ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ލޭބަރ ގރ.1

އިޢުލާން ނަންބަރު 60ADM/2014/33 ގެ އިޢުލާނަށް އެކަށީގެންވާ ވަރަށް ކެންޑިޑޭޓުން ލިބިފައިނުވާތީ މިދަންނަވާ މަޤާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

މަޤާމު: ލޭބަރ ގރ.1

މަޤާމުގެ ބާވަތް: 01 އަހަރު ކޮންޓްރެކްޓް

އަދަދު: 03

އަސާސީ މުސާރަ: 3240.00ރ

މަސައްކަތް ކުރަންޖެހޭތަން: އެސް.ޓީ.އޯ ފިއުލް ޑިސްޓްރިބިއުޝަން ސެންޓަރ (ކ.ފުނަދޫ)

އެހެނިހެން ޢިނާޔަތްތައް:

 • އިތުރު އެލަވަންސް: 2000.00ރ އާއި 3000.00ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
 • އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
 • ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.
 • ޕެންޝަން
 • މެޑިކަލްއިންޝުއަރެންސް (ޕްރޮބޭޝަންއަށްފަހު)

މަޤާމުގެ މަސްއޫލިއްޔަތު:

 • ރަށުތެރެ ކުނިކަހައި ވިނަނޮޅައި ސާފުކުރުމާއި، އިމާރާތްތައް ފޮޅައި ސާފުކުރުމާއި، ކުލައާއި ދަވާދުލުން.
 • ތެޔޮ ބޯޓުފަހަރުގެ މަސައްކަތް ކުރުން.
 • ވޭލަރާއި ދޯނީގައި ފަޅުވެރިއެއްގެ ގޮތުން މަސައްކަތް ކުރުން.
 • އެކިއެކި ތަންތަނުން ފުނަދުއަށް ގެންނަންޖެހޭ ތަކެތި ގެނައުމާއި، ފުނަދޫ އިން އެކި ތަންތަނަށް ގެންދަންޖަހޭ ތަކެތި ގެންދިއުން.

ތަޢުލީމާއި ތަޖުރިބާ:

 • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން.
 • ފަޔަރ ފައިޓިންގ ޓްރެއިނިންގ ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެެވެ.

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2015 މާރިޗު 04 (ބުދަ) ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އެސް.ޓީ.އޯ ވެބްސައިޓް: http://www.stomaldives.com/downloads

ނޯޓް:

 • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއެކުގައެވެ.)
 • މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަަކެވެ.
 • މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީސެޓްފިކެޓަށް ބަލާފައެވެ.
 • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
 • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން:  3344261   ވެބްސައިޓް: www.stomaldives.com

24 ފެބުރުވަރީ 2015
ހޯދާ