ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ލޭބަރ ގރ.1

އިޢުލާން ނަންބަރު 60ADM/2014/54 ގެ އިޢުލާނަށް އެކަށީގެންވާވަރަށް ކެންޑިޑޭޓުން ލިބިފައިނުވާތީ މިދަންނަވާ މަޤާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

މަޤާމު: ލޭބަރ ގރ.1  

އަދަދު: 01

އަސާސީ މުސާރަ: -/3240 ރ.

މަސައްކަތް ކުރަންޖެހޭތަން: ސްޓޭޕަލް ފުޑްސްވެއަރ ހައުސް

އެހެނިހެން ޢިނާޔަތްތައް:

  • އިތުރު އެލަވަންސް: -/2000ރ އާއި -/2500ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • މަތީތަޢުލީމު ހާސިލުކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
  • ޕެންޝަން  
  • ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.
  • މެޑިކަލްއިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)

މަޤާމުމުގެ މަސްއޫލިއްޔަތު:

  • ގުދަނުން މުދާ ޑިސްޗާޖް އަދި އަންލޯޑްކުރުން.
  • ޑެމޭޖް ގުޑްސް ރީޕެކް ކުރުމާއި ގޯޑައުން ސާފުކޮށް ބެލެހެއްޓުން.
  • އޮފީހުން ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

ތަޢުލީމީ ތަޖުރިބާ:

  • ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކަށްވުން.

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2015 މާރިޗު 03 (އަންގާރަ) ދުވަހުގެ 12:30ގެ ކުރިން އެސް.ޓީ.އޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އެސްޓީއޯ ވެބްސައިޓް: http://www.stomaldives.com/downloads

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއެކުގައެވެ.)
  • މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަަކެވެ.
  • މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓަށް ބަލާފައެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިން އޯރގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344261   ވެބްސައިޓް: www.stomaldives.com

24 ފެބުރުވަރީ 2015
ހޯދާ