މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް ހީވާގި، މަސައްކަތަށް ޝައުގުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

މަޤާމު:                 ޕްރޮޖެކްޓް ކޯޑިނޭޓަރ

ބޭނުންވާ އަދަދު:            02

ވަޒީފާގެ ބާވަތް:            ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)

ޑިޕާޓްމަންޓް:             ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖްމަންޓް ޑިޕާޓްމަންޓް

ޢަސާސީ މުސާރަ ރޭންޖް:       7800.00 ރ.

ސަރވިސް އެލަވަންސް:        2000.00 ރ.

ޓެކްނިކަލް އެލަވަންސް:        2500.00 ރ.

ފިކްސްޑް އެލަވަންސް:         އަސާސީ މުސާރައިގެ %20

އެޑިއުކޭޝަނަލް އެލަވަންސް:      ޑިޕްލޮމާއަށް އަސާސީ މުސާރައިގެ %20، ޑިގްރީއަށް އަސާސީ މުސާރައިގެ %40  

އެހެނިހެން އެލަވަންސް/އިނާޔަތް :   ހަމަޖެހިފައިވާ އުޞޫލުގެ މަތީން އިތުރުގަޑީގެ ފާއިސާ، ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:      ސީ.ޕީ.އެމް.ޑީ/ ޑިޕާޓްމަންޓުން ކަނޑައެޅިފައިވާ ސައިޓުތަކުގައި ނުވަތަ ހެޑްއޮފީހުގައި

ޝަރުޠު:               

- ހަޔަރ ޑިޕްލޮމާ ނުވަތަ ޑިގްރީ ގުޅުންހުރި ދާއިރާއަކުން ނިންމާފައިވުމާއި އެކު 3 ނުވަތަ 4 އަހަރުގެ ކޮންސްޓްރަކްޝަން އިންޖިނިއަރިން ދާއިރާގެ ތަޖުރިބާ ލިބިފައިވުން.

- މައިކްރޮސޮފްޓް އޮފިސް ޕެކޭޖާއި އޮޓޯކޭޑްއަށް ފަރިތަވުން އަދި ފޮޓޯޝޮޕް ދަންނަފަރާތްތަކަށް އިސްކަންދެވޭނެ.

- ޕްލޭނިންގ ޓޫލްސްފަދަ މައިކްރޮސޮފްޓް އޮފީސް ޕްރޮޖެކްޓް ވިސިއޯ/ޕްރިމަވެރާ އަށް ފަރިތަވުން.

- ބިޒްނަސް މެނޭޖްމަންޓްގެ އުސޫލުތައް އެނގުމާއެކު ޕްރޮޖެކްޓް މެނޭޖްމަންޓް/ލީޑަރޝިޕް ހުނަރާއި މީހުންނާއި ތަކެތި ބޭނުންކޮށްގެން ކޯޑިނޭޓް ކުރުމުގެ ހުނަރު ލިބިފައިވުން.

- ކޮންސްޓްރަކްޝަން ކުރެހުންތައް ދެނެގަތުމާއި ދިރާސާ ކުރުމުގެ ހުނަރު އަދި މިމަޢުލޫމާތު ސައިޓް ސުޕަރވައިޒަރުންނަށް ހިއްސާކުރުމުގެ ހުނަރު/ޚަރަދު އެސްޓިމޭޓްކޮށް ކުއެންޓިފައި ކުރުމުގެ ހުނަރު ލިބިފައިވުން.

- ގިނަ ޕްރޮޖެކްޓްސްތައް ހިންގުމުގެ ހުނަރު އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.

- އިނގިރޭސި އަދި ދިވެހި ބަހުން ފުރިހަމައަށް މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

- ޓެކްނިކަލް އަދި ސްކިލްޑް މުވައްޒަފުންގެ މަސައްކަތް ސުޕަރވައިޒްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް :    

ކޮންސްޓްރަކްޝަން ޕްރޮޖެކްޓްތަކުގެ މަސައްކަތް ހިންގާ ކުރިއެރުވުން، މިކަންކަން

ކުރުމަށް ލަފާދިނުމާއި  ރޭވުން އަދި މިމަސައްކަތް ހިގަމުންދާގޮތް ބެލުމާއި ކޯޑިނޭޓްކުރުން އަދި  އެންމެހައި މަސައްކަތްކުރުމުގައި އިދާރީ ގޮތުން އަދި ޢަމަލީ ގޮތުން

ކުރަންޖެހޭ ކަންކަންކުރުން. ގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރެވޭނެ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް :

ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ހެދިފައިވާ ގަވާއިދާއި އުސޫލުތަކުގެ މަތިން ކުންފުނީގެ އުޅަނދުފަހަރު ދުއްވުމުގައި އެއުޅަދެއްގެ އޮޕަރޭޓަރާއި ޕެސެންޖަރުންނަށް އެހީތެރިވުމާއި އެއްބާރުލުން ދިނުން އަދި އުޅަދު ސާފުތާހިރުކޮށް ބެލެހެއްޓުން.

މަޤާމު:                  ވެބް ޑެވެލޮޕަރ

ބޭނުންވާ އަދަދު:             01

ވަޒީފާގެ ބާވަތް:             ކޮންޓްރެކްޓް

ޑިޕާޓްމަންޓް:              އިންފޯރމޭޝަން ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ ޑިޕާޓްމަންޓް

ޢަސާސީ މުސާރަ ރޭންޖް:        6600.00 ރ.
ސަރވިސް އެލަވަންސް:         1500.00 ރ.

ޓެކްނިކަލް އެލަވަންސް:         2000.00 ރ.

އެޑިއުކޭޝަނަލް އެލަވަންސް:      ޑިޕްލޮމާއަށް އަސާސީ މުސާރައިގެ %20، ޑިގްރީއަށް އަސާސީ މުސާރައިގެ %40  

އެހެނިހެން އެލަވަންސް/އިނާޔަތް :   ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފާއިސާ، ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:      އައި.ސީ.ޓީ.ޑީ/ އެމް.ޓީ.ސީ.ސީ ޓަވަރ

ޝަރުޠު:              

- ޑިގްރީ ނުވަތަ ޑިޕްލޮމާ - ކޮމްޕިއުޓަރ ސައިންސް ދާއިރާގެ ސޮފްޓްވެއަރ ޑެވެލޮޕްމަންޓް ގެ ރޮގުން، ނުވަތަ މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ތަޢުލީމު ހާސިލުކޮށްފައި ވުމާއެކު އެފަދަ ދާއިރާއެއްގައި 3 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން އަދި ޤާބިލުކަން ހުރުން.  

- ވެބް އެޕްލިކޭޝަންސް ސްޓްރަކްޗަރކޮށް ތަރައްޤީކުރުމުގެ ހުނަރު ލިބިފައިވުން.

- އޭ..އެސް.ޕީ ނެޓް، ވީ.ބީ ނެޓް ނުވަތަ ސީނެޓްއަށް ފަރިތަވުން އަދި އެޕްލިކޭޝަންތައް ތަރައްޤީކުރުމުގެ ކަންކަންކުރުމުގެ ޤާބިލުކަންހުރުން.

- ބިޒްނަސް މެނޭޖްމަންޓްގެ އުސޫލުތައް އެނގުމާއެކު ލީޑަރޝިޕް ހުނަރާއި މީހުންނާއި ތަކެތި ބޭނުންކޮށްގެން ކޯޑިނޭޓް ކުރުމުގެ ހުނަރު ލިބިފައިވުން.

- ވެބް ސަރވަރތަކާއި އޮޕަރޭޓް ކުރާ ސިސްޓަމްތައް އަޕްގްރޭޑްކޮށް މެއިންޓެއިންކުރުމާއި ބެލެހެއްޓުމުގެ ތަޖުރިބާ ހާސިލުކޮށްފައިވުން.

- އެމް.ވައި އެސް.ކިއު.އެލް ނުވަތަ އެމް.އެސް އެސް.ކިއު.އެލް ސަރވާރގެ ޑޭޓާބޭސް މޭނޭޖްކުރުމުގެ ތަޖުރިބާ ލިބިފައިވުން.

- މިމަސައްކަތުގައި ދިމާވާ މައްސަލަތައް ދިރާސާކޮށް ހައްލުކުރުމުގެ ހުނަރު އަދި ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިޔުމުގެ ޤާބިލުކަން އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް :

- ކުންފުންޏަށް ބޭނުންވާ އައު ސޮފްޓްވެއަރތައް މެނޭޖްކޮށް އަދި ބޭނުން ކުރަމުންގެންދާ ސޮފްޓްވެއަރތައް ތަރައްޤީކޮށް ބެލެހެއްޓުން އަދި ކުންފުނީގެ އިންޓްރާނެޓްއާއި ކޯރޕަރޭޓް ވެބްސައިޓް ތަރައްޤީކުރުމުގެ އެންމެހައި މަސައްކަތް މެނޭޖްކުރުން.

- ކުންފުނީގެ ވެބް ޕޯރޓްފޯލިއޯގެ އެޑްމިނިސްޓްރޭޝަން މަސައްކަތް ދުވަހުން ދުވަހަށް ކުރުމާއި، މިކަމުގައި ދިމާވާ މައްސަލަ ބަލާ ދިރާސާކޮށް ލަފާ ދިނުން އަދި ކުރާ ކަންކަމުގެ ފެންވަރު ޤާއިމުކޮށް ދަމަހައްޓައި އަދި މިކަމާ ބެހޭ ރިޕޯޓު ތައްޔާރުކުރުން.

މަޤާމު:                  އޮޕަރޭޓަރ (ބަސް/ވޭން)

ބޭނުންވާ އަދަދު:             02

ވަޒީފާގެ ބާވަތް:             ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށްހަމަޖެހިފައިވަނީމަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)       

ޑިޕާޓްމަންޓް:              ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

ޢަސާސީ މުސާރަ ރޭންޖް:        5500.00ރ.

ސާރވިސް އެލަވަންސް:         1000.00ރ.

އެހެނިހެން އެލަވަންސް/އިނާޔަތް :    ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފާއިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:       ހުޅުމާލެ ބަސް ސަރވިސް/ ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

ޝަރުޠު:               

- ބަސް ނުވަތަ ވޭން ދުއްވުމުގެ ލައިސަންސް ލިބިފައިވުން ( 50 ޕެސެންޖަރ )

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް :  

އޮޕަރޭޝަނުން އަންގާ ގޮތުގެ މަތިން ބަސް އޮޕަރޭޓްކޮށް އަދި ޓްރާސްޕޯރޓްގެ ގަވާއިދާ އެއްގޮތަށް ޕަސިންޖަރުންނާއި އުޅަނދުގެ ސަލާމަތްތެރިކަމާއިއެކު ބަސް އޮޕަރޭޓްކުރުން.

މަޤާމު:                   އެސިސްޓަންޓް މެޓީރިއަލް މެނޭޖްމަންޓް އޮފިސަރ

ބޭނުންވާ އަދަދު:              01

ވަޒީފާގެ ބާވަތް:              ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީމަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)

ސެކްޝަން:                ޕްރޮކިއޯރމަންޓް ޑިޕާޓްމަންޓް

ޢަސާސީ މުސާރަ:             5500.00ރ.

ސަރވިސް އެލަވަންސް:          1000.00 ރ.

އެހެނިހެން އެލަވަންސް/އިނާޔަތް :    ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފާއިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:       ޕްރޮކިއޯރމަންޓް ޑިޕާޓްމަންޓް/ ހ.ސޯމިލް

ޝަރުޠު:               

- ޖީ.ސީ.އީ އޭ ލެވެލް ނުވަތަ އޯ ލެވެލް

- މި މަސައްކަތްކުރުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ.

- އިނގިރޭސީ އަދި ދިވެހި ބަހުން ފުރިހަމައަށް މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

- މައިކްރޮސޮފްޓް އެކްސެލް އަދި އޮފިސް ޕެކޭޖްތަކަށް ފަރިތަވުން.

- އޮފީސް މަސައްކަތް ކުރުމުގެ ހުނަރު އަދި ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިޔުމުގެ ޤާބިލުކަން އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް :

ކުންފުނީގައި ކަނޑައެޅިފައިވާ އުސޫލާއިއެއްގޮތަށް ސަޕްލައިއަށް ބޭނުންވާތަކެތި ހޯދުމުގައި ކުރަންޖެހޭ އެންމެހައިކަންތައް ކުރުމާއި މިކަމާބެހޭ އިދާރީ ލިޔެކިޔުންތައް ފުރިހަމައަށް ބެލެހެއްޓުން

މަޤާމު:                  އޮޕަރޭޓަރ (ފެރީ/ދޯނި)

ބޭނުންވާ ޢަދަދު:             01

ވަޒީފާގެ ބާވަތް:             ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީމަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)       

ޑިޕާޓްމަންޓް:               ތިލަފުށި ޑޮކް

ޢަސާސީ މުސާރަ ރޭންޖް:        5500.00ރ. 

ސަރވިސް އެލަވަންސް:         1000.00 ރ.

ފިކްސްޑް އެލަވަންސް:          އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް:         ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފާއިސާ، ކޮއްތު އަދި ޓްރިޕް އެލަވަންސް /ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.                                        

މަސައްކަތް ކުރަންޖެހޭތަން:       ކުންފުނިން ކަނޑައަޅާ އުޅަނދެއްގައި/ތިލަފުށި - މާލެ

ޝަރުޠު:              

- ފެރީ/ދޯނި ފަހަރު ދުއްވުމުގެ ލައިސަންސް ލިބިފައިވުން. (ލައިސަންސް C, E, F ކެޓަގަރީ)

- ކަނޑުމަތީ މަސައްކަތުގައި ގިނަވަގުތު އުޅެވޭ ފަތަންދަންނަ މީހަކު ކަމުގައިވުން.

- އޮޕަރޭޓަރ މަސައްކަތުގައި ތަޖުރިބާލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

- ކަސްޓަމަރުންނަށް އިހުތިރާމާއިއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: 

ކުންފުނީގެ ކަނޑައަޅާ އުޅަނދެއްގެ އިސް މީހެއްގެ ގޮތުގެ ޒިންމާނަގައި، ކުންފުނިން އަންގާ ޝެޑިއުލާ އެއްގޮތަށް ފަޅުވެރިންނާއި، ޕެސެންޖަރުންނާއި މުދަލާއި އުޅަނދުގެ ސަލާމަތްތެރިކަމާއެކު ދަތުރުކުރުން.

މަޤާމު:                  މެކޭނިކް (މެރިން)

ބޭނުންވާ އަދަދު:             01   

ވަޒީފާގެ ބާވަތް:             ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާޓްމަންޓް:              ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

ޢަސާސީ މުސާރަ:            5500.00ރ.

ސަރވިސް އެލަވަންސް:         1000.00ރ.

ޓެކްނިކަލް އެލަވަންސް:         1500.00ރ.

ފިކްސްޑް އެލަވަންސް:          އަސާސީ މުސާރައިގެ %20

އެޑިއުކޭޝަނަލް އެލަވަންސް:       ޑިޕްލޮމާއަށް އަސާސީ މުސާރައިގެ %20، ޑިގްރީއަށް އަސާސީ މުސާރައިގެ %40  

އެހެނިހެން އެލަވަންސް/އިނާޔަތް :    ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފާއިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:       ހުޅުމާލެ/މާލެ ނުވަތަ ވިލިނގިލި/މާލެ ފެރީ ޓަރމިނަލް ނުވަތަ ޑިޕާޓްމަންޓުން އަންގައި ތަނެއްގައި -  ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

ޝަރުޠު:                 

ޑިޕްލޮމާ/އެޑްވާންސްޑް ސެޓްފިކެޓްއިން މެކޭނިކަލް އިންޖިނިއަރިންގ (މެރިން)

މަދުވެގެން 02 އަހަރު ގެ މެރިން އިންޖީން މަރާމާތުކުރުމުގެ ތަޖުރިބާ ލިބިފައިވުން.

މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރެވޭނެ ޞިއްޙަތު ރަނގަޅު މީހެއްކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:   ޑިޕާޓްމަންޓަށް ބޭނުންވާ މެކޭނިކަލް މަރާމާތުގެ އެންމެހައި މަސައްކަތްކުރުން ހަވާލުކުރެވިފައިވާ މަސައްކަތް ރޭވުމާއި އަދި ދުވަހުން ދުވަހަށް މަސައްކަތް

މަޤާމު:                  މެކޭނިކް (އޮޓޯމޮބައިލް / ހައިޑްރޯލިކް)

ބޭނުންވާ އަދަދު:             02   

ވަޒީފާގެ ބާވަތް:             ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީމަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާޓްމަންޓް:               ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

ޢަސާސީ މުސާރަ:            5500.00ރ.

ސަރވިސް އެލަވަންސް:         1000.00ރ.

ޓެކްނިކަލް އެލަވަންސް:         1500.00ރ.

ފިކްސްޑް އެލަވަންސް:          އަސާސީ މުސާރައިގެ %20

އެޑިއުކޭޝަނަލް އެލަވަންސް:      ޑިޕްލޮމާއަށް އަސާސީ މުސާރައިގެ %20، ޑިގްރީއަށް އަސާސީ މުސާރައިގެ %40  

އެހެނިހެން އެލަވަންސް/އިނާޔަތް :   ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފާއިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:      ހުޅުމާލެ/މާލެ ނުވަތަ ވިލިނގިލި/މާލެ ފެރީ ޓަރމިނަލް ނުވަތަ ޑިޕާޓްމަންޓުން އަންގައި ތަނެއްގައި -  ޓްރާންސްޕޯޓް ފޯރ މޯލްޑިވްސް

ޝަރުޠު               

- ޑިޕްލޮމާ/އެޑްވާންސްޑް ސެޓްފިކެޓްއިން ހައިޑްރޯލިކް ނުވަތަ އޮޓޯމޮބައިލް މަދުވެގެން 02 އަހަރު ގެ މެރިން އިންޖީން މަރާމާތުކުރުމުގެ ތަޖުރިބާ ލިބިފައިވުން.

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރެވޭނެ ޞިއްޙަތު ރަނގަޅު މީހެއްކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:    ޑިޕާޓްމަންޓަށް ބޭނުންވާ މެކޭނިކަލް މަރާމާތުގެ އެންމެހައި މަސައްކަތްކުރުންހަވާލުކުރެވިފައިވާ މަސައްކަތް ރޭވުމާއި އަދި ދުވަހުން ދުވަހަށް މަސައްކަތް ނިންމުން.

ވީމާ، މިމަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން  04 މާރިޗު 2015 ވަނަ ދުވަހުގެ 15:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯމު" ފުރިހަމަކުރެއްވުމަށްފަހު، ފޯމާއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާ އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ހުށައެޅުއްވުން އެދެމެވެ. މިތަކެތި ފެކްސް އަދި އީމެއިލް އިންވެސް ޤަބޫލު ކުރެވޭނެއެވެ. މި ފޯމު ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓްއިން މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.

ފެކްސް ނަމްބަރ: 3221 332

އީމެއިލް: [email protected]

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓު ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާއެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.
  • އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.

04 ޖުމާދަލްއޫލާ 1436

24 ފެބުރުވަރީ 2015
ހޯދާ