ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލާންޗް ޑްރައިވަރު

އިޢުލާން

މި އިދާރާގެ، ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމް:

ލާންޗް ޑްރައިވަރު

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް: 3 (ރޭންކް/ ގްރޭޑް: އެސް.އެސް.3)

މުސާރަ:

3,875.00 ރުފިޔާ

ސަރވިސް އެލަވަންސް:

1,000.00 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަނާއި ޔުނިޓް:

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ / ކޯޕަރޭޓް އެފެއާޒް (އެޑްމިނިސްޓްރޭޝަން، އެޗް.އާރ އެންޑް އިންފޮމޭޝަން)

ތަޢުލީމާއި ތަޖުރިބާ:

  1. މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. އަތޮޅު ކައުންސިލްގެ އިދާރާގެ ރަންގަލި ލޯންޗުގައި ކުރަންޖެހޭ ދަތުރުތައް (ކައުންސިލްގެ އިދާރާއިން ހަމަޖައްސާ އިންތިޒާމެއްގެ ދަށުން) ކުރުމުގައި ކެޕްޓަން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުން.
  2. އަތޮޅު ކައުންސިލްގެ އިދާރާގެ ރަންގަލި ލޯންޗް ދުއްވާއިރުގައްޔާއި ފަޅުގައި އޮންނައިރު، ލޯންޗަށް ގެއްލުމެއް ލިބިދާނޭ އެންމެހައި ކަންކަމުން ރައްކާތެރިކޮށް، ލޯންޗުގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
  3. ލޯންޗުގެ އިންޖީނަށް ބޭނުންވާ ޕެޓްރޯލާއި، އަޑީތެލާއި، އެހެނިހެން ސާމާނާއި، ލޯންޗަށް ހޯދަންޖެހޭ ތަކެތި ކަމާބެހޭ ވެރިންނަށް ދަންނަވައިގެން ހޯދުމާއި، އެތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ހަލާކުވާތަކެތި ކަމާބެހޭ ސެކްޝަނާ ހަވާކުރުން.
  4. ދަތުރަށް ފެށުމުގެކުރިން ސަލާމަތާބެހޭ ތަކެއްޗާއި މުއާސަލާތުގެ ތަކެއްޗާއި ދަތުރަށް ބޭނުންވާ ޕެޓްރޯލް، ހަމަޔަށް ހުރިތޯ ބަލައި ޗެކްކުރުން.
  5. ލޯންޗުގެ ސަލާމަތީ ސެޓްފިކެޓުގެ މުއްދަތު ހަމަވުމުގެކުރިން ސެޓްފިކެޓް ހެއްދުމަށް ހުށަހެޅުން.
  6. ލޯންޗް ސާފުތާހިރުކޮށް ބެލެހެއްޓުމާއި، ލޯންޗުގެ ފަޅުވެރިންނާ ހަވާލުކޮށްފައިވާ މަސައްކަތް އެމީހުންލައްވައި ކުރުވުން.
  7. އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2015 މާރިޗު 3 ވަނަ ދުވަހުގެ 11.00 ގެ ކުރިން، 'ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް' ފުރިހަމަކުރުމަށްފަހު މި އިދާރާއަށް.

އުޖޫރައާއި ޢިނާޔަތްތައް:

  • ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތު ފައިސާއާއި، ދަތުރު އެލަވަންސް.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، ފ. އަތޮޅު ކައުންސިލްގެ އިދާރާގެ ކައުންޓަރުން  ލިބެން ހުންނާނެއެވެ.)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  4. ސްކޫލެއްގައި އުޅެފައިވާނަމަ، ލީވިންގ ސެޓްފިކެޓުގެ ކޮޕީ.
  5. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތާއި މުއްދަތު އެނގޭނޭ، އެތަނުގެ ތައްގަނޑުޖެހި ރަސްމީ ލިޔުން.
  6. ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފަކު     ފ. އަތޮޅު ކައުންސިލްގެ އިދާރާގެ ވަޒީފާއަށް ހޮވިއްޖެނަމަ، އެ ވަޒީފާއަށް ބަދަލުވުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިއުން.
  7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  8. ވަޒީފާއަށް އެދި ހުށަހެޅި ލިޔުންތަކުގެ ތާރީޚާއި ތަފްޞީލް އެނގޭނޭ ލިޔުން (ހުށަހެޅި ފަރާތުގެ ސޮއިކޮށްފައިވާ)

މަޤާމަށް މީހަކު ހޮވުމުގައި ބެލޭނެ ކަންތައްތައް:

މި މަޤާމްތަކަށް އެންމެ ޤާބިލު މީހަކު ހޮވުމުގައި ބެލެވޭނީ، ތަޢުލީމާއި، ތަމްރީނާއި، މަސައްކަތުގެ ތަޖުރިބާއާއި، ފެންވަރާއި، ހުނަރާއި، ޤާބިލްކަމާއި ސިފަތަކަށް ބަލައި، އިންޓަވިއުން  އެންމެ މަތީ މާކްސްހޯދާ މީހެކެވެ. މީގެ އިތުރުން، ސިވިލް ސަރވިސްގެ ވަޒީފާއެއްގައި އުޅޭ ފަރާތްތަކަށް، މަސައްކަތުގެ ފެންވަރު ބަލާ ފޯމުން ފާއިތުވީ އަހަރު ހޯދި ނަތީޖާއާއި، ހާޒިރީއާއި، އުޅުމާއި އަޚްލާޤަށް ބަލައިގެން ކަނޑައެޅިފައިވާ މިންގަނޑުން މާކްސްދެވޭނެއެވެ.

އިންޓަވިއު

 

 މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަވިއުކުރުން 2015 މާރިޗު 8 ވަނަ ދުވަހުން ފެށިގެން މި އިދާރާގައި ބާއްވާގޮތަށް ހަމަޖެހިފައިވާތީ، އެ ތާރީޚުން ފެށިގެން އިންޓަވިއުއަށް ތައްޔާރުވެ، ރަށުގައި ހާޒިރުވެ ތިބުން އެދެމެވެ.

އެހެނިހެން ކަންތައްތައް:

  • މި މަޤާމަށް ކުރިމަތިލާ މީހުންނަކީ އުމުރުން 55 އަހަރުވެފައިވާ މީހުންކަމުގައި ވެގެންނުވާނެއެވެ.
  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗްކުރަންޖެހޭ ލިއުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބަލައެއް ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މިއޮފީހުގެ 6740017 ނަންބަރު ފޯނަށް ނުވަތަ 6740018 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 6740019 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

28 ރަބީޢުލްއާޚިރު 1436

18 ފެބުރުވަރީ 2015
ހޯދާ