އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ހޮސްޕިޓަލުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ކިޔަމެވެ. މި މަޤާމަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

މަޤާމު

ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ ރޭންކް

MS2

ބޭނުންވާ އަދަދު

2 (ދޭއް)

މުސާރަ

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ރިސްކް އެލަވަންސް

-/75 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް /ސެކްޝަން

އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އަލަށް ނެޓްވޯރކް އަޅަންޖެހޭ ތަންތަނާއި، ކޭބަލުގެ މައްސަލަ ހުރި ތަންތަނުގައި ކޭބަލް އެޅުން.
  2. ނެޓްވޯރކުގެ މައްސަލަޖެހޭ ތަންތަން ފާހަގަކޮށް، ޖެހޭ މައްސަލަތައް ހޯދައި، އެކަންކަން ޙައްލުކުރުން.
  3. މުވައްޒަފުންގެ ހާޒިރީގައި ޖެހޭ މައްސަލަތައް ޑޭޓާބޭސްއިން ހޯދައި، އެކަންކަން ރަނގަޅުކުރުން.
  4. ކޮމްޕިއުޓަރުތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް އެތަނަކަށް ގޮސް، މައްސަލަ ހޯދައި، ހާރޑްވެއަރ މައްސަލައެއްނަމަ އައި.ޓީ ވޯރކްޝޮޕަށް ގެނެސް މައްސަލަ ޙައްލުކުރުމާއި، އޮފީހަށް ބޭނުންވާ ސޮފްޓްވެއަރތައް އިންސްޓޯލްކޮށް އަޕްޑޭޓްކުރުން.
  5. ކިއު ސިސްޓަމަށް ޖެހޭ މައްސަލަތައް ބަލައި، އެކަންކަން ޙައްލުކުރުން.
  6. ކިއު ސިސްޓަމުގެ ޓޯކަން ޕްރިންޓިންގ ރޯލް ހުސްވުމުން، އާރޯލް ލައްވަން ދިއުމާއި، ކިއު ބޯޑްތައް ހަރުކުރުން.
  7. ކޮމްޕިއުޓަރުތަކާއި، ކޮމްޕިއުޓަރާ ގުޅުންހުރި ހާރޑްވެއަރތަކުގެ އިންވެންޓްރީ ނަގައި، އަޕްޑޭޓްކޮށް ބެލެހެއްޓުން.

 

 

 ތަޢުލީމާއި ތަޖުރިބާ

 

 

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މި މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

 

1- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

 (މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، އިންޓަރވިއުއަށް  

    ކިޔާނީ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން 10 ފަރާތެއް ޝޯޓް ލިސްޓު ކުރުމަށް ފަހުގައެވެ.)

ހުށަހަޅަންޖެހޭ ލިޔުންތައް

 

 

 

 

  1. އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، މި ހޮސްޕިޓަލުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ރިސެޕްޝަން ކައުންޓަރުން ލިބެން ހުންނާނެއެެވެ.)
  2. ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، ސްކޫލް ލީވިންގ ސެޓްފިކެޓުގެ ކޮޕީ
  4. ވަޒީފާގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީން ޕްރޮގްރާމުތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.
  5. ލެވެލް ކަނޑައެޅިފައިވާ ސެޓްފިކެޓް ބޭނުންވާ މަޤާމުތަކަށް ހުށަހަޅާއިރު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިއެޓްކޮށްފައިވާ ސެޓްފިކެޓް ހުށަހަޅަންވާނެވެ. (ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ނިމުނުކަމުގެ ލިޔުމާއެކު،  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެސެސްމަންޓް ރިޕޯޓް ހުށަހަޅަންވާނެއެވެ.)
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަނަވަރުގައި، ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  7. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  8. ސިވިލް ސަރވިސްއަށް ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  9. އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  10. މަސައްކަތުގެ ތަޖުރިބާ ލިޔުން (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމްތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.)

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލުކުރެވޭނެއެވެ.

ޢިނާޔަތްތައް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ފޯމްދޫކުރުމާއި ބަލައިގަތުން

ގެޒެޓުގައި އިއުލާން ޝާއިޢުކުރާ ދުވަހުން ފެށިގެން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން މެންދުރުފަހު 14.30 އަށް.

ސުންގަޑި

2015 މާރިޗު 4 ވާ ބުދަ ދުވަހުގެ 14.30 ގެ ކުރިން، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް.

(2015 މާރިޗު 4 ވާ ބުދަ ދުވަހުގެ 14.30 ގެ ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން

  2015 ވަނަ އަހަރުގެ މާރިޗުމަހާއި އެޕްރީލުމަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި.

އިތުރު މަޢުލޫމާތު

 

- މަޢުލޫމާތު ސާފުކުރަން ގުޅާނީ 3335234 ނަންބަރު ފޯނަށެެވެ.  

- ވަޒީފާއަށް އެދޭ ފޯމު، މި ހޮސްޕިޓަލުގެ އިދާރީ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 29 ރަބީޢުލްއާޚިރު 1436
19 ފެބުރުވަރީ 2015
ހޯދާ