ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކާޕެންޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

ކާޕެންޓަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 6,526.77 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,797.19 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ގްރޭޑް:

4

ސްޕައިން ޕޮއިންޓް:

21

މަޤާމުގެ ޝަރުޠު:

 

  • ތަޖުރިބާއާއެކު،  މަސައްކަތުގެ ދާއިރާއިން ޑިޕްލޮމާއެއް ހޯދާފައިވުން ނުވަތަ ލެވެލް 4 ގެ ސެޓްފިކެޓަށްފަހު ދާއިރާއިން ތަޖުރިބާ ލިބިފައިވުން.
  • ގްރޭޑް 12 ނިންމާފައިވުމާއެކު، އިދާރީ މަސައްކަތާއި އޮފީސް މަސައްކަތުގެ، މަދުވެގެން 4 އަހަރު ދުވަހުގެ ޞަރީޙަ ތަޖުރިބާ (ފޯމަލް ޓްރޭނިންގއާއެކު) ލިބިފައިވުން.
  • ލެވެލް 4 ގެ ސެޓްފިކެޓަކަށްފަހު، ސީދާ ގުޅޭ ތަޖުރިބާ ލިބިފައިވުން.
  • ލެވެލް 3 ގެ ސެޓްފިކެޓަކަށްފަހު، ތަޖުރިބާގެ ސަބަބުން، ބޭނުންވާ ދާއިރާއިން ޚާއްޞަ ހުނަރުތަކެއް ހުރުން ނުވަތަ އެއް ޓްރޭޑަށްވުރެ ގިނަ ޓްރޭޑް އެނގުން ނުވަތަ އެއް ޓްރޭޑް ހުނަރާއެކު، ސްޕަވައިޒްކުރުމުގެ ނުވަތަ އިދާރީ މަސައްކަތުގެ ހުނަރާއި ތަޖުރިބާ ހުރުން.
  • މަތީގައި ބަޔާންކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް ޢިލްމާއި ޤާބިލްކަން އެހެން ކޮންބިނޭޝަންތަކުން ލިބިފައިވުން.

 

ކާޕެންޓަރ ގްރޭޑް 4 ގެ މަޤާމަށް މީހަކު ނުލިބިއްޖެނަމަ، ކާޕެންޓަރ ގްރޭޑް 3 ގެ މަޤާމަށް ފުރުޞަތު ހުޅުވައިލަމެވެ.

 

 

މަޤާމު:

ކާޕެންޓަރ

ބޭނުންވާ އަދަދު:

1

 

މުސާރަ:

މަހަކު 5,604.76 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,402.04 ރުފިޔާ

 

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

 

ގްރޭޑް:

3

ސްޕައިން ޕޮއިންޓް:

16

މަޤާމުގެ ޝަރުޠު:

 

  1. ކުރާ މަސައްކަތާ ބެހޭ ސެޓިފިކެޓް ލެވެލް 3 ލިބިފައިވުން ނުވަތަ ގްރޭޑް 12 ނިންމާފައި ނުވަތަ ސެޓިފިކެޓް ލެވެލް 2 ލިބިފައިވުމާއެކު، ސެޓިފިކެޓަށްފަ، ހުކުރާ މަސައްކަތާ ގުޅޭ ދާއިރާއިން 1 އަހަރުދުވަހުގެ ތަޖުރިބާ  ލިބިފައިވުން.
  2. ތަޖުރިބާ ނެތަސް، ދާއިރާއިން (ލެވެލް 5/6 ފެންވަރުގެ) ޑިޕްލޮމާއެއް ލިބިފައިވުން. މި ފެންވަރުގެ މުވައްޒަފުން އަދާކުރާ މަސައްކަތަށް އޮން-ދަ-ޖޮބް ޓްރައިނިންގ ނުވަތަ މަސައްކަތުގެ ތަމްރީނާއި މަޢުލޫމާތު، މަސްއޫލިއްޔަތުތައް އަދާކުރަން ބޭނުންވާނެއެވެ. އަދި މިކަންކަން ސެޓްފިކެޓް 4 ނުވަތަ (ލެވެލް 6/5 ފެންވަރުގެ) ޑިޕްލޮމާގައި ބައިވެރިވެވޭވަރަށް ލިބިގެންވާން ވާނެއެވެ.
  3. ތަމްރީނާއި ތަޢުލީމާއި ތަޖުރިބާގެގޮތުން މި ފެންވަރު ހުރިކަމަށް ބެލެވުނަސް، މި ޝަރުޠު އަދާކުރިކަމަށް ބެލެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  1. އެތެރޭގައްޔާއި ބޭރުގައި ލަކުޑިން ހަދަންޖެހޭ ތަންތަނާއި ހަދާފައިވާ ތަންތަނާއި ރާނާ ސިމެންތި ޖަހައިގެންނާއި ގަލާއި ކޮންކްރީޓުން ހަދާފައިވާ ތަންތަނާއި ހަދަންޖެހޭ ތަންތަން ހެދުމާއި، އެތަންތަނަށް ޒަމާނާ އެއްގޮތަށް ގެންނަންޖެހޭ ބަދަލު ގެނަސް ތަރައްޤީކުރުމުގެ މަސައްކަތް ކުރުން.
  2. ކަބަޑު، މޭޒު، ހަރުގަނޑު، ބެންޗް، ޕާޓިޝަން، ތަޅުން، ދޮރާއި ކުޑަދޮރާއި އެހިހެން ފަރުނީޗަރު ޑިޒައިންކުރުމާއި ހެދުމާއި މިފަދަ ތަކެއްޗަށް ގެންނަންޖެހޭ ބަދަލު ގެނައުމާއި މަރާމާތުކުރުން.
  3. ބޮޑުދޮރު ކުޑަދޮރު، ފެންލައިޓް، ކަބަޑް، އަދި އެންމެހައި ފަރުނީޗަރތަކުގެ ހަލާކުވާ ތަޅު، ތަންޑު، ހުޅު، އަތްގަޑުތައް ދުވަހުން ދުވަހަށް ޗެކްކޮށް މަރާމާތު ނުވަތަ ބަދަލުކުރުން.
  4. މަސައްކަތްކުރަން ބޭނުންކުރާ ހަތިޔާރު ސާފުކޮށް މަރާމާތުކޮށް ބެލެހެއްޓުން.
  5. ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން ކުރެވޭ މަސައްކަތްތަށް ބެލެހެއްޓުމާއި، މަސައްކަތް ހިނގަނީ ހަމަޖެހިފައިވާ އުސޫލުތަކާއި ގަވާއިދާ އެއްގޮތަށްތޯ ބަލައި ސްޕަވައިޒްކުރުން.
  6. އިމާރާތުގެ ފުރާޅާއި ސީލިންގ ހެދުމާއި، އެތަންތަން މަރާމާތުކޮށް ބެލެހެއްޓުން.
  7. ތަންތަން ހެދުމާއި މަރާމާތުކުރުމާބެހޭ މައުލޫމާތު ޝީޓް ތައްޔާރުކުރުން.

 

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  2. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަވިއު ކުރެވޭނީ، އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ، އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2015 މާރިޗު 5 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345157 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

7 ޖުމާދަލްއޫލާ 1436

26 ފެބުރުވަރީ 2015
ހޯދާ