފި ފޮޅާ ސާފުކޮށް ބެލެހެއްޓުން.

ފެންވަރު ނުވަތަ ޝަރުޠު:  - ގްރޭޑް 7ން ފާސްވެފައިވުމާއި،

                - މަޤާމުގެ ވާޖިބުތައް އަދާކުރެވޭ ފަދަ ޞިއްޙަތެއްގައި ހުރުމާއި ޤާބިލުކަން ހުރުން.

                - އުމުރުން 55 އަހަރު ވެފައިނުވުން

އިތުރު އެލަވަންސް: މި މަޤާމަށް ސަރވިސް އެލަވަންސްގެ ގޮތުގައި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/50 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 04 މާރިޗު 2015 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއޮފީހަށް ސިޓީ ފޮނުއްވުން އެދެމެވެ. ސިޓީ ފޮނުއްވާއިރު ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ވަނަވަރަކާއި އައި.ޑީ ކާޑުގެ ކޮޕީ ފޮނުއްވުންއެދެމެވެ. މިމަގާމުގެ އަސާސީ ޝަރުޠު ފުރިހަމަނުވާ ފަރާތްތަކަށް އިންޓަވިއުއަކަށް ނުކިޔޭނެއެވެ. ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުވާ ސިޓީ ވެސް ބަލައިގަނެވޭނެއެވެ. (ފެކްސް ނަންބަރ 3000644، އީމެއިލް [email protected])

05 ޖުމާދަލްއޫލާ 1436

24 ފެބުރުވަރީ 2015
ހޯދާ