މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެލުގެ ވިޔަފާރިއަށް ބިމެއްދޫކުރުން

ހުޅުދުއްފާރު ބަނދަރުގެ ދެކުނު ތޮށިކައިރިން 1242 އަކަފޫޓުގެ ބިމެއް ތެލުގެ ވިޔަފާރިއަށް ހުޅުވާލަމެވެ. މިބިމަށް ޝައުޤުވެރިވާ ފަރާތްތަކުން 05 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ހުޅުދުއްފާރު ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 އެޕްރީލް 2015 ވާ އަންގާރަ ދުވަހުގެ 13:00 އަށް ހުޅުދުއްފާރު ކައުންސިލް އިދާރާއަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯޒަލްތައް ބަލައިނުގަނެވޭނޭވާހަކަ ވެސް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރަން ބަދަލުގައި މީހަކު ފޮނުވާނަމަ ވެރިފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއަކާއި ސިޓީއެއް އަދި ބަދަލުގައި އަންނަ މީހާގެ އައި.ޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ކުންފުންޏެއްގެ ފަރާތުން އަންނަ ކަމުގައިވާނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއެއް އަދި ކުންފުނީގައި މީހާގެ ހައިސިއްޔަތު އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

19 ފެބުރުވަރީ 2015
ހޯދާ