މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ކޮންޓްރެކްޓް އުސޫލުން ޤާނޫނީ ލަފާ ދެއްވާނޭ ފަރާތެއް ބޭނުންވެއްޖެ

 

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން

މަސައްކަތް ކުރަންޖެހޭ ތަން

މަހަކު 8 (އަށެއް) ގަޑިއިރު

މަސައްކަތް ކުރަން ޖެހޭ ވަގުތު

1 އަހަރު

މުއްދަތު

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް އެކިއެކި ކަންކަމުގައި ބޭނުންވާ ޤާނޫނީ ލަފާ ދިނުމާއި ޤާނޫނީ ލިޔެކިޔުން ތައްޔާރުކުރުން އަދި ޝަރުއީ ކޯޓުތަކުގައި ކޮމިޝަން ތަމްސީލުކުރުން

ކުރަންޖެހޭ މަސައްކަތް

  • ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލު ކޮށްފައިވުން،
  • ދިވެހި އަދި އިނގިރޭސި ބަހުން ފަސޭހަކަމާއެކު މުޢާމަލާތު ކުރަން އެނގުން،
  • ގާނޫނީ ދާއިރާގައި މަސައްކަތް ކުރުމުގައި މަދުވެގެން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން،
  • މަސައްކަތުގެ ހުނަރާއި ޤާބިލުކަން ކޮމިޝަންގެ އިންޓަރވިއު ޕެނަލްއަށް ސާބިތުކޮށްދިނުން.
  • ބްރޯޑްކާސްޓިންގ ދާއިރާގެ ޤާނޫނު އަދި ގަވައިދުތަކަށް އަހުލުވެރިވެ އަދި މިފަދަ ގަވާއިދުތަކާއި، ގައިޑްލައިންތައް ޑްރާފްޓް ކުރުމުގައި އަދި ބްރޯޑްކާސްޓިންގ ދާއިރާގެ ކަންކަމުގައި ޤަނޫނީ ލަފާ ދިނުމުގައި ތަޖްރިބާހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މަޤާމުގެ ޝަރުޠު

ކޮންމެ މަހަކު -/5،000ރ (ފަސް ހާސް ރުފިޔާ)

އުޖޫރަ

މަހަކު މަސައްކަތްކުރަން ހަމަޖެހިފައިވާ 8 (އަށެއް) ގަޑިއިރުގެ އިތުރަށް މަސައްކަތް ކުރާ ކޮންމެ ގަޑި އިރަކަށް ދެފަރާތުން އެއްބަސްވާ ރޭޓަކުން އިތުރުގަޑީގެ ފައިސާ ހަމަޖެއްސޭނެއެވެ.

އިތުރުގަޑި

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ކައުންޓަރުންނާއި ކޮމިޝަނުގެ ވެބްސައިޓް www.broadcom.org.mv އިން ލިބެން ހުންނާނެއެވެ.)
  2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ވަޒީފާއަށް ހޮވިއްޖެނަމަ، ކޮމިޝަންގެ ވަޒީފާއަށް ވަގުތު ދިނުމާއި މެދު އިއުތިރާޒެއް ނެތްކަމަށް، އެ ބޭފުޅަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  4. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

ހުށަހަޅަންޖެހޭ ތަކެތި:

 

25 ފެބްރުއަރީ 2015 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

   މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން

   މާލެ،ދިވެހިރާއްޖެ

   އަމީނީމަގު

   ފޯން:  3334333

   ފެކްސް: 3334334

   އީމެއިލް: www.broadcom.org.mv

އެޑްރެސް އަދި  ގުޅޭނެ ނަންބަރު

28 ރަބީޢުލްއާޚިރު 1436

18 ފެބުރުވަރީ 2015
ހޯދާ