މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ބިޔުޓީ ތެރަޕީ ޓީޗަރ (ކޮންޓްރެކްޓް)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މިނިސްޓްރީން 12 ފެބުރުވަރީ 2015 ގައި ކޮށްފައިވާ، ނަންބަރު IUL)22-D/1/2015/39 ގެ ޢިއުލާނުގައިވާ މަޤާމަށް އެއްވެސް ފަރާތެއް ކުރިމަތިލާފައިނުވާތީ، އެ ޢިއުލާނު ބާޠިލުކޮށް، އެ މަޤާމަށް އަލުން އިޢުލާނު ކުރަމެވެ.

މަޤާމް: ބިޔުޓީ ތެރަޕީ ޓީޗަރ (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު: 1 (އެކެއް)              

ވަޒީފާ އޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން

މުސާރަ: މަސައްކަތްކުރާ ކޮންމެ ދުވަހަކަށް /-435 ރުފިޔާ

ގިންތި: ކޮންޓްރެކްޓް (3 މަސްދުވަސް)

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: "އެންމެ ކުއްޖަކުވެސް ބާކީ ނުކުރާނަން" ޕްރޮޖެކްޓް ކޯޑިނޭޝަން ޔުނިޓް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / މާލެ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހަވާލުކުރެވޭ ބީޓެކް ތެރަޕީ ކޯހުގެ މަސައްކަތްތައް ރަގަނޅު ފެންވަރެއްގައި ކުރުން.

- އެކުގައި މަސައްކަތްކުރާ މުއައްޒަފުންގެ މެދުގައި ރަޙުމަތްތެރިކަމާއި އެކުވެރިކަމުގެ ރޫޙު ޤާއިމްކުރުމަށް މަސައްކަތް، މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް އެންމެ ފައިދާހުރިގޮތުގައި ރާވައިގެން ކުރުން.

- މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ސިއްރު ހިފެހެއްޓުން.

- ބީޓެކު ތެރަޕީ ކޯސް ކިޔަވައިދޭ ސްކޫލުތަކަށް ޒިޔާރަތްކޮށް، ކޯސް ހިނގަމުންދާގޮތް މޮނިޓަރކޮށް، ސުޕަވައިޒްކޮށް، ޓިޗަރުންނަށް ބުނެދިނުން.

- ބީޓެކު ތެރަޕީ ކޯހާއި ގުޅޭ އެސައިމަންޓްތަކާއި އެސެސްމެންޓްތައް ތައްޔާރުކުރުން.

- ބީޓެކު ތެރަޕީ ޓުރެއިނިންގ، ސްކޫލުތަކުގެ ޓީޗަރުންނަށް ނަގައިދިނުން.

- ބިޔުޓީ ތެރަޕީ ޓީޗަރ ހައިސިއްޔަތުން ހަވާލުކުރެވޭ އެންމެހައި ޒިންމާތައް އަދާކުރުން.

- ފެންވަރާއި ހުނަރުގެގޮތުން ތަފާތު ކުދިންނަށް އަމާޒުކޮށްގެން އުނގަންނައިދިނުން. 

- ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދުތަކާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި، ސްކޫލުގެ ޤަވާއިދުތަކާއި ޓީޗަރުންނަށް ޙާއްޞަކޮށްފައިވާ ޤަވާއިދުތަކަށް ޙުރުމަތްތެރިކޮށްހިތުން.

މަޤާމުގެ ޝަރުޠު:              

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 މާރިޗު 8 ވަނަ ދުވަހުގެ 14:30 ގެ ކުރިން، ތަޢުލީމީ ސެޓްފިކެޓްތަކާއެކު ލިޔުމަކުން ހުށަހެޅުން އެދެމެވެ.

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ،  10 މާރިޗު 2015 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކާ ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ނޯޓް:  

- މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ ނަންބަރު 3341418 ފޯނަށް ގުޅުން އެދެމެވެ. 

7 ޖުމާދަލްއޫލާ 1436

26 ފެބުރުވަރީ 2015
ހޯދާ