ޣާޒީ ސްކޫލް
ދިވެހިރާއްޖެ
ޕްރިންޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

 

މަޤާމް:

ޕްރިންޓަރ

 

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

ޣާޒީ ސްކޫލް، ހުޅުމާލެ

ގިންތި / ސެކްޝަން:

ދާއިމީ / އެޑްމިން ސެކްޝަން

މަޤާމުގެ ނަންބަރު:

235504

މުސާރަ:

މަހަކު -/3،875 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،000 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ސްކޫލުގެ ތަކެތި ޕްރިންޓްކޮށްފައި ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުން.
  • އެސެސްމެންޓްތަކާއި ޓާމް ޓެސްޓް ޕޭޕަރުތައް ޓައިމްޓޭބަލާ އެއްގޮތްވާގޮތުގެމަތިން ޕްރިންޓްކޮށް، ހީރަސްޖެހުމާއެކު، ރައްކާތެރިކަމާއެކު ލީޑިންގ ޓީޗަރުންނާ ހަވާލުކުރުން.
  • ކިޔަވައިދިނުމަށް ބޭނުންވާ ވާރކްޝީޓްތަކާއި ޓީޗިންގ މެޓީރިއަލްތައް، ޓީޗަރުން ކަނޑައަޅާ ތާރީޚަށް ނިންމުން.
  • ފޮޓޯކޮޕީ މެޝިންތަކާއި، ޗާޕްމެޝިނާއި، އެހެނިހެން ޕްރިންޓަރުތައް ރަނގަޅަށް ސާފުކޮށް ބެލެހެއްޓުމާއެކު، މެޝިނަކަށް މައްސަލައެއް މެދުވެރިވެއްޖެނަމަ އެކަމެއްގެ މަޢުލޫމާތު ކަމާބެހާ ވެރިއަކަށް ވަގުތުން ދިނުމާއި، އެކަން ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅައިގެން މަސައްކަތް ކުރުން.
  • ރީޔޫސްކުރުމުގެ އިތުރުން، ބެނުންވާ އަދަދަށް ޕްރިންޓްކުރުމަށް ސަމާލުވުން.
  • ހަވާލުކުރެވޭ އެކިއެކި އެއްޗެހި ލެމިނޭޓްކުރުމާއި ބައިންޑްކުރުން.
  • ސްކޫލުން ރާވައިގެން ހިންގާ ޕްރޮގްރާމްތަކުގައި ސްކޫލުން އަންގާގޮތެއްގެމަތިން އެހީތެރިވެދިނުން.

ރޭންކް

ކުލެސިފިކޭޝަން

ޝަރުޠު

SS 3

ސަޕޯޓް ސްޓާފް ގްރޭޑް 3

- މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ސަނަދެއް ނުވަތަ ހުއްދައެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތް ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

އިތުރުގަޑީގެ ފައިސާ: 

- އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީން ލިބިފައިވާ މިންވަރު.

- މަސައްކަތް ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި ސިފަތައް.

އިންޓަވިއުކުރުން:

  • މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށް ފަހުގައެވެ. މި މަޤާމަށް މީހަކު ހޮވުމަށްޓަކައި ބާއްވާ އިންޓަވިއު އޮންނާނީ،  9 މާރިޗު 2015 ގައެވެ.  
  • މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިޔު ކުރެވޭނީ ޝޯޓް ލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.
  • މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

 

ޝަރުޠު ހަމަވާ ފަރާތަކުން ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު، ޣާޒީ ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ.)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   
  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން، 2015 މާރިޗު 8 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 15.00 ގެ ކުރިން، ބަޔާންކުރެވިފައިވާ ތަކެއްޗާއެކު ޣާޒީ ސްކޫލުގެ  އެޑްމިން އޮފީހަށް ހުށަހެޅުން އެދެމެވެ.

 

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ޣާޒީ ސްކޫލުގެ 3350773 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

7 ޖުމާދަލްއޫލާ 1436

26 ފެބުރުވަރީ 2015
ހޯދާ