މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ސީ ޑީ ސީ އިންފްލުއެންޒާ ގްރާންޓް ޕްރޮޖެކްޓުގެ މަސައްކަތްތައް ކުރުމަށްޓަކައި ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއެވެ. މި ވަޒީފާއަކީ ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރަންޖެހޭ ވަޒީފާއެކެވެ.

މަގާމު

ޕްރޮޖެކްޓް އޮފިސަރ

މީހުން ބޭނުންވާ އަދަދު

1  (އެކެއް)

ކޮންޓްރެކްޓުގެ މުއްދަތު

1 އަހަރުދުވަސް

ނޯޓް: މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު،  3 އަހަރު ދުވަހަށް ކޮންޓްރެކްޓް އިތުރުކުރެވޭނެއެވެ.

މުސާރަ

-/10,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ހެލްތު ޕްރޮޓެކްޝަން އެޖެންސީ

ޑިވިޜަން / ސެކްޝަން

ކޮމިއުނިކަބަލް ޑިސީޒް ކޮންޓްރޯލް 

ތަޢުލީމާއި ތަޖުރިބާ

އޭ ލެވެލް 2 މާއްދާއިން ފާސްވެފައިވުމާއެކު، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު، ފަރިތަކޮށް ތާނަ ޓައިޕްކުރަން ދަތުން.

ނޯޓް: މައިކްރޮސޮފްޓް އޮފީސް ޕެކޭޖަށް އަހުލުވެރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. މިނިސްޓްރީއާއި މިނިސްޓްރީ ދަށުގަައިވާ އެހެނިހެން ޑިޕާޓްމަންޓްތަކާއި، ގުޅުންހުރި  އެހެނިހެން ފަރާތްތަކާއެކު ބޭއްވޭ ބައްދަލުވުންތަކުގެ އިދާރީ މަސައްކަތްތައް ބެލެހެއްޓުން.

2. މާލެއާއި އަތޮޅުތަކުގައި ބޭއްވޭ ވޯކްޝޮޕްތައް/ޓްރޭނިންގްތައް ހިންގުމުގެ  އިންތިޒާމް ހަމަޖެއްސުން.

3. ޕްރޮޖެކްޓުގެ ޕެޓީ ކޭޝް ބެލެހެއްޓުން.

4. ޕްރޮޖެކްޓުގެ ލިޔެކިޔުންތައް ބަލަހައްޓާ ފައިލްކުރުން.

5. މިނިސްޓްރީއާއި، ގުޅުންހުރި އިދާރާތަކަށާއި، ރާންޖެއިންބޭރަށް ފޮނުވަންޖެހޭ ސާމްޕަލްތައް ފޮނުވުމުގެ އިންތިޒާމް ހަމަޖެއްސުން.

މަސައްކަތް ކުރަންޖެހޭ ގަޑި

ހެނދުނު 8:00 ން ހަވީރު 3:00 އަށް

ޢިނާޔަތް

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދޭ ސިޓީ
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި  (އެކްރެޑިޓްކޮށް، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހައި ސޮއިކޮށްފައިވާ ކޮޕީ)
  3. ވަޒީފއަށް އެދޭ ފަރާތުގެ ވަނަވަރު
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއެކު، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާ ސޮއިކޮށްފައިވާ ކޮޕީ)
  5. ލިބިފައިވާ މަސައްކަތު ތަޖުރިބާގެ ސާބިތުކޮށްދޭ ލިޔުމާއި، ކުރިން ވަޒީފާ އަދާކޮށްފައިވާ ތަނެއްގެ ރެފެރެންސް ލިޔުމުގެ ކޮޕީ.

ސުންގަޑި

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 މާރިޗު 10 ވާ އަންގާރަ ދުވަހުގެ 14:30ގެ ކުރިން މިނިސްޓްރީ އޮފް ހެލްތަށް (ރޯޝަނީ ބިލްޑިންގ) ސިޓީ ހުށަހެޅުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2015 ވަނަ އަހަރުގެ މާރިޗުމަހުގައި މިނިސްޓްރީ އޮފް ހެލްތުގައި.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނީ 3014437 ނަންބަރު ފޯނަށެވެ. 

 4 ޖުމާދަލްއޫލާ 1436
23 ފެބުރުވަރީ 2015
ހޯދާ