ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މޭސަން/ ޕްލަމަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

މޭސަން/ ޕްލަމަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު 6,526.77 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,797.19 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ގްރޭޑް:

4

ސްޕައިން ޕޮއިންޓް:

21

މަޤާމުގެ ޝަރުޠު:

 

 1. ތަޖުރިބާއާއެކު،  މަސައްކަތުގެ ދާއިރާއިން ޑިޕްލޮމާއެއް ހޯދާފައިވުން ނުވަތަ ލެވެލް 4 ގެ ސެޓްފިކެޓަށްފަހު ދާއިރާއިން ތަޖުރިބާ ލިބިފައިވުން.
 2. ގްރޭޑް 12 ނިންމާފައިވުމާއެކު، އިދާރީ މަސައްކަތާއި، އޮފީސް މަސައްކަތުގެ، މަދުވެގެން 4 އަހަރު ދުވަހުގެ ޞަރީޙަ ތަޖުރިބާ (ފޯމަލް ޓްރޭނިންގއާއެކު) ލިބިފައިވުން.
 3. ލެވެލް 4 ގެ ސެޓްފިކެޓަކަށްފަހު، ސީދާ ގުޅޭ ތަޖުރިބާ ލިބިފައިވުން.
 4. ލެވެލް 3 ގެ ސެޓްފިކެޓަކަށްފަހު، ތަޖުރިބާގެ ސަބަބުން، ބޭނުންވާ ދާއިރާއިން ޚާއްޞަ ހުނަރުތަކެއް ހުރުން ނުވަތަ އެއް ޓްރޭޑަށްވުރެ ގިނަ ޓްރޭޑް އެނގުން ނުވަތަ އެއް ޓްރޭޑް ހުނަރާއެކު، ސްޕަވައިޒްކުރުމުގެ ނުވަތަ އިދާރީ މަސައްކަތުގެ ހުނަރާއި ތަޖުރިބާ ހުރުން.
 5. މަތީގައި ބަޔާންކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް ޢިލްމާއި ޤާބިލްކަން އެހެން ކޮންބިނޭޝަންތަކުން ލިބިފައިވުން.

 

 

މޭސަން/ ޕްލަމަރ ގްރޭޑް 4 ގެ މަޤާމަށް މީހަކު ނުލިބިއްޖެނަމަ، މޭސަން/ޕްލަމަރ ގްރޭޑް 3 ގެ މަޤާމަށް ފުރުޞަތު ހުޅުވައިލަމެވެ.

 

 

މަޤާމު:

މޭސަން / ޕްލަމަރ

ބޭނުންވާ އަދަދު:

1 (އެކެއް)

 

މުސާރަ:

މަހަކު 5,604.76 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,402.04 ރުފިޔާ

 

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

 

ގްރޭޑް:

3

ސްޕައިން ޕޮއިންޓް:

16

 

މަޤާމުގެ ޝަރުޠު:

 

 1. ކުރާ މަސައްކަތާ ބެހޭ ސެޓިފިކެޓް ލެވެލް 3 ލިބިފައިވުން ނުވަތަ ގްރޭޑް 12 ނިންމާފައި ނުވަތަ ސެޓިފިކެޓް ލެވެލް 2 ލިބިފައިވުމާއެކު، ސެޓިފިކެޓަށްފަހު، ކުރާ މަސައްކަތާ ގުޅޭ ދާއިރާއިން 1 އަހަރުދުވަހުގެ ތަޖުރިބާ  ލިބިފައިވުން.
 2. ތަޖުރިބާ ނެތަސް، ދާއިރާއިން (ލެވެލް 5/6 ފެންވަރުގެ) ޑިޕްލޮމާއެއް ލިބިފައިވުން. މި ފެންވަރުގެ މުވައްޒަފުން އަދާކުރާ މަސައްކަތަށް އޮން-ދަ-ޖޮބް ޓްރައިނިންގ ނުވަތަ މަސައްކަތުގެ ތަމްރީނާއި މަޢުލޫމާތު، މަސްއޫލިއްޔަތުތައް އަދާކުރަން ބޭނުންވާނެއެވެ. އަދި މިކަންކަން ސެޓްފިކެޓް 4 ނުވަތަ (ލެވެލް 6/5 ފެންވަރުގެ) ޑިޕްލޮމާގައި ބައިވެރިވެވޭވަރަށް ލިބިގެންވާން ވާނެއެވެ.
 3. ތަމްރީނާއި ތަޢުލީމާއި ތަޖުރިބާގެގޮތުން މި ފެންވަރު ހުރިކަމަށް ބެލެވުނަސް، މި ޝަރުޠު އަދާކުރިކަމަށް ބެލެވޭނެއެވެ.

 

މަޤާމުގެ މަސްއޫލިއްޔަތު:

 • ރޭނުމާއި، ރާނާފައިވާ ތަންތަނަށް ގެންނަންޖެހޭ ބަދަލު ގެނައުމާއި، މަރާމާތުގެ މަސައްކަތާއި، ފާރުތަކާއި ގަލާއި ހިލަ އަތުރައިގެން ހަދާފައިވާ ތަންތަން ދެމެހެއްޓުމުގެ މަސައްކަތް ކުރުން.
 • ގަލާއި ހިލަ، ކޮންކޮރީޓް، ކޮންކްރީޓް ބްލޮކް އަޅައިގެން ހިނގާ ތަންތަން ހެދުމާއި، ސިޑިފަދަ ތަންތަން ސިމެންތިން ހެދުމާއި މަރާމާތުކުރުން.
 • އިމާރާތުގެ ފާރުތަކުން ހަލާކުވާ ތަންތަން، ގަލާއި ސިމެންތި ބޭނުންކޮށްގެން ހެދުން.
 • ފާޚާނާތަށި، މޫނުދޮންނަތަށި ހަރުކޮށް ބަދަލުކުރުމާއި، ފާޚާނާ، ފާރު، ތަޅުން، ބަދިގެއާއި އަދި އެނޫންވެސް ތަންތަނުގައި ތަށިމުށި ޖެހުމާއި ހަލާކުވެގެން ބަދަލުކުރަންޖެހޭ ތަށިމުށި ބަދަލުކުރުން.
 • ރާނައި ސިމެންތި ޖެހުމާއި، ޕުޓީގެ މަސައްކަތާއި ކުލައާއި ދަވާދުލުން.
 • ރާނާ ސިމެންތިޖެހުމުގެ މަސައްކަތްތަކުތެ އެސްޓިމޭޓް މައުލޫމާތު ތައްޔާރުކުރުން.
 • ރޭނުމުގެ މަސައްކަތްތަކާ ގުޅުންހުރި ވަޑާމުގެ މަސައްކަތް ކުރުން.
 • އެކުގައި މަސައްކަތްކުރާ އެހެންމީހުންނާ މަސައްކަތް ހަވާލުކުރުން.
 • މަސައްކަތްތަކަށް ބޭނުންވާ ތަކެތީގެ ކޯޓޭޝަނާއި ތަކެތި ފިހާރަތަކުން ގެނައުން.
 • ކަޕްލިން، ކްލޭމްޕް، އިސްކުރު، ބޯލްޓް، ސިމެންތި، ޕްލާސްޓިކް ތެރަސް، ނުވަތަ ސޯލްޑަރިން، ބްރޭޒިން، އަދި ވެލްޑިންއާއި ތަފާތު އިކްވިޕްމަންޓް ބޭނުންކޮށްގެން ހޮޅީގެ ބައިތައް ގުޅުވުން.
 • ފެންވައިރު ނުވަތަ ފެންވައިރުކުރާ ތަކެތި ވައިން ނުވަތަ ފެނުން ޕްރެޝަރގޭޖުގެ އެހީގައި ލީކް ޓެސްޓްކޮށް، ލީކްވާ ތަންތަން ހޯދުން.
 • މަސައްކަތުގެ އަގުތަކުގެ އެސްޓިމޭޓް ލިޔެ ކޮންޓްރެކްޓްތަކާ ބެހޭގޮތުން ވާހަކަދެއްކުން.
 • އިމާރާތުގެ ޕްލޭނަށާއި ތަން ރަނގަޅަށް ބަލައި ފެންވައިރުކުރަން ބޭނުންވާ ތަކެއްޗާއި ފެންވައިރު ކުރާނެގޮތް ކަނޑައެޅުމާއި، ކަރަންޓް ވައިރިން ފަދަ ކަމަކަށް އަސަރު ނުކުރާނެގޮތަކަށް ހޮޅި އަޅާނެ ޕްލޭނެއް ހެދުން.
 • ހަވާލުކުރެވޭ މަސައްކަތްތަކުގެ ރިކޯޑާއި މަސައްކަތުގެ ރިޕޯޓް ތައްޔާރުކުރުން.
 • އިމާރާތުގައި ފެން ގުޅާފައިވާ ތަކެއްޗާއި ކަނެކްޝަންތަކާއި ހޮޅި އަޅާފައިވާ ތަންތަން ފާހަގަކުރުން.
 • ޕައިޕްކަޓަރ، ބެންޑަރު، ތްރެޑްކަޓަރުފަދަ ތަކެތި ބޭނުންކޮށްގެން ތްރެޑް ކެނޑުމާއި، އެންގަލްތަކަށް ހޮޅި ލަނބައި ހެދުން.
 • ފާޚާނާތަކަށާއި ވޯޓަރ ހީޓަރާއި ސިންކް އަދި ފެންގުޅާ އެންމެހައި ތަކެއްޗަށް ފެންބަންދާއި ފިޓިންގްސް ހިމަނައިގެން ހޮޅި އަޅައި ފެންވައިރު ކުރުން.
 • ހޮޅިއާއި ފިޓިންގްސް ލައްވަންޖެހޭ ތަންތަން ކެނޑުމާއި، ފާރުގައްޔާއި ސީލިންގުގައި ހޮޅި ހަރުކުރާ ސަޕޯޓް ހަރުކުރުން.
 • ފެންއިސްކުރު، ފެންކަރު، ފެންބަންދު، ވަސަރާއި ފަޅައިގެންދާ ހޮޅި ބަދަލުކުރުމާއި، ބެދޭ ޑްރެއިން ސާފުކޮށް، މި ތަކެތި މަރާތުކޮށް ބެލެހެއްޓުން.
 • ފާޚާނާ ނިޒާމުގެ އިތުރުން، އަޑިން ހޮޅިލައްވައިގެން ފެންގުޅަންޖެހޭ ސިސްޓަމްތަކަށް ފެންވައިރު އެޅުން.
 • މަސައްކަތްތަކަށް ބޭނުންވާ ތަކެތީގެ ކޯޓޭޝަނާއި ތަކެތި ފިހާރަތަކުން ގެނައުން.

 

އުޖޫރައާއި ޢިނާޔަތްތައް:

 • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

 1. ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
 2. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
 3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
 4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
 5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

 

 

 • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
 • އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
 • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
 • އިންޓަރވިޔު ކުރެވޭނީ، އިޢުލާންގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
 • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ، އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2015 މާރިޗު 5 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

އިތުރު މަޢުލޫމާތު:

 • މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3345157 ނަންބަރު ފޯނާއެވެ.
 • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

7 ޖުމާދަލްއޫލާ 1436

26 ފެބުރުވަރީ 2015
ހޯދާ